ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ގައުމިއްޔަތެއް އުފަންވެގެން އަންނަނީ ވޭނުގައި ހުރި މީހާއާ މެދު އަމަލުކުރާ ގޮތުގެ މައްޗަށް: ނަޝީދު

ވޯކްޝޮޕް ފެށުމުގެ ރަސްމިއްޔާތުގައި ރައީސް ނަޝީދު ވާހަކަފުޅު ދައްކަވަނީ
ޝެއާރކޮށްލާ ކަހަލަދޯ؟

ގައުމިއްޔަތެއް އުފަންވެގެން އަންނަނީ ނިކަމެތި، ވޭނުގައި ހުރި މީހާއާ މެދު އަމަލުކުރާ ގޮތުގެ މައްޗަށްކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ތެލެސީމިއާ ސެންޓަރާއި ރައްޔިތުންގެ މަޖިލީހުގެ އިޖްތިމާއީ ކޮމިޓީ ގުޅިގެން ރާއްޖޭގެ ތެލަސީމިޔާ ކެއަރގެ ހާލަތު ދިރާސާކުރުމަށް ކުރިއަށްގެންދާ ވޯކްޝޮޕް ފެށުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ނަޝީދު ވިދާޅުވީ މިވޯކްޝޮޕް ބާއްވަނީ އުންމީދަކާއި އެކުގައި ކަމަށެވެ. އަދި މަސައްކަތް ކުރަމުންދާނީ އުންމީދު ނުގެއްލޭ ފަދަ ގޮތަކަށް ކަމަށާއި ބޭނުމަކީ މިބަލީގައި އުޅެންޖެހިފައިވާ އާއިލާތަކަށް ގޮތްތަކެއް ހޯދައިދިނުންކަމަށް ވިދާޅުވިއެވެ. ތެލެސީމިޔާ ބަލީގައި އުޅެމުންދާ މީހުންގެ ހާލަތަކީ ގިނަ މީހުންނަށް ވަޒަންކުރެވޭނެ އެއްޗެއް ނޫންކަމަށާއި ފެންނާނީ ހަމައެކަނީ މީހުން އުޅެމުންދާ ގޮތް ކަމަށެވެ.

ވޯކްޝޮޕް ފެށުމުގެ ރަސްމިއްޔާތުގެ ތެރެއިން

އިޖްތިމާއީ ކޮމިޓީގެ މުގައްރިރު އަހުމަދު އީސާ ނިސްބަތްވާ ރަށުގެ ހަސަން ގާސިމަކީ މުޅި ރާއްޖެއަށްވެސް މަޝްހޫރު ހަކީމެއްކަން ފާހަގަކުރައްވާ، ރައީސް ނަޝީދު ވިދާޅުވީ ސިޔާސީ މީހުންނާއި ހަކީމުންނާއި ގުޅިފައިވާކަމަށެވެ. އެގޮތުން ސިޔާސީ މީހުންނަށް މީހުން އުޅޭ ގޮތް ފެނި، ތަންތަނަށް ވަންނަންޖެހޭ ކަމަށާއި މީހުންނާއި ބައްދަލުވެ މީހުންގެ ޝަކުވާތައް އަޑުއަހަންޖެހޭ ކަމަށެވެ. އެއީ ބޭނުންވާ ގޮތް ކަމަށާއިއެއީ މަޖިލިސް ހިނގަންޖެހޭ ނިޒާމްކަމަށް ވިދާޅުވިއެވެ.

އަމާޒަކީ އެކުގައި މަސައްކަތޮކޮށްގެއް ހައްލެއް ނުވަތަ އުންމީދެެއް ހޯދުން

ރައީސް ނަޝިދުގެ ވާހަކަފުޅުގައި އެމަނިކުފާނުގެ އެކުވެރިން އަދި ތިމާގެ ބޭފުޅުން ތެރޭގައިވެސް ތެލަސީމިޔަ ޕޭޝަންޓުން ހިމެނެއެވެ. އަދި އޭގެތެރެއިިން މީހެއްގެ މިސާލު ދައްކަވާ އެމީހާއަކީ މިހާރު ޑޮކްޓަރެއް އަދި މިޔުޒިކް ކުޅޭ މީހެއްކަމަށް ވިދާޅުވިއެވެ. އެއީ ދުނިޔެ ދޫކޮށްލި ނުވަތަ ދޫކޮށްލުމުގެ ކުޑަވެސް ހިޔާލެއް ހުރި މީހެއް ނޫންކަމަށް ވިދާޅުވިއެވެ.

ކޮވިޑް-19ގެ ދުވަސްވަރު އިޖްތިމާއީ ކޮމިޓީއަށް އެތައް ޝަކުވާއެއް އުފުލިގެންދިޔަކަން މަޖިލީހުގެ ރައީސް ފާހަގަކުރެއްވިއެވެ. އެގޮތުން، ލޭ ލިބުން ދަތިވާ ވާހަކައާއި ލޭ ފޯރުކޮށްނުދެވޭ ވާހަކަ އާއި ބްލަޑް ބޭންކުން ލޭ ހުސްވާ ވާހަކަ އަޑު އިވިގެންދިޔަކަމަށް ރައީސް ނަޝިދު ވިދާޅުވިއެވެ. އަދި އިޖުތިމާއީ ކޮމިޓީގެ މުގައްރިރު، ކެނދިކުޅުދޫ ދާއިރާގެ މެމްބަރު މަސައްކަތް ކުރައްވަމުން އެގެންދަވަނީ ސަރުކާރާއި އެކުގައި ވާހަކަ ދައްކަވައިގެން މިކަންކަމަަށް ހައްލު ހޯދުމަށް ކަމަށް ވިދާޅުވިއެވެ.

ރައީސް ނަޝީދުގެ ވާހަކަފުޅުގައި، ތެލެސީމިޔާ ސޮސައިޓީއިން ކުރައްވަމުން ގެންދަވާ މަސައްކަތް ފާހަގަކުރައްވައި، ކުރައްވަމުން އެގެންދަވަނީ ވަރަށް މުހިންމު އިޖްތިމާއީ އަދި އިންސާނިއްޔަތަށް މުހިންމު މަސައްކަތެއްކަމަށް ވިދާޅުވިއެވެ. އަދި ސޮސައިޓީގެ ޗެއާޕާސަން ޖީހާން ސަލީމަށް ވަނީ ވަރަށް ބޮޑަށް ޝުކުރު އަދާކުރައްވާފައެވެ.

 

ވަރަށް ގަދަ
0%ވަރަށް ގަދަ 100%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: