ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ގްރޭޑު ހަތެއްގެ ކިޔެވުން އަންނަ ހަފްތާގައި ފަށާއިރު، މި އަހަރު ދަށް ގްރޭޑުތަކުގެ ކިޔެވުން ނުފެށޭނެ!

އާއްމު ހާލަތާއި އެކު މާލޭގައި މަތީ ގްރޭޑުތަކުގެ ކްލާސްތައް ފެށުން/ ފޮޓޯ: ވަގުތު
ޝެއާރކޮށްލާ ކަހަލަދޯ؟

ކޮވިޑާއި ގުޅިގެން ގިނަ ދުވަސްތަކެއް ވަންދެން މެދުކެނޑިފައި އޮތް ސްކޫލު ދަރިވަރުންގެ ކިޔެވުންތައް ވަކި ފިޔަވަހިތަކަކަށް ބަހާލައިގެން ފެށުމަށް ތައްޔާރުވާއިރުު އަންނަ ހަފްތާގައި ގްރޭޑު 07 ގެ ކިޔެވުން ފަށާނެ ކަމަށް އެޑިއުކޭޝަން މިނިސްޓްރީއިން ހާމަކޮށްފިއެވެ.

ދުނިޔޭގެ އެކި ގައުމުތަކުގައި ބާރު ސްޕީޑެއްގައި ފެތުރެމުން ދިޔަ ކޮވިޑުގެ ސަބަބުން މާލޭގެ ސްކޫލުތަކުގެ ކިޔެވުންތައް މެދުކަނޑާލިތާ ވަނީ ދުވަސްތަކެއް ވެފައެވެ. އަދި އޭގެ ފަހުން މާލޭން ވެސް ކޮވިޑުގެ ކޭސްތައް ފެނި ހާލަތު ގޯސްވުމާއި ގުޅިގެން ވަކި މުއްދަތެއް ނެތް ގޮތަށް ކްލާސްތައް ކުރިޔަށް ގެންގޮސްފައިވަނީ އޮންލައިން ޕްލެޓްފޯމުތައް މެދުވެރިކޮށެވެ.

މިހާރުގެ ހާލަތަށް ރިއާޔަތް ކުރުމަށްފަހު މަތީ ގްރޭޑުތަކުގެ ކިޔެވުންތައް ފަށަން ނިންމާ އެޑިއުކޭޝަނުން ބުނެފައިވަނީ، މިއީ ސިއްހީ ކަމާއި ބެހޭ އިދާރާތްތަކާއި ހެލްތް ޕްރޮޓެކްޝަން އޭޖެންސީގެ ލަފާގެ މަތީން ނިންމި ނިންމުމެއް ކަމަށެވެ.

އެޑިއުކޭޝަން މިނިސްޓްރީއިން ހާމަކުރި ގޮތުން އަންނަ ހަފްތާގެ އާދީއްތަ ދުވަހު ގްރޭޑު 07 ގައި ކިޔަވަމުން އަންނަ ދަރިވަރުންގެ ކްލާސްތައް ފެށޭނެއެވެ. މިނިސްޓްރީއިން އާއްމުކުރި އާ އުސޫލުގެ ދަށުން މި ހަފްތާގެ ތެރޭގައި ގްރޭޑު 08 ގެ ދަރިވަރުންގެ ކިޔެވުންތައް ވެސް ވަނީ ފަށާފާއެވެ. އަދި މާލެ ސަރަހައްދުގައި ގްރޭޑު 09 އިން 12 އާއި ދެމެދުގެ ކްލާސްތައް ފެށީ މި މަހުގެ 04 ގައެވެ.

ހެލްތް އިމަޖެންސީ އޮޕަރޭޝަންސް ސެންޓަރުން ކުރިޔަށް ގެންދިޔަ ނޫސްވެރިންގެ ބައްދަލުވުމުގައި އެޑިއުކޭޝަން މިނިސްޓްރީގެ ސްޓޭޓް، ޑރ. އަބްދުލް ރަޝީދު ވިދާޅުވީ ގްރޭޑް 07 ގެ ދަރިވަރުން ސްކޫލަށް ގޮސް ކިޔަވައި ދިނުން މި މަހު ފެށި ނަމަވެސް ދަށް ގްރޭޑުތަކަށް ގްރޭޑްތަކަށް މި އަހަރު ކިޔަވައިދޭން ފެށޭނެ ކަމަށް ނުބެލެވޭ ކަމަށެވެ. އަހަރުގެ ބާކީ އޮތީ ދެމަހަށް ވެފައި، ނޮވެމްބަރު މަހު ދަރިވަރުންގެ އެކި އިމްތިހާނުތައް އޮންނާނެ ކަމަށް ރަޝީދު ވިދާޅުވިއެވެ. އެހެން އެ ދުވަސްތަކުގައި ކިޔަވައިދިނުމަށް ވަގުތު ނެތްކަމަށް އޭނާ ވިދާޅުވިއެވެ.

ރަޝީދު ވަނީ ގްރޭޑު 07 އިން ދަށުގެ ދަރިވަރުންގެ ކްލާސްތައް މިހާރުވެސް އޮންލައިންކޮށް އަދި ޓެލެކްލާސް މެދުވެރިކޮށް ކުރިޔަށް ގެންދާކަން ފާހަގަ ކުރައްވާފައެވެ.

ކޮވިޑް ފެތުރެންް ފެށުމާ ގުޅިގެން ސްކޫލްތައް ބަންދުކޮށް ކިޔެވުން މެދުކަނޑާލުމަށް ފަހު ތިން މަސް ފަހުން ސްކޫލްތައް ހުޅުވީ މިދިއަ ޖޫންގަ އެވެ. އެފަހަރު ވެސް ހުޅުވާލީ ގްރޭޑް ނުވައަކުން މަތީގެ ގްރޭޑް ތަކަށެވެ. ނަމަވެސް ސްކޫލްތައް އަލުން ބަންދުކުރީ މާލެ ސިޓީގައި ޕޮޒިޓިވް ކޭސްތައް ވަރަށް ބޮޑުތަނުން އިތުރުވެ، ކަންބޮޑުވުންތަކެއް އަންނަން ފެށުމުންނެވެ.

ކޮވިޑުގެ ސަބަބުން ދަރިވަރުންގެ ކިޔެވުމަށް ވަނީ ވަރަށް ބޮޑެތި ބަދަލުތަކެއް އައިސްފައެވެ. އަދި އަހަރުގެ ބޮޑު ބައެއް އޮންލައިން ކްލާސްތަކައި އެކު ކުރިޔަށްދާއިރު ގިނަ ދަރިވަރުންނަށް ވަނީ ދަތިތަކާއި ކުރިމަތިލާން ޖެހިފައެވެ. އެގޮތުން ގެއްލުނު ފިލާވަޅުތައް ފުރިހަމަކޮށް ދެވަނަ ޓާމު ފަށާނީ އަންނަ ޖެނުއަރީ މަހުގެ 10 އެއްގައެވެ. އަދި 2021 ވަނަ އަހަރުގެ ދިރާސީ އާ އަހަރު ފެށުމަށް ހަމަޖެހިފައިވަނީ މިހާރު ނިންމާފައިވާ ގޮތުން އޮގަސްޓު މަހުގެ 10 އެއްގައެވެ.

ވަރަށް ގަދަ
100%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: