ކުއްލި ޚަބަރު

ހޯރަފުށި އެއާޕޯޓުގެ މަސައްކަތް 11 ނޮވެމްބަރަށް ނިންމާލެވޭނެ: އެމްޓީސީ

ހޯރަފުށީ އެއާޕޯޓުގެ މަސައްކަތް ކުރިއަށްދަނީ/ ފޮޓޯ: އެމްޓީސީސީ
ޝެއާރކޮށްލާ ކަހަލަދޯ؟
Share on facebook
Share on twitter
Share on whatsapp
Share on telegram
Share on email
Share on print
Share on facebook
Share on twitter
Share on whatsapp
Share on telegram
Share on email

ހއ. ހޯރަފުށީގައި ތަރައްގީ ކުރާ އެއާޕޯޓުގެ މަސައްކަތް އަންނަ ނޮވެމްބަރު މަހަށް ނިންމައިލެވޭނެ ކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ބުނެފިއެވެ.

ހޯރަފުށީ އެއާޕޯޓުގެ މަސައްކަތް ކުރިޔަށް ދާ ގޮތް، ކުންފުނީގެ ސީއީއޯ އާދަމް އާޒިމް ވަނީ ބައްލަވާލައްވާފައެވެ. އަދި އެ މަޝްރޫއާއި ގުޅޭ މައުލޫމާތުތައް މީޑިއާތަކާއި ހިއްސާ ކުރަމުން އެމްޓީސީސީއިން ބުނެފައިވަނީ މަސައްކަތް ނޮވެމްބަރު މަހުގެ 11 އަށް ނިންމާލެވޭނެ ކަމަށެވެ. މަސައްކަތަށް އެއްވެސް މަޑުޖެހުމެއް ނެތި ކުރިޔަށް ދާ ކަމަށާއި، މިހާރު ކުރަމުން އަންނަނީ އެއާޕޯޓުގެ ޕެސެންޖާ ޓާމިނަލާއި ފަޔާ ބިލްޑިންގެ މަސައްކަތް ކަމަށް އެ ކުންފުނިން ވަނ ބުނެފައެވެ.

އެމްޓީސީސީއިން ބުނެފައިވާ ގޮތުން ޕެސެންޖާ ޓާމިނަލާއި ފަޔާ ބިލްޑިންގެ އަމަލީ މަސައްކަތް ފަށާފައިވަނީ މިދިޔަ މަހުގެ 19 ވަނަ ދުވަހުއެވެ.

ޖުމްލަ 13.8 މިލިއަން ރުފިޔާއަށް މި މަސައްކަތް އެމްޓީސީސީއާ ހަވާލުކޮށްފައިވަނީ މިދިޔަ އޮގަސްޓް މަހުގެ 27 ވަނަ ދުވަހުއެވެ. އެއީ މަޝްރޫއުގެ އެއްބަސްވުމުގައި ސޮއިކުރާ ތާރީހުން ފެށިގެން 80 ދުވަސް ތެރޭގައި މަސައްކަތް ނިންމައި ޓްރާންސްޕޯޓު މިނިސްޓްރީއާ ހަވާލުކުރާ ގޮތަށެވެ.

ހޯރަފުށި އެއާޕޯޓްގެ ޕަސެންޖާ ޓާމިނަލާއި ފަޔާ ބިލްޑިންގެ މަސައްކަތް އެމްޓީސީސީން ކުރަމުން އަންނަ އިރު އެ އެއާޕޯޓު ހެދުމުގެ މަޝްރޫއު ވެސް ކުރަމުން އަންނަނީ އެމްޓީސީސީއިންނެވެ.

ހޯރަފުށި އެއާޕޯޓު ނިނގެންދާއިރު 1200 މީޓަރުގެ ރަންވޭއަކާއި، 8،635 އަކަމީޓަރުގެ އޭޕްރަންއަކާއި ޓެކްސީވޭ އަކާއި، ސާވިސް ޜޯޑުގެ އިތުރަށް 9،473 އަކަމީޓަރުގެ ޕާކިންގ އޭރިޔާއެއްގެ އިތުރަށް 720 މީޓަރުގެ އެއާޕޯޓު ސެކިޔުރިޓީއާއި ބީޗް ފެންސް އޭރިޔާއެއް ތަރައްގީކުރެވޭނެއެވެ.

އެއާޕޯޓި ހެދުމަށް ބިން ހިއްކުމުގެ މަސައްކަތްކޮށް ނިންމާލާފައިވަނީ މިދިޔަ އަހަރުގެ އޮގަސްޓް މަހުގެ ތެރޭގައެވެ. އަދި ރިވެޓްމަންޓް ޖެހުމުގެ މަސައްކަތް މިއަހަރުގެ މާޗް މަހުގެ ތެރޭގައި ވަނީ ނިންމާލާފައެވެ.

ޖުމްލަ 842،200 ކިއުބިކް މީޓަރުގެ ބިން ހިއްކައިގެން ތަރައްގީކުރާ ހޯރަފުށީ އެއާޕޯޓުގައި 1،200 މީޓަރުގެ ރަންވޭއަކާއި 8،635 އަކަމީޓަރުގެ އޭޕްރަންއަކާއި ޓެކްސީވޭއެއް އޮންނާނެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published.

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: