ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އެމްޑީޕީއަށް “ލޯޔަލްޓީ ކާޑު” ނޭނގުމުން، މިއީ އެއްވެސް އެއްޗެއް އެނގޭ ބައެއް ނޫންކަން ޔަގީން ވެއްޖެ: ޝުޖާއު

ޕީޕީއެމް އަދި ޕީއެންސީ އިން ލޯޔަލްޓީ ކާޑު އިފްތިތާޙް ކުރުމުގެ ގޮތުން ބޭއްވި ޖަލްސާގެ ތެރެއިން/ ފޮޓޯ: ވަގުތު
ޝެއާރކޮށްލާ ކަހަލަދޯ؟

ވެރިކަން ކުރާ މައިޕާޓީއިން، ދުނިޔޭގެ އެކި ގައުމުތަކުގައި އަމަލު ކުރަމުން އަންނަ “މަލްޓި ޕާޓީ ސިސްޓަމް” އަކީ ކޮބައިކަން ދަސްކޮށް، ލޯޔަލްޓީ ކާޑުތަކާއި ބެހޭ މައުލޫމާތުތައް ސާފުކުރަން ޖެހޭ ކަމަށް އިދިކޮޅު ޕްރޮގްރެސިވް ކޯލިޝަނުން ބުނެފިއެވެ.

އިދިކޮޅު ޕީއެންސީގެ ނައިބް ރައީސް އިބްރާހިމް ޝުޖާއު، ސަރުކާރުގެ މައި ޕާޓީ އެމްޑީޕީއަށް ފާޑުކިޔުންތައް އަމާޒުކޮށްފައިވަނީ އެ ކޯލިޝަން ތައާރަފްކުރި ލޯޔަލްޓީ ކާޑާއި ގުޅޭގޮތުން އެމްޑީޕީގެ ބައެއް މެމްބަރުން ދައްކަވާފައިވާ ވާހަކަތަށް ރައްދު ދެއްވަމުންނެވެ. ރާއްޖޭގައި ފުރަތަމަ ފަހަރަށް ލޯޔަލްޓީ ކާޑުތައް ތައާރަފްކުރި ސިޔާސީ ޕާޓީއަކީ ޕީޕީއެމް، ޕީއެންސީއެވެ.

މިއީ އިދިކޮޅުގެ ހަރަކާތްތަކުގައި ރައްޔިތުންގެ ބައިވެރިވުން އިތުރު ކުރުމުގެ ގޮތުން ފެށި ޕްރޮގްރާމެކެވެ. ޕްރޮގްރެސިވް ކޯލިޝަނުން މިއަދު ވަނީ ލޯޔަލްޓީ ކާޑުގެ ހަތަރު ބާވަތެއް ތައާރަފު ކޮށްފައެވެ. އެއީ އެއީ މެޖެންޑާ، ސިލްވާ، ގޯލްޑް އަދި ޕްލެޓީނިއަމް އެވެ. އަދި ޖަލްސާގައި އެންމެ ފުރަތަމަ ވެސް މި ކާޑު ހާއްސަކުރީ ރައީސް ޔާމީނަށެވެ. ރައީސް ޔާމީންގެ ފާރާތުން ލޯޔަލްޓީ ކާޑާއި ހަވާލުވެވަޑައިގެންފައިވަނީ ދަރިކަލުން ޒޭން ޔާމީން އަބްދުލް ގައްޔޫމްމެވެ.

އެހެން ނަމަވެސް އިދިކޮޅު ކޯލިޝަނަށް ފާޑުކިއުންތައް އަމާޒުކޮށް، އެމްޑީޕީއިން ބުނެފައިވަނީ އެއީ ސަޕޯޓަރުން ދަރަޖަ ކުރުން ކަމަށެވެ. އަދި އެކަން ބެލެވޭނީ ތަފާތުކުރުންގެ ގޮތުގައި ކަމަށް އެމްޑީޕީއިން ވަނީ ބުނެފައެވެ. ޕާޓީގެ މެމްބަރުންގެ މެދުގައި އިހުލާސްތެރިކަން އޮންނަން ޖެހޭނީ އެއް މިންވަރެއްގައި ކަމަށާއި، އެ މެމްބަރަކު ކުރާ ތާއީދަކަށް ރިއާޔަތްކޮށް ވަކި ދަރަޖަތަކެއް ނުދެވޭނެ ކަމަށް އެމްޑީޕީގެ ބައެއް މެމްބަރުން ވިދާޅުވެފައެވެއެވެ.

ރައްޔިތުންގެ މަޖިލީހުގެ ހުޅުމާލެ ދާއިރާގެ މެމްބަރު އަލީ ނިޔާޒް ކުރައްވާފައިވާ ޓްވީޓަކަށް ރައްދު ދެއްވާ ޝުޖާއު ވިދާޅުވީ، ދުނިޔޭގެ އެހެން ޑިމޮކްރެޓިކް ގައުމުތަކުން ޕާޓީ ސިސްޓަމް ކުރިއެރުވުމަށް ކުރާ މަސައްކަތް އެމްޑީޕީއިން ބަލަން ޖެހޭ ކަމަށެވެ. ޝުޖާއު ވިދާޅުވީ ދުނިޔޭގެ ގައުމުތަކުގައި ހަރަކާތްތެރިވަމުން އަންނަ ސިޔާސީ ޕާޓީތަކުން ލޯޔަލްޓީ ކާޑުތައް ތައާރަފްކޮށް، އެ ފަންކްޝަން ކުރާ ގޮތް އެމްޑީޕީން ދަސްކުރުން މުހިންމު ކަމަށެވެ.

ރާއްޖޭގެ އެންމެ ބޮޑު ސިޔާސީ ޕާޓީގެ ގޮތުގައި ގަބޫލު ކުރާ އެމްޑީޕީއަށް، މަލްޓި ޕާޓީ ސިސްޓަމަކީ ކޮބައިކަން އެނގޭކަމަށް ހީކުރެވުނު ކަމަށާއި، އެހެން ނަމަވެސް އެމްޑީޕީއަކީ ޕާޓީއެއްގެ ގޮތުގައި “އެއްވެސް ކަމެއް އެނގޭ ބައެއް ނޫން” ކަން ސާފުވެއްޖެ ކަމަށް އޭނާ ވިދާޅުވިއެވެ.

“އަޅުގަނޑު މީގެ ކުރިން ހިތަށް އެރީ އެމްޑީޕީއަށް ދުނިޔޭގެ މަލްޓި ޕާޓީ ސިސްޓަމް އެނގޭ ކަމަށް. މިހާރު އެނގިއްޖެ އެއްކަމެއް ވެސް ދަންނަ ބައެއް ނޫން ކަން. ޕީޕީއެމްގެ ލޯޔަލްޓީ ކާޑުގެ ފުރިހަމަ މައުލޫމާތު ހޯއްދެވުމަށް ދަންނަވަން” ޝުޖާއު

މީގެ އިތުރުން ޝުޖާއު ވިދާޅުވީ އެމްޑީޕީ މެމްބަރުން އިދިކޮޅަށް ފާޑުކިއުމުގެ ބަދަލުގައި ބަލަންވީ، ސަރުކާރު ހިންގޭތޯ ކަމަށެވެ. އަދި ޕީޕީއެމާއި، ޕީއެންސީ ދަނީ ތަފާތު ދައްކަމުން ކަމަށް އޭނާ ވިދާޅުވިއެވެ.

ލޯޔަލްޓީ ކާޑު ތައާރަފްކޮށް، ރަސްމިއްޔާތުގައި އެ ކާޑާއި ގުޅޭގޮތުން ވާހަކަދައްކަވަމުން ޕީއެންސީގެ ނައިބު ރައީސް އަދި މާވަށު ދާއިރާގެ މެންބަރު މުހައްމަދު ސައީދު ވިދާޅުވީ، ލޯޔަލްޓީ ކާޑު ބިނާވެފައި ވަނީ ރައީސް ޔާމީނުގެ ސިޔާސީ ފަލްސަފާއާއި އެމަނިކުފާނުގެ ފިކުރުގެ މައްޗަށް ކަމަށެވެ. އަދި ލޯޔަލްޓީ ކާޑަކީ ދުނިޔޭގެ ތަރައްގީވެފައިވާ ގައުމުތަކުގައިވެސް ތައާރަފުކުރާ ކާޑެއް ކަމަށް އޭނާ ވިދާޅުވެފައިވެއެވެ.

ލޯޔަލްޓީ ކާޑާއެކު ޕްރޮގްރެސިވް ކޯލިޝަންގެ ކާޑު ސެންޓަރެއް ގާއިމުކޮށް، އެ ސެންޓަރު މެދުވެރިކޮށް ޕާޓީގެ އާންމު މެންބަރުންނަށް އެ ކޯލިޝަންގެ އިސްވެރިންނަށް ފަސޭހަކަމާއެކު ގުޅައިލެވޭނެ އިންތިޒާމު ހަމަޖެހޭނެ ކަމަށް އެ ކޯލިޝަނުން ވަނީ ބުނެފައެވެ. އިދިކޮޅު ކޯލިޝަންގެ އެކި ހަރަކާތްތަކަށް ފައިސާ ހަދިޔާ ކުރުމަށް ޝައުގުވެރިކަން ހުންނަ ފަރާތްތަކަށް ހާއްސަކޮށް ތައާރަފްކޮށްފައިވާ މި ކާޑު މެދުވެރިކޮށް 100 ރުފިޔާއިން ފެށިގެން މަތިން ކޮންމެ މަހެއްގެ މައްޗަށް ފައިސާ ހަދިޔާ ކުރެވޭނެއެވެ.

ވަރަށް ގަދަ
50%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 50%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: