ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ވަކީލުކަން ކުރުމަކީ ހައްގެއް ނޫން، އެއީ ޝަރަފެއް: އުއްތަމަ ފަނޑިޔާރު

އުއްތަމަ ފަނޑިޔާރު މުއުތަސިމް އަދުނާން
ޝެއާރކޮށްލާ ކަހަލަދޯ؟

ގާނޫނީ ވަކީލުކަން ކުރުމަކީ ހައްގެއް ނޫން ކަމަށާއި ވަކީލުކަން ކުރުމަކީ ޝަރަފެއް ކަމަށް ދިވެހިރާއްޖޭގެ އުއްތަމަ ފަނޑިޔާރު މުއުތަސިމް އަދުނާން ވިދާޅުވެއްޖެއެވެ.

ގިނަ އަދަދެއްގެ ގާނޫނީ ވަކީލުން، ވަކީލުކަމުގެ ހުވާކުރުމަށް އޮންލައިންކޮށް ބޭއްވި ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން އުއްތަމަ ފަނޑިޔާރު ވިދާޅުވީ ގާނޫނީ ވަކީލުންނަކީ އެމީހުންގެ މުވައްކިލުންނާއި މުޖުތަމައުގެ ތެރެއިން އިހުތިރާމު ލިބިގެންވާ ބައެއް ކަމަށެވެ.

އުއްތަމަ ފަނޑިޔާރު ވިދާޅުވީ ވަކީލުންނަކީ އާ ތަޖުރިބާތަކެއް ކޮށް އާ ކަންކަން ދަސްކުރާ ބަޔަކަށްވާން ޖެހޭ ކަމަށެވެ. އަދި ވަކީލުކަމަކީ ވަރަށް ޒިންމާދާރު އަދި ގިނަ ބައެއްގެ މަސްހަލަތު ހިމެނޭ މަސައްކަތްތަކެއް ކުރާ ބައެއްކަން އުއްތަމަ ފަނޑިޔާރު ވަނީ ފާހަގަކުރައްވާފައެވެ.

މުޖުތަމައުގައި އުޅޭ އެންމެން ވަކީލުން ދެކެ ހިތްހަމައެއް ނުޖެހޭނެ ކަމަށާއި މުޖުތަމައުގެ ތެރޭގައި ވަކީލުންނާ ގުޅޭ ތަފާތު ވާހަކަތައް ދެކެވޭ ކަމަށް އުއްތަމަ ފަނޑިޔާރު ވިދާޅުވިއެވެ.

އުއްތަމަ ފަނޑިޔާރު ވިދާޅުވީ ވަކީލުންގެ ސުލޫކީ މައްސަލަތަކުގެ ވާހަކަތައް ދެކެވޭ ކަމަށެވެ. އަދި ވަކީލުންނަކީ މުޖުތަމައުގެ ދުޝްމަނުންގެ ގޮތަށް ދޭހަވާ ގޮތަށް ބަހުސް ކުރެވޭ ހާލަތްތައް އަންނަ ކަމަށްވެސް ވިދާޅުވިއެވެ.

ލިޔުމާއި ކިޔުމުގެ ތެރޭގައި ދުވަސްތައް ހޭދަކޮށް އިލްމު ހޯދަން ވަކީލުން މަސައްކަތް ކުރަން ޖެހޭ ކަމަށާއި ހަމައެނަކި މާލީ ފައިދާއެއް ހޯދަން ވަކީލުކަމުގެ ފަންނުގެ ތެރެއަށް ވަންނަނީ ގޯސް ވިސްނުމަކާއިގެން ކަމަށް އުއްތަމަ ފަނޑިޔާރު ވިދާޅުވިއެވެ.

އުއްތަމަ ފަޑިޔާރު ވިދާޅުވީ ވަކީލުން ވާން ޖެހޭނީ ސާފު ސީދާކޮށް ވާހަކަ ދައްކަންވެސް އެނގޭ އަދި ކަނުލައި އަޑުއަހަންވެސް އެނގޭ ބަޔަކަށް ކަމަށެވެ. އަދި ދިރާސާ ކުރުމުގެ ހުނަރުވެސް ވަކީލެއްގެ ކިބައިގައި ހުންނަން ޖެހޭނެ ކަމަށް އުއްތަމަ ފަނޑިޔާރު ވިދާޅުވި އެވެ.

މިއަދު ހުވާކުރި ވަކީލުންނަކީ ގާނޫނީ ފަންނުގެ ގާނޫނު ވަޖޫދުވި ފަހުން ގާނޫނީ ވަކީލުން ހުވާ ކުރި ފުރަތަމަ ފަހަރެވެ. އެގޮތުން މި ބުރުގައި 277 ގާނޫނީ ވަކީލަކު ވަނީ ހުވާ ކޮށްފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: