ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ގާނޫނީ ވަކީލުކަން ކުރުމުގެ ހުއްދަ ބާތިލް ކޮށްފާނެ ކަމުގެ ބިރު ނައްތާލެވިއްޖެ: ސިރާޖު

ފޮނަދޫ ދާއިރާގެ މެންބަރު މޫސާ ސިރާޖު
ޝެއާރކޮށްލާ ކަހަލަދޯ؟

މި ސަރުކާރުން ޝަރުއީ ނިޒާމު ހަރުދަނާކޮށް ގާނޫނީ ވަކީލުކަން ކުރުމުގެ ހުއްދަ ބާތިލް ކޮށްފާނެ ކަމުގެ ބިރު ނައްތާލެވިއްޖެ ކަމަށް ފޮނަދޫ ދާއިރާގެ މެމްބަރު މޫސާ ސިރާޖު ވިދާޅުވެއްޖެއެވެ.

ސިރާޖު މިހެން ވިދާޅުވީ ބާ ކައުންސިލުގެ ތަމްރީނު ޕްރޮގްރާމު ފުރިހަމަ ކުރި 277 މީހަކު އިއްޔެ ގާނޫނީ ވަކީލުކަމުގެ ހުވާ ކުރެއްވުމާ ގުޅިގެން އެ ފަރާތްތަކަށް މަރުހަބާ ދަންނަވައި ކުރެއްވި ޓްވީޓެއްގައެވެ.

އެގޮތުން ސިރާޖު ވިދާޅުވީ ނިޒާމުގައި ހުންނަ ގޯސް ރަނގަޅު ކުރެވޭނީ އެކަމަށް ފާޑު ކިޔައިގެން ކަމަށާއި މިހާރު މިނަވަންކަމާއެކު ފާޑު ކިޔޭނެ ކަމަށެވެ.

“ހުއްދަ ބާތިލް ކޮށްފާނެ ކަމުގެ ބިރު ނައްތާލެވިއްޖެ.” ސިރާޖު ވިދާޅުވިއެވެ.

ބާ އިމްތިހާނު ފުރިހަމަ ކުރުމުން ނޫން ގޮތަކަށް ވަކީލު ކަމުގެ ހުއްދަ ނުލިބޭނެ ކަމަށް ގާނޫނީ ފަންނުގެ ގާނޫނުގައި ބުނެފައިވާތީ އެ މައްސަލައަށް ހައްލެއް ހޯދަން، ކިޔަވައި ނިންމާފައި ތިބި މީހުންނަށް ބާ އިމްތިހާނު ނުހަދާ ހުއްދަ ދެވޭ ގޮތަށް ގާނޫނީ ފަންނުގެ ގާނޫނަށް އިސްލާހު ގެނަ އެވެ.

މަޖިލީހުން ފާސްކުރި އިސްލާހުގައި ބުނެފައިވަނީ މިހާރު ހުއްދަ ނުލިބި ތިބި ވަކީލުންނަށް ހާއްސަކޮށްގެން ބާ ކައުންސިލުން ހިންގާ އެއްމަސް ދުވަހުގެ ތަމްރީނު ޕްރޮގްރާމެއް ފުރިހަމަ ކުރުމުން ވަކީލު ކަމުގެ ހުއްދަ ދޭން ޖެހޭނެ ކަމަށެވެ.

އެ ތަމްރީނު ޕްރޮގްރާމު މިދިޔަ މަހުގެ 23 ވަނަ ދުވަހު ފަށައި 28 ވަނަ ދުވަހު ވަނީ ނިންމައިފަ އެވެ. 283 މީހަކު ވަނީ އެ ތަމްރީނު ޕްރޮގްރާމު ފުރިހަމަކޮށްފަ އެވެ. އޭގެ ތެރެއިން އިއްޔެ ހުވާ ކުރެއްވީ 277 މީހުންނެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: