ކޮވިޑް 19 އާއި ގުޅިގެން ދެޙަރަމް ބަންދުކޮށްފައި އޮންނަތާ ގިނަ ދުވަސްތަކެއް ފަހުން އަލުން ހުޅުވާލުމަށްފަހު،އިތުރު ލުއިތަކެއް ދީފިއެވެ.
އުމްރާވުމަށް ޤައުމުތަކުން ދަތުރުކުރާ މީހުންނަށް ފުރުސަތު ހުޅުވާލަން ނިންމާފައިވަނީ އަންނަ ނޮވެމްބަރު މަހުގެ އެއްވަނަ ދުވަހު އެވެ.
ނަމަވެސް މިގޮތުންހުޅުވާލެވޭ އިރުވެސް އުމްރާވާން ދެވޭ މީހުންގެ އަދަދު ވަނީ ލިމިޓްކޮށްފައެވެ. ކޮންމެ ދުވަހަކަށް ދޫކުރާނީ 75,000 މީހުންގެ ޖާގައެވެ.
އުމްރާގެ އަޅުކަން މެދުކެނޑިފައި އޮންނަތާ ގިނަ ދުވަސްތަކެއްވެފައި ވަނިކޮށް، އަލުން ފުރުސަތު ހުޅުވާލިއިރު ކޮވިޑް-19 އާއި ގުޅިގެން އަޅުކަން އަދާކުރާ މީހުން އަމަލުކުރަން އުސޫލުތަކެއް ސައުދީގެ އިދާރާތަކުން ވަނީ އެކުލަވާލާފައެވެ.