ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރައީސެއްގެ ހައިސިއްޔަތުން ރައީސް ޔާމީން ދެއްވި ފަހު ހިތޯބު އަޑުއަހާ ސަޕޯޓަރުންނަށް ފުން އަސަރުތަކެއް!

ޕީޕީއެމް އިން މިއަދު ބޭއްވި ހަރަކާތުގެ ތެރެއިން/ ފޮޓޯ: ވަގުތު
ޝެއާރކޮށްލާ ކަހަލަދޯ؟

ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމަށް އިންތިހާބުގައި ކުރިމަތިވީ ނާކާމިޔާބީއަށް ފަހު ދެއްވި ހިތޯބު އާޑުހާ އިދިކޮޅު ޕީޕީއެމް، ޕީއެންސީގެ ލީޑާޝިޕާއި ސަޕޯޓަރުންނަށް ފުން އަސަރުތަކެއްކޮށްފިއެވެ.

އިދިކޮޅު ކޮންގްރެސް ކޯލިޝަނުން މިއަދު ވަނީ، “ލޯޔަލްޓީ ކާޑު” ތައާރަފްކުރުމަށް ހާއްސަ ރަސްމިއްޔާތެއް ބާއްވާފައެވެ. މިއީ އިދިކޮޅުގެ ހަރަކާތްތަކުގައި ރައްޔިތުންގެ ބައިވެރިވުން އިތުރު ކުރުމުގެ ގޮތުން ފެށި ޕްރޮގްރާމެކެވެ. އަދި ޖަލްސާގައި އެންމެ ފުރަތަމަ ވެސް މި ކާޑު ހާއްސަކުރީ ރައީސް ޔާމީނަށެވެ. ރައީސް ޔާމީންގެ ފާރާތުން ލޯޔަލްޓީ ކާޑާއި ހަވާލުވެވަޑައިގެންފައިވަނީ ދަރިކަލުން ޒޭން ޔާމީން އަބްދުލް ގައްޔޫމްމެވެ.

މިއަދުގެ ހަވީރު ބޭއްވި އެ ރަސްމިއްޔާތުގައި ޕީޕީއެމް، ޕީއެންސީއިން ވަނީ އިންތިހާބުގައި ކުރިމަތިވީ ބޮޑު ނާކާމިޔާބީއަށް ފަހު ރައީސް ޔާމީން ދިވެހި ގައުމާއި މުހާތަބު ކުރައްވާ ދެއްކެވި ވާހަކަ ސަޕޯޓަރުންނަށް ދައްކާލާފައެވެ. މީގެ ދެ އަހަރު ކުރިން ރައީސް ޔާމީން އެ ދެއްކެވި ވާހަކަތައް އަޑުއާހާ، އެވަގުތު އެ ޖަލްސާއަށް ހާޒިރުވެ ތިބި އެތައް ސަޕޯޓަރުންގެ ލޮލުން ކަރުނަ އައެވެ. އޭގެ ތެރޭގައި ޕާޓީގެ ލީޑާޝިޕްގައި ހިމެނިވަޑައިގަންނަވާ ބޭފުޅުން ވެސް ހިމެނެއެވެ.

މިއަދު އިދިކޮޅު ކޯލިޝަނުން އިއްވާފައިވަނީ އިންތިހާބަށް ފަހު 17 އޮކްޓޯބަރު، 2018 ގައި ރައީސް ޔާމީން ދިވެހި ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާގެ ހައިސިއްޔަތުން ދެއްވި އެންމެ ފަހު ހިތޯބެވެ.

ރައީސް ޔާމީންގެ އެދުވަހުގެ ހިތޯބުގައި އެމަނިކުފާނު ވަނީ ސަރުކާރުގެ އޭރުގެ ސިޔާސަތުތަކާއި ގުޅޭގޮތުން ވާހަކަ ދައްކަވާފައެވެ. އޭގެ ތެރޭގައި ގައުމުގެ ސަލާމަތާއި ރައްކާތެރިކަމާއި، އަދި ވެރިކަމުގެ ފަސް އަހަރު ދުވަސް އެއީ ފަސޭހަ ދުވަސްތަކެއް ނޫން ކަމަށް ވިދާޅުވެފައިވެއެވެ. ސިޔާސީ ގޮތުން އޭރު އެކި ބޭފުޅުންނާއި މެދު އެޅި ފިޔަވަޅުތަކަށް ރައީސް ޔާމީން ވިދާޅުވެފައިވަނީ އެއީ ދައުލަތުގެ ހައްގުގައި އެޅި ފިޔަވަޅުތަކެއް ކަމަށެވެ. އަދި އެތައް ހާސް ރައްޔިތުންނެއްގެ ހައްގުގައި ކުރި މަސައްކަތެއް ކަމަށެވެ.

ބެލެވޭ ގޮތުން ސަޕޯޓަރުން އެންމެ ބޮޑަށް އުދާސްކޮށްލީ ރައީސް ޔާމީންގެ ވާހަކަފުޅުގައި އާއްމުންގެ ވިސްނުމަށް އެ އަންނަ ބަދަލުތަކާއި ގުޅޭގޮތުން ދެއްކެވި ވާހަކަ އަށެވެ. ރައީސް ޔާމީންގެ އެ ދުވަހުގެ ވާހަކައިގައި ވަނީ ފަސް އަހަރުގެ ތެރޭގައި އެންމެ ބޮޑު ނުކުޅެދުންތެރިކަމަކީ ރައްޔިތުންނަށް އެމަނިކިފާނު ދަސްނުވުން ކަމަށް ވިދާޅުވެފައެވެ.

“މިހުރިހާ ކަމެއް ވެގެންދާއިރުވެސް އަޅުގަނޑަށް ހަމަ ގަބޫލުކުރަން އެންމެ އުނދަގޫ ކަމަކީ، ނޫނީ އެންމެ ދަތިވެގެންދިޔަ ކަމަކީ، ނޫނީވިއްޔާ އަޅުގަނޑުގެ ނުކުޅެދުންތެރިކަން ހުރި ކަމަކީ، އަޅުގަނޑަށް ނުވިސްނުނު ކަމަކީ، މީހުން ދަސްނުވުން. އަޅުގަނޑަކަށް ހަމަ އެއްގޮތަކަށްވެސް މި ފަސް އަހަރު ވެގެންދިޔައިރުވެސް ދަހެއްނުވި، މީހުންގެ ފިކުރަށާއި، މީހުންގެ ވިސްނުމަށް އަންނަ ބަދަލު މި އަންނަނީ ކީއްވެގެންކަމެއް. އަދި ކޮންކަހަލަ ނުފޫޒުން ކަމެއް، މި ސިޔާސީ ލީޑަރުންނާއި އަދި ދިވެހި ރައްޔިތުންގެ ތެރެއިން ވިސްނުން ބަދަލުވަމުންމިދާ އަވަސްމިނުގައި ވިސްނުންތައް ބަދަލުވެގެން މިދަނީ ކޮންކަހަލަ ނުފޫޒެއްގައިކަން އަޅުގަނޑަކަށް ދަހެއްނުވި. އަދި އެކަންކަން ދަސްނުވީމާ، އެކަންކަމާ ދޭތެރޭގައި އަޅާނެ ފިޔަވަޅު އެޅުމަށް އަޅުގަނޑު ވަނީ ނުކުޅެދިފައި” ރައީސް ޔާމީންގެ އެންމެ ފަހު ހިތޯބުގައި ވިދާޅުވެފައި ވެއެވެ.

ރަސްމިއްޔާތުގައި ވާހަކަފުުޅު ދައްކަވަމުން ޕީއެންސީގެ ނާއިބްރައީސް އަދި މާވަށު ދާއިރާގެ މެމްބަރު މުހައްމަދު ސައީދު ވިދާޅުވީ، މިކާޑުތަކުން ފެނިގެންދަނީ ރައީސް ޔާމީންގެ ވެރިކަމުގެ ފަސް އަހަރުގެ ތެރޭގައި ގެންނެވި ތަރައްގީގެ ފަލްސަފާގެ މައްޗަށް ބިނާކުރަމުން އަންނަ ތަރައްގީ އާއި ޒުވާނުންގެ އޮނިގަނޑު ކަމަށެވެ. މުޅި ރާއްޖޭގެ ތާރީހު އެއް ފުށުން އަނެއް ފުށަށް ޖެހުމުންވެސް ނުފެންނަ އުމްރާނީ ތަރައްގީ، ރައީސް ޔާމީންގެ ފަސް އަހަރުގެ ވެރިކަމުގެ ތެރޭގައި ފެނިގެންދާ ކަމަށް ވިދާޅުވިއެވެ. އަދި މިއާއެކު ގައުމުގެ ހަމަޖެހުމާއި، އާންމު ފުދުންތެރިކަންވެސް މިކާޑުތަކުން ދޭހަވާކަމަށް ވިދާޅުވިއެވެ.

 

 

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 50%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 50%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: