ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ތަރުކާރީ އަދި މޭވާ ވިއްކާ ވިޔަފާރިތައް ރަޖިސްޓްރީ ކުރުން ލާޒިމުކޮށްފި

ޝެއާރކޮށްލާ ކަހަލަދޯ؟

ތަރުކާރީއާއި މޭވާ ވިއްކާ ވިޔަފާރިތައް ރަޖިސްޓްރީ ކުރުން ލާޒިމުކޮށް، އެކަމާއި ގުޅޭ ގަވާއިދަށް އަމަލުކުރަން ފަށައިފިއެވެ.

ތަރުކާރީއާއި މޭވާ ފަދަ ކާބޯތަކެތީގެ ބާވަތްތައް ވިއްކުމުގެ ވިޔަފާރި ހަރަކާތް ރަޖިސްޓަރީ ކުރުމުގެ ގަވާއިދުގައި ބުނެފައިވާ ގޮތުން އެ ގަވާއިދުގެ ދަށުން، ތަރުކާރީ ނުވަތަ މޭވާ ވިއްކުމުގެ ވިޔަފާރި ހަރަކާތް، ރަޖިސްޓަރީނުކޮށް ހިންގާ ނަމަ، ވިޔަފާރި ރަޖިސްޓަރީ ކުރުމުގެ ޤާނޫނުގެ ދަށުން އިންސްޕެކްޓް ކުރުމަށްފަހު، ވިޔަފާރި ރަޖިސްޓަރީ ކުރުމުގެ ޤާނޫނާ ޚިލާފުވިކަމަށް ބަލައި، އެފަދަ ކޮންމެ ފަރާތެއް 10،000 ރުފިޔާއިން ޖޫރިމަނާ ކުރާނެއެވެ.

އަދި ވިޔަފާރި ހިންގާ ތަނުގައި ހުންނަންޖެހޭ ޝަރުތުތަކުން ޝަރުތެއް ފުރިހަމަވެފައި ނުވާކަން އިންސްޕެކްޝަނަކުން ފާހަގަކުރެވިއްޖެ ނަމަ، އެ ފަދަ ކޮންމެ ފަރާތެއް، 5000 ރުފިޔާއިން ޖޫރިމަނާ ކުރާނެ ކަމަށްވެސް ގަވާއިދުގައި ބުނެފައިވެއެވެ.

މީގެ އިތުރުން މި ގަވާއިދާ ޚިލާފަށް ވިޔަފާރީގެ މުޢާމަލާތްތައް ކުރިޔަށް ގެންދާ ކޮންމެ ފަރާތެއްގެ ތަރުކާރީއާއި މޭވާ ފަދަ ކާބޯތަކެތީގެ ބާވަތްތައް ވިއްކުމުގެ ވިޔަފާރި ހަރަކާތް ހިންގާ ތަން ބަންދުކޮށް، އެ ތަނުގެ ތަފުސީލު، ދިވެހި ސަރުކާރުގެ ގެޒެޓުގައި ޝާއިޢު ކުރަން ވާނެ ކަމަށްވެސް ބުނެފައިވެއެވެ.

އެގޮތުން މި ގަވާއިދަށް ޢަމަލުކުރަން ފަށާތާ 30 ދުވަހުގެ ތެރޭގައި ރަޖިސްޓްރީކުރަން ހުށައަޅަންޖެހޭނެއެވެ.

އިކޮނޮމިކް މިނިސްޓްރީން މި ގަވާއިދަށް އަމަލު ކުރަން ފަށާފައިވަނީ މިމަހުގެ ތިން ވަނަ ދުވަހުން ފެށިގެނެވެ.. އެގޮތުން ވިޔަފާރި ހަރަކާތް ރަޖިސްޓްރީކުރެވޭނީ އޮންލައިންކޮށް، މިނިސްޓްރީގެ އޮންލައިން ޕޯޓަލް https://business.egov.mv މެދުވެރިކޮށެވެ.

 

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: