ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ލަވަފޮށިން މިރޭ ބާރައިގެ ކުރިން މައާފަށް އެދުމަށް ސިމްބޮލިކް އިން އަންގައިފި. އެހެން ނޫނީ ?

ޝެއާރކޮށްލާ ކަހަލަދޯ؟

ރާއްޖޭގައި އުފެދުނު އެންމެ ވަރުގަދަ ރެޕް ގެ ލަސްކަރު ސިމްބޮލިކްސް ރިކޯޑްސް އަށް ކޮށްފައިވާ ދޮގު ތުހުމަތަކަށް ބާރު ލިބޭ ގޮތަށް ވާހަކަދައްކާފައިވާތީ އޮންލައިން ސްޓްރީމިން ޕުލެޓްފޯމް ލަވަފޮށިން މައާފަށް އެދުމަށް ސިމްބޮލިކް ރިކޯޑްސް އިން އަންގައިފިއެވެ.

ސިމްބޮލިކް އިން މިފަދައިން އަންގާފައިމިވަނީ ސިމްބޮލިކްސް އަށް އަމާޒުކޮށްގެން ބޮޑެތި ތުހުމަތި ތަކަކާއެކު ދޯ އެމްވީ ގައި މިއަދު ސާއިޢު ކޮށްފައިވާ ލިޔުމަކާއި ގުޅިގެން އެކަމަށް ބާރު ލިބޭ ގޮތަށް ލަވަފޮށިން ވާހަކަ ދެއްކުމާއި ގުޅިގެނެވެ.

އެގޮތުން ދޯ އެމްވީ އިން ސާއިޢު ކޮށްފައިވާ ލިޔުމުގައި, ކުރީގެ ލަވަކިޔުންތެރިޔާ އަލީ ރަމީޒް ގެ ލަވަތަށް ވައްޓާލުމަށްފަހު ސިމްބޮލިކް އިން ލަވަފޮށީގައި ރަސްކަން ކުރަން ފަށާފައިވަނީ މަކަރާއި ހީލަތުން ކަމަށްވަނީ ތުހުމަތު ކޮށްފައެވެ.

މިކަމާއި ގުޅިގެން ސިމްބޮލިކް އިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ދޯ އެމްވީ އިން ދައްކާފައިވާ ވާހަކަތަކަށް ބާރުލިބޭހެން ލަވަފޮށިން ވާހަކަ ދައްކާފައިވާތީ, މިކަމުގެ އަސްލު ހަގީގަތް ހާމަކޮށް މިރޭ 12 ގެ ކުރިން އެކަމަށް މައާފަށް އެދުމަށް އަންގާކަމަށެވެ.

މީގެ އިތުރުން އެބަޔާނުގައި ބުނެފައިވަނީ އެއްވެސް ސަބަބަކާ ހުރެ މައާފަށް އެދި ހަގީގަތް ހާމަކުރެވެން ނެތްނަމަ މާދަމާ 12 ގެ ކުރިން ސިމްބޮލިކްސް ގެ ހުރިހާ އުފެއްދުމެެއް ލަވަފޮށިން ނެގުމަށް އަންގާކަމަށެވެ.

ސިމްބޮލިކުން ޕްލޭ ކައުންޓް އޮޅުވާލައި މަކަރު ހެދި ކަމަށް ތިހުމަތު ކުރާއިރު, ސިމްބޮލިކަށް ގިނަ އަދަދަކަށް “ޕްލޭ ކައުންޓް” ލިބިފައިވަނީ ހަމައެކަނި ލަވަފޮށީގައި އެކަނި ނޫންކަން ފާހަގަކުރެވެއެވެ.

ވަރަށް ގަދަ
13%ވަރަށް ގަދަ 7%ވަރަށް ގަޔާވޭ 65%ބޮޑު ޖޯކެއް 3%ހައިރާންވެއްޖެ 3%ވަރަށް ދެރަ 8%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

One Response

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: