ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ކޮވިޑް-19: 29 މިލިއަން މީހުން ރަނގަޅުވެއްޖެ

އިންޑިއާ އިން އުފައްދާ ކޮވިޑް ވެކްސިން މިއަހަރު ފަހުކޮޅު ބާޒާރަށް ނެރެނީ
ޝެއާރކޮށްލާ ކަހަލަދޯ؟

ކޮވިޑް-19 އަށް ޕޮޒްޓިވްވި މީހުންގެ ތެރެއިން 29 މިލިއަން މީހުން ބަލިން ރަނގަޅުވެއްޖެ އެވެ.

ބަލިން ރަނގަޅުވީ މީހުންގެ އަދަދު 28 މިލިއަނުން 29 މިލިއަނަށް އަރާފައި ވަނީ މިދިޔަ ހަފްތާއެއްހައި ދުވަސް ތެރޭގައެވެ.

މިހާތަނަށް މި ބަލިން ރަނގަޅުވީ މީހުންގެ ޖުމްލަ އަދަދު މިހާރު އުޅެނީ 29,016,404 ގައެވެ.

ދުނިޔެއިން ބަލި ޖެހުނު މީހުންގެ ޖުމްލަ އަދަދު މިހާރު ވަނީ 38 މިލިއަނަށް އަރާފައެވެ.

ކޮވިޑް-19 ޖެހިގެން ދުނިޔެއިން މަރުވާ މީހުންގެ އަދަދުވެސް ފަހަކަށް އައިސް އަންނަނީ އިތުރުވަމުންނެވެ. މިގޮތުން މިހާތަނަށް ދުނިޔެއިން މިލިއަނަކަށްވުރެ ގިނަ މީހުން މަރުވެފައި ވެއެވެ.

ފަހުގެ މަޢުލޫމާތުތަކަށް ބަލާއިރު، މިވަގުތު ދުނިޔޭގައި ކޮވިޑަށް ފަރުވާދެމުން ދަނީ ހަތް މިލިއަން މީހަކަށެވެ. މީގެ ތެރެއިން 69,000 އަށްވުރެ ގިނަ މީހުންގެ ހާލު ސީރިއަސް ކަމަށް އިދާރާތަކުން ބުނެއެވެ.

 

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: