ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރައީސްކަމުން އިސްތިއުފާ ދިން ނަމަ މިނިވަންކަން ގެއްލުނީސް: ޑރ. ވަހީދު

ކުރީގެ ރައީސް މުހައްމަދު ވަހީދު-- ފޮޓޯ: ސަން
ޝެއާރކޮށްލާ ކަހަލަދޯ؟

ރައީސް ކަމުގައި ހުންނަވަނިކޮށް ބޭރު ގައުމެއްގެ ވަޒީރު ފެންވަރުގެ ބޭފުޅަކު އެދިވަޑައިގަތް ގޮތަށް އެމަނިކުފާނު ރައީސް ކަމުން އިސްތިއުފާ ދެއްވި ނަމަ ރާއްޖޭގެ މިނިވަންކަން ގެއްލިގެން ދިޔައީސް ކަމަށް ކުރީގެ ރައީސް އަދި މިހާރު އިދިކޮޅު ޕީޕިއެމްގެ އެޑްވައިޒަރު، ޑރ. މުހައްމަދު ވަހީދު ހަސަން މަނިކު ވިދާޅުވެއްޖެއެވެ.

ރާއްޖޭގެ ގައުމީ ދުވަހުގެ މުނާސަބަތުގައި އިދިކޮޅު ކޯލިޝަނުން ރޭ ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން ރައީސް ވަހީދު ވިދާޅުވީ ޖިއޮގްރަފީ ގޮތުން ރާއްޖެ އޮންނަ ސަރަހައްދުގެ ސަބަބުން ދުނިޔޭގެ ބޮޑެތި ބާރުތައް އަބަދުވެސް ރާއްޖެ ބޭނުންވާ ކަމަށެވެ.

އެގޮތުން ވެރިކަމުގައި ހުންނެވި އިރު ބޭރު ގައުމެއްގެ ވަޒީރު ފެންވަރުގެ ބޭފުޅަކު ވަނީ އޭނާއާއެކު ޓީވީއަށް ވަޑައިގެން އިސްތިއުފާ ދެއްވުމަށް އެދިވަޑައިގެންނެވި ކަމަށާއި އެއީ ދުވަހަކު ވެސް އެއްވެސް ގައުމެއްގައި ހިނގާފައި އޮތް ކަމެއް ނޫން ކަމަށެވެ.

މި ވަރުގެ ދަށު ދަރަޖައިގެ އަމަލެއް އެއްވެސް ގައުމަކުން އަނެއް ގައުމާ ދޭތެރޭގައި ނުކުރޭ. އެ ދުވަހު އޭނާއާ އެކު އަޅުގަނޑު ޓީވީއަށް އެރި ނަމަ އެ ދުވަހު ދިވެހިރާއްޖޭގެ މިނިވަންކަން ގެއްލުނީސް،” ޑރ. ވަހީދު ވިދާޅުވި އެވެ.

އަދި އެ ދުވަހު އިސްތިއުފާ ދެއްވިނަމަ ދިވެހިރާއްޖޭގެ މިނިވަންކަން ގެއްލުނީސް ކަމަށް ޑރ. ވަހީދު ވިދާޅުވިއެވެ.

“އެ ދުވަހު އެ ނުފޫޒަށް އަޅުގަނޑު ތިރިވެ، ޓީވީއަށް އެރިނަމަ ގައުމުގެ މިނިވަން ކަން ގެއްލުނީސް،” ވަކި ގައުމެއްގެ ނަން ހާމަނުކުރަައްވައި ރައީސް ވަހީދު ވިދާޅުވިއެވެ.

ވަހީދު ވިދާޅުވީ، ދިވެހި ގައުމަށް ކުރިމަތިވަމުން ދިޔަ ބޭރުގެ ގަދަ ނުފޫޒުތައް ހުއްޓުވާލީ އިދިކޮޅު ޕީޕީއެމްއާއި ޕީއެންސީ ކޯލިޝަންގެ ލީޑަރު އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ކަމަށެވެ.

ވަރަށް ގަދަ
33%ވަރަށް ގަދަ 33%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 33%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: