ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އިދިކޮޅުން ސަރުކާރަށް ނިސްބަތްކޮށް މަނީ ލޯންޑްރިންގެ ވާހަކަތައް ދައްކަވަނީ، ބޮޑު ބަހެއް ބުނެލާހިތުން: ރައީސް ނަޝީދު

ޝެއާރކޮށްލާ ކަހަލަދޯ؟

އިދިކޮޅުން ސަރުކާރަށް ނިސްބަތްކޮށް މަނީ ލޯންޑްރިންގެ ވާހަކަތައް ދައްކަވަނީ، ބޮޑު ބަހެއް ބުނެލާހިތުން ކަމަށް މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ޕޭމަންޓް ސިސްޓަމާއި ޕޭމަންޓް ޚިދުމަތްތަކުގެ ބިލުގެ އިބްތިދާއީ ބަހުސްގައި ނައިފަރު ދާއިރާގެ މެމްބަރު އަހުމަދު ޝިޔާމް ވިދާޅުވީ، މިސަރުކާރުން ގާނޫނާއި ޚިލާފަށް އެތައް ކަމެއް ކުރައްވަމުން ގެންދަވާ ކަމަށެވެ. އެގޮތުން ސަރުކާރގެ ނާގާބިލްކަމުގެ ސަބަބުން، ފިނޭންންސް މިނިސްޓަރ އިބްރާހިމް އަމީރު އުޅުއްވަނީ މަނީ ލޯންޑަރ ކޮށްފެން ކަޅު ފައިސާއިން ބަޖެޓް ޑެފިސިޓް ފޫބެއްދުމަށް ކަމަށް ވިދާޅުވިއެވެ.

ބިލުތައް ފަރުމާކުރުމާއި މަޖިލީހަށް ފޮނުވުން މިހާރު ވިޔަފާރިއަކަށް ވެފައިވާކަމަށާއި ބިލެއް ފަރުމާކުރުމުގެ މާކެޓް އަގަކީ ހަތަރު ލައްކަ، ފަސް ލައްކަ ރުފިޔާކަން ފާހަގަކުރެއްވިއެވެ. އަދި ކަންކަން އިސްލާހު ނުވަނީ ގާނޫނު ނެތިގެން ނޫންކަމަށާއި ތަންފީޒީ އިދާރާތައް ފެއިލްވުމުންކަމަށް ވިދާޅުވިއެވެ. އަދި މިބިލަކީ ހެޔޮ ނިޔަތުގައި މަޖިލީހަށް ފޮނުވި ބިލަކަށް ވާނަމަ، ސަރުކާރުންނާއި ފިނޭންސް މިނިސްޓަރ ހިންގަވަން އުޅުއްވާ މަނީ ލޯންޑްރިންގެ އަމަލުތަކަށް ފާރަވެރިވާނެ ކަމަށް ވިދާޅުވިއެވެ.

މެމްބަރު ޝިޔާމްގެ ވާހަކަ މިހާހިސާބަށް ދިޔުމުން ހެންވޭރު ދެކުނު ދާއިރާގެ މެމްބަރު އާދަމް ޝަމީމް ނިޒާމީ މައްސަލައެއް ނަންގަވައި ވަނީ މެމްބަރު ޝިޔާމް ވާހަކަ ދައްކަވަނީ މަޖިލީހުގެ ގަވާއިދަާއި ޚިލާފަށް ކަމަށް ވިދާޅުވެފައެވެ. އަދި ސަރުކާރުން މަނީ ލޯންޑަރ ނުކުރާނެ ކަމަށާއި، މަނީ ލޯންޑަރ ކުރެއްވުމުން ރައީސް ޔާމީން އޮންނެވީ ޖަލުގައި ކަމަށާއި މިސަރުކާރުން އެކަން ނުކުރާނެ ކަމަށް ވިދާޅުވިއެވެ.

ޝިޔާމްގެ ވާހަކަފުޅު ކުރިއަށް ގެންދަވަނިކޮށް ހުޅުދޫ ދާއިރާގެ މެމްބަރު އިލްޔާސް ލަބީބްވސް ވަނީ ނިޒާމީ މައްސަލައެއް ނަންގަވާފައެވެ. އަދި މިއީ ރައްޔިތުންގެ މަންފާ އާއި ފައިދާއަށް ފަރުމާކޮށްފައިވާ ބިލެއް ކަމަށާއި މަނީީ ލޯންޑްރިންގެ އަމަލުތައް ހުއްޓުވުމަށާއި ވަގު ފައިސާ ދޮވެ ސާފުކޮށް ހެދުން ހުއްޓުވުމަކަށް ގެންނާނެ ވާހަކަތައް މިބިލުގައި ހުރުމުން އިދިކޮޅު ކޯލިޝަންގެ މެމްބަރުންގެ ހިތަށް އަސަރުކުރާނެކަމަށް މެމްބަރު އިލްޔާސް ވިދާޅުވިއެވެ.

މިކަމާއި ގުޅިގެން ރިޔާސަތުގައި އިންނަވާ ވާހަކަ ދައްކަވަމުން ރައީސް ނަޝީދު ވިދާޅުވީ ބަޖެޓް ޑެޕިސިޓް ފޫބައްދަން މަނީ ލޯންޑަރ ކުރުމަށް މިބިލު ފުރުސަތު ނުދޭކަން ބިލު އެނގިގެންދާ ކަމަށެވެ. އަދ އިދިކޮޅުން އެފަދަ ބަސްތައް ވިދާޅުވަނީ އެއީ ބޮޑެތި ބަސްތަކަކަށްވީމާ ކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.

މަނީ ލޯންޑްރިން. ބޮޑު ބަހެއް ނޫންތޯ؟ ޑެފިސިޓް. ވަރަށް އެހެންކަހަލަ ކަމަކަށް ދިޔައީ ނޫންތޯ؟ އެހެންވީމަ އެކަހަލަ ކަންކަމަށް އިޝާރާތް ނުކުރައްވާ އަޅުގަނޑު މިއިންނަވަނީ

ބިލުގައި ކައުންސިލެއް އުފައްދާ ވާހަކައާއި އެކްސްޓާނަލް އޮޑިޓަރެއް އައްޔަންކުރާނެކަމުގެ ވާހަކަ ބަޔާންކޮށްފައިވާކަން ފާހަގަކުރައްވައި މިއީ ކަން ބޮޑުވާންޖެހޭ ކަމެއްކަމަށް ޝިޔާމް ވިދާޅުވިއެވެ. އަދި ރައްޔިތުން އަތް ފައި ބަދެވި، އާމްދަނީ ހޯދާނެ ގޮތެއް ނެތިފައިވަނިކޮށް ސަރުކާރުން ކޮމިޝަންތަކާއި ކައުންސިލްތައް އުފައްދައިގެން ސިޔާސީ މަގާމްތައް އުފެއްދުމުގައި އުޅުއްވަުމަކީ ކަންބޮޑުވާންޖެހޭ ކަމެއްކަމަށް ޝިޔާމް ވިދާޅުވިއެވެ.

މާލީ ކަންކަން ކުރިއަށްގެންދަނީ މާލިއްޔަތު ގާނޫނާއި ޚިލާފަށް. އަންދާޒާކޮށްފައިވާ ވަރަށް އާމްދަނީ ނުލިބޭ. މިއަދާއި ހަމައަށްއައިއިރުވެސް ރިވައިސްޑް ބަޖެޓެއް ނާދޭ. ދަރަނިތަކާއި ޒިންމާވާންޖެހޭ ގާނޫނުތަކާއި ޚިލާފަށް ސަރުކާާރު ހިންގަމުންދަނީ. އެޗްޑީސީ އާއި ގްރޭޓަރ މާލެ ޑިވެލޮޕްމަންޓް ކޯޕަރޝަަން އެއްކޮށްފައިވަނީ ގާނޫނާއި ޚިލާފަށް. އެއީ މާލިއްޔަތު ގާނޫނާއި ޚިލާފަށް ކުރި ކަމެއް. ގްރޭޓާރ މާލޭގައި ހުރި 100 މިލިއަނަށްވުރެ ގިނަ ރުފިޔާ އެޗްޑީސީއަށް ޖަމާކޮށްގެނ، އެކަމާއި ހިތްހަމަ ނުޖެހިގެން ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރޭޝަންގެ ރައީސް އެމަގާމުން އިސްތިއުފާ ދެއްވީވެސް

މިފަދަ ކަންކަން ބަލަން ތިބި މީހުންނާއި އިދާރާތައް ކޮބައިތޯ އާއި މަޖިލީހުން ކުރައްވަމުންދާ މަސައްކަތަކީ ކޮބައިތޯ ޝިޔާމް ސުވާލު ކުރެއްވިއެވެ. މާލީ އިންޓެލިޖެންސްގެ ވާހަކައާއި މާލީ މަޝީރުންގެ ވާހަކަ މެމްބަރުން ދައްކަވަމުންދާއިރު، ރާއްޖޭގެ މާލީ މުޝިރުކަން ކުރަނީ އަވަށްޓެރި ބޮޑު ގައުމަކުންކަމަށް ޝިޔާމް ވިދާޅުވިއެވެ. ޝިޔާމް ވިދާޅުވީ ހެޔޮވަރުގެ ރަނގަޅު އިންވެސްޓެއް ރާއްޖޭގައި މިހާރު ނުކުރެވޭ ކަމަށެވެ. އަދި އެހެން ގައުމެއްގެ ހެޔޮވަރު ރަނގަޅު އިންވެސްޓެއް އަންނާނެ ކަމުގެ އުންމީދެއްނެތް ކަމަށާއި މިއީ ރައީސް ސޯލިހު ރައްޔިތުންގެ ކުރިމަގު މަރާލަން ކުރައްވާ ކަމެއްކަމަށް ޝިޔާމް ވިދާޅުވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 100%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: