ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އިހުލާސްތެރިކަން ނުވަތަ ލޯޔަލްޓީ ދަރަޖަ ކުރުމަކީ އެ ޕާޓީއެއްގެ މެންބަރުން ތަފާތު ކުރުން: އަލީ ނިޔާޒު

ހުޅުމާލޭ ދާއިރާގެ މެމްބަރު އަލީ ނިޔާޒް: ފޮޓޯ މަޖިލިސް
ޝެއާރކޮށްލާ ކަހަލަދޯ؟

ސިޔާސީ ޕާޓީއެއްގެ މެންބަރުންގެ އިހުލާސްތެރިކަން ނުވަތަ ލޯޔަލްޓީ ދަރަޖަ ކުރުމަކީ އެ ޕާޓީއެއްގެ މެންބަރުން ތަފާތު ކުރުން ކަމަށް ވިދާޅުވެ އިދިކޮޅު ކޯލިޝަންގެ ހަރަކާތްތަކަށް އެމްޑީޕީގެ ޗެއާޕާސަންގެ ނައިބު އަލީ ނިޔާޒު ރޭ ފާޑު ވިދާޅުވެއްޖެއެވެ.

ނިޔާޒު މިފަދައިން ވިދާޅުވެފައި މިވަނީ އިދިކޮޅު ޕްރޮގްރެސިވް ކޯލިޝަންގައި ހިމެނޭ ޕީއެންސީ އާއި ޕީޕީއެމުން އެ ދެ ޕާޓީގެ މެންބަރުންނަށް އަމާޒުކޮށްގެން ލޯޔަލްޓީ ކާޑެއް ތައާރަފުކުރުމުން ނެވެ.

“‏ޕާޓީ މެމަބަރުން ދަރަޖަ ކުރުމަކީ ހަމަޖެހޭ ކަމެއް ނޫން، ޕާޓީގެ ކޮންމެ މެމްބަރެއްގެ ވެސް ޕާޓީއަށް ލޯޔަލްޓީ އޮންނަންވާނީ އެއް މިންވަރަކަށް، މިއީ މެމްބަރުން ތަފާތު ކުރުން،” ނިޔާޒު ވިދާޅުވިއެވެ.

ޕްރޮގްރެސިވް ކޯލިޝަނުން މިއަދު ވަނީ ލޯޔަލްޓީ ކާޑުގެ ހަތަރު ބާވަތެއް ތައާރަފު ކޮށްފައެވެ. އެއީ އެއީ މެޖެންޑާ، ސިލްވާ، ގޯލްޑް އަދި ޕްލިޓީނިއަމް އެވެ. މިއީ ރާއްޖޭގައި ސިޔާސީ ޕާޓީއަކުން މިފަދަ ކާޑެއް ތައާރަފުކުރި ފުރަތަމަ ފަހަރެވެ. އެ ކޯލިޝަނުން ތައާރަފުކުރި ލޯޔަލްޓީ ކާޑު އެންމެ ފުރަތަމަ ހަދިޔާކޮށްފައިވަނީ ޖަލު ހުކުމެއް ތަންފީޒުކުރައްވަމުން ގެންދަވާ ޕީޕީއެމްގެ ރައީސް އަދި ރާއްޖޭގެ ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމަށެވެ. ރައީސް ޔާމީންގެ ފަރާތްޕުޅުން އެ ކާޑާއި ހަވާލުވެވަޑައިގެންނެވީ ދަރިކަލުން ޒެއިން އަބްދުﷲ ޔާމީނެވެ.

އިދިކޮޅު ކޯލިޝަންގެ އެކި ހަރަކާތްތަކަށް ފައިސާ ހަދިޔާ ކުރުމަށް ޝައުގުވެރިކަން ހުންނަ ފަރާތްތަކަށް ހާއްސަކޮށް ތައާރަފްކޮށްފައިވާ މި ކާޑު މެދުވެރިކޮށް 100 ރުފިޔާއިން ފެށިގެން މަތިން ކޮންމެ މަހެއްގެ މައްޗަށް ފައިސާ ހަދިޔާ ކުރެވޭނެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: