ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

“އިންޑިއާ އައުޓް”އޭ ގޮވަނީ ޖަލުތޭރިތަކުގެ ތެރެއަށް “އިން” ވެދާނެތީ ބިރުން: އާޒިމް

ފޮޓޯ:މަޖިލިސް .. އެމްޑީޕީ ޕީޖީ ލީޑަރު އާޒިމް
ޝެއާރކޮށްލާ ކަހަލަދޯ؟

އިދިކޮޅު ފަރާތްތަކުން “އިންޑިއާ އައުޓް” އޭ ގޮވައި އަޑުއުފުލަމުންދަނީ ކުށް ސާބިތުވެ އެ ފަރާތްތައް ޖަލުތޭރިތަކުގެ ތެރެއަށް “އިން” ވެދާނެތީ ބިރުން ކަމަށް އެމްޑީޕީ ޕާލިމެންޓްރީ ގްރޫޕުގެ ލީޑަރު އަލީ އާޒިމް ވިދާޅުވެއްޖެއެވެ.

އެމްޑީޕީގެ ހަބަރު ސިޓީގެ މިއަދު ނެރުނު އަދަދުގައި ލިޔުއްވާފައިވާ ލިޔުމެއްގައި އާޒިމް ވިދާޅުވީ “އިންޑިއާ އައުޓް” ކުރަން ގޮވާ ފަރާތްތަކުން މިކަން ކުރަމުންދަނީ ހުވަފެނީ އުއްމީދެއްގައި ސަރުކާރު ކޮންމެވެސް ގޮތަކުން ބަދަލުކޮށްލުމުން “ދައުވާ އައުޓް” ކޮށްލުމުގެ އުއްމީދުގައެވެ. އެގޮތުން “އިންޑިއާ އައުޓް” ގޮވަން ކުރީ ސަފުގައި އެތުރިފައި ތިބި މީހުންގެ ތެރެއިން ގިނަ މީހުންގެ ކޮރަޕްޝަނަށް ތުހުމަތު ކުރެވޭ މައްސަލަތައް މިހާރު ދަނީ ބަލަމުން ކަމަށް އާޒިމް ވިދާޅުވިއެވެ.

“އަދުރޭ، ސައީދު، ގައްސާން، މުންދު، ޝިޔާމް، ނިހާން، ރިޔާޒު ރަޝީދު އަދި އަލީ އާރިފް މެންފަދަ މީހުންނާ ގުޅޭ ތަހުގީގުތައް ކަމާގުޅޭ އިދާރާތަކުގައި ދަނީ ކުރިއަށް. މިކަމުގައި ސަލާމަތްވާން ވެގެން ގައުމު ހަލަބޮލިކޮށް، އެކުވެރި ގައުމުތަކާ ރާއްޖެއާ ޖައްސާ ވެރިކަމުގެ މިސްރާބު ބަދަލުކޮށްލެވޭތޯ މަރުފަލި ޖަހަނީ. މިއުޅެނީ “އިންޑިއާ އައުޓް” ނުވެގެނެއް ނޫން. މިއުޅެނީ ކުށް ސާބިތުވެ، ޖަލުތޭރި ތަކުގެ ތެރެއަށް “އިން” ވެދާނެތީ އެކަމާ ގަންނަ ބިރަކުން” އާޒިމް ވިދާޅުވިއެވެ.

އާޒިމް ވިދާޅުވީ “އިންޑިއާ އައުޓް” ކުރަން ގޮވާ ފަރާތްތަކުން ތުހުމަތުކުރާ ގޮތަށް އިންޑިއާ އިން ރާއްޖެ އަށް އަތްގަދަކޮށް، މިލިޓަރީ ބޭހެއް ހަދައި އަދި ރާއްޖެ އަށް އަތްގަދަ ކުރާކަށް ވެސް ނޫޅޭ ކަމަށެވެ.

އަދި އިންޑިއާ އިން ރާއްޖޭގެ ސަލާމަތާ ރައްކާތެރިކަމަށް އަބަދުވެސް ބަލާނެ ކަމަށާއި ދެ ގައުމުގައި މިހާރު އުފެދިފައިވާ ގަދަފަދަ ގުޅުމުގެ ސަބަބުން ވަކިން ހާއްސަކޮށް މިހާރު އެކަން އިންޑިއާ އިން ބަލަމުންދާނެ ކަމަށްވެސް އާޒިމް ވިދާޅުވިއެވެ.

ވަރަށް ގަދަ
25%ވަރަށް ގަދަ 75%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

One Response

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: