ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ހިޔާނާތް ފަޅާއަރުވާލި ގާސިމް އެންއައިސީއަށް!

އެމްއެމްޕީއާރުސީގެ ހިޔާނާތް ފަޅާ އަރުވާލުމުން ގާސިމަށް ޖަލު ހުކުމެއް ވެސް އައި/ ފޮޓޯ: އަވަސް
ޝެއާރކޮށްލާ ކަހަލަދޯ؟

އެމްއެމްޕީއާރުސީގެ ބޮޑު ހިޔާނާތް ފަޅާއަރުވާލި، ބޭންކް އޮފް މޯލްޑިވްސްގެ ފ. ނިލަންދޫ ބްރާންޗުގެ ކުރީގެ މެނޭޖަރު ގާސިމް އަބްދުލްކަރީމް، ހުސްވެފައިވާ ނޭޝަނަލް އިންޓަގްރިޓީ ކޮމިޝަން (އެންއައިސީ)ގެ މެންބަރު ކަމަށް، އައްޔަނު ކުރަން ފެންނަކަމަށް ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފިއެވެ.

އެންއައިސީއަށް އައްޔަން ކުރަން ރައީސް އިބްރާހީމް މުހައްމަދު ސޯލިހަށް ފެނިވަޑައިގަންނަވާ 17 ފަރާތެއްގެ ނަން މަޖިލީހަށް ފޮނުވިއެވެ. އަދި ނަންތައް ދިރާސާ ކުރުމަށްފަހު މިނިވަން މުވައްސަސާތަކާއި ބެހޭ ކޮމިޓީއިން އެކުލަވާލި ރިޕޯޓުގައި ހަތް ބޭފުޅެއްގެ ނަން ހިމެނިއެވެ. ލިސްޓްގައި އޮތް ތަރުތީބުން ވޯޓަށް އެހި އިރު ރުހުން ދޭން ފެންނަކަމަށް ފާސްވީ، އާމިނަތު ޝާދިޔާ، އާމިނަތު ޝިއުނާ، އަދި ޝުއައިބު އަބްދުއްރަހުމާނެވެ. ޝާދިއާ އާއި ޝިއުނާގެ ނަން ކޮމިޓީ ރިޕޯޓްގައި ލިސްޓްކޮށްފައި އޮތީ “ހައިލީ ރިކޮމެންޑެޑް” ކެޓަގަރީގައެވެ.

އެންއައިސީއަށް ގާސިމް އައްޔަން ފޮނުވީ ކޮމިޝަންގެ ރައީސްގެ މަގާމުގައި ހުންނެވި އަހުމަދު ސުލެއިމާން މަގާމުން ވަކި ކުރުމާއި ގުޅިގެންނެވެ. އަދި ގާސިމަށް ކޮމިޓީން އެކުލަވާލީ ވަކި ރިޕޯޓެކެވެ. އެންއައިސީ އަށް ގާސިމް އައްޔަންކުރަން ފެންނަ ކަމަށް މަޖިލީހުން ފާސްކުރީ ވޯޓްގައި ބައިވެރިވި 51 މެމްބަރުންގެ އިއްތިފާގުންނެވެ.

ގާސިމް މަޝްހޫރުވެފައިވަނީ، ބީއެމްއެލްގެ ވިސިލްބްލޯވާއެއްގެ ގޮތުގައެވެ. އެގޮތުން ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމްގެ ވެރިކަމުގައި ބީއެމްއެލްގެ ފ. ނިލަންދޫ ބްރާންޗުގެ މެނޭޖަރުގެ މަގާމުގައި ގާސިމް ހުންނަވަނިކޮށް އޭނާ ވަނީ ހިޔާނާތުގެ ފައިސާ ޖަމާ ކުރެވެމުން ދިޔަ ބީއެމްއެލްގައި އޮންނަ އެސްއޯއެފްގެ އެކައުންޓްގެ މައުލޫމާތުތަކެއް ފަޅާއަރުވާލާފައެވެ. އަދި ގާސިމް ބީއެމްއެލްގެ އެތެރޭގެ މައުލޫމާތުތަކެއް ލީކުކޮށްލިކަމަށް ބުނެ އެ މައްސަލައިގައި އާނާ ހައްޔަރުކޮށް 08 މަހާއި، 12 ދުވަހުގެ ޖަލު ހުކުމެއް ވެސް އިއްވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: