ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ދައުލަތުގެ ޖުމްލަ ދަރަނީގެ އަދަދު 172 ބިލިއަން ރުފިޔާގައި

ރައްޔިތުންގެ މަޖިލިސް ހުޅުވުމުގެ ޖަލްސާ:_ ފޮޓޯ: މަޖލިސް އިދާރާ
ޝެއާރކޮށްލާ ކަހަލަދޯ؟

ދައުލަތުގެ ޖުމުލަ ދަރަނި 172 ބިލިއަން ރުފިޔާއަށް އަރާ ކަމަށް ދައުލަތުގެ ދަރަނީގެ މައްސަލަ ދިރާސާ ކުރާ ރައްޔިތުންގެ މަޖިލީހުގެ މުޅި ކޮމިޓީގެ ރިޕޯޓްގެ ފުރަތަމަ ދެލިކޮޕީގައި ބުނެފިއެވެ.

މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވަނީ މި ރިޕޯޓު މުޅި މަޖިލިސް ކޮމިޓީއަށް ހުށަހަޅުއްވައި ބަހުސް ކުރައްވާފައެވެ.

ފިނޭންސް މިނިސްޓްރީއާއި އެމްއެމްއޭއާއި އޮޑިޓަ ޖެނެރަލްގެ އޮފީހުން ހޯދާފައިވާ މައުލޫމާތުތަކަށް ރިއާޔަތްކޮށް ދައުލަތުގެ ދަަރަނީގެ ތެރެއިން ބޮޑު އިންސައްތައެއް ހިމެނެނީ ސަރުކާރު ހިއްސާވާ ކުންފުނިތަކަށް ދައުލަތުގެ ނަމުގައި ނަގާފައިވާ ގެރެންޓީތަކާއި ސަރުކާރުން އެހެން ފަރާތްތަކަށް ވިއްކާފައިވާ ޓީބިލްއާއި ބޮންޑެވެ.

 ދަރަނީގެ ތަފްސީލް

– ދޭދޭ ޤައުމުތަކުން ނަގާފައިވާ ދަރަނި: 13،079،356.45
– ބައިނަލް އަޤުވާމީ ޖަމްއިއްޔާ ޖަމާއަތްތަކުން ނަގާފައިވާ ދަރަނި: 12،943،170،194.76
– ސަރުކާރު ހިއްސާވާ ކުންފުނިތަކަށް ދައުލަތުގެ ނަމުގައި ދޫކޮށްފައިވާ ގެނެރްޓީގެ ދަރަނި: 41،100،330،594.52
– ސަރުކާރާއި ސަރުކާރު ހިއްސާވާ ކުންފުނިތަކުން ނުދައްކާ ހުރިބިލްތައް: 5،418،217،200.28
– ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ އޯވާރޑްރާފްޓްގެ އަދަދު: 78،759،180.74
– އެމްއެމްއޭއިން ނަގާފައިވާ ލޯނާއި، ގަނެފައިވާ ބޮންޑާއި، އަދި ޓްރެޝަރީ ބިލް: 7،410،091،183.32
– ސަރުކާރުން އެހެން ފަރާތްތަކަށް ވިއްކާފައިވާ ޓީ-ބިލް އަދި ބޮންޑް: 91،989،000،000.00
– ދައުލަތުގެ ޖުމްލަ ދަރަނި: 172،019،077،710.06

2012 އިން 2018 އަށް ނަގާފައިވާ ލޯނުތަކުގެ ތެރެއިން ގާނޫނާ އެއް ގޮތަށް ނަގާފައި ނުވާ ދެ ލޯނެއް ވެސް ކޮމިޓީ ރިޕޯޓްގައި ފާހަގަކޮށްފައިވެއެވެ. އެއީ ސިނަމާލެ ބްރިޖްގެ ޕްރޮޖެކްޓަށް އެކްސްޕޯޓް އިމްޕޯޓް ބޭންކް އޮފް ޗައިނާއިން ނެގި 455 މިލިއަން ޔުއާންގެ ލޯނާއި ސަނީ ސައިޑް ބޮންޑްއަށް ބޮންޑް ހޯލްޑާސްއިން ނެގި 250 މިލިއަން ޑޮލަރުގެ ލޯނެވެ.

މިއަހަރުގެ ފަހު ކުއާޓަރުގައި ދައުލަތުގެ ދަރަނި އަދާކުރުމަށް ޖުމްލަ 101 މިލިއަން ރުފިޔާ ހޭދަކުރަން ހަމަޖެހިފައިވާއިރު މަޖިލީހުގެ ރައީސްސ މުހަހންމަދު ނަޝީދު ވަނީ މި ސަރުކާރުން ނަގާ ގިނަ ލޯންތައް ނަގަނީ ޑޮމެސްޓިކް ދަރަނީގެ ގޮތުގައި ކަމަށާއި އެޔަށްވުރެއް ވަކި ރަނގަޅު ޑީލްއެއް ނުލިބޭނެ ކަމަށްވެސް ވިދާޅުވެފައެވެ. އަދި ލޯންތައް ނެގުމުގައި ރައީސް ސޯލިހް އަމަލުކުރައްވާ ގޮތަށް ޝުކުރު އަދާކުރަންޖެހޭ ކަމަށްވެސް ނަޝީދު ވިދާޅުވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: