ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ބަޖެޓުގައި ނެތް ކަންކަމަށް ގާތް ބޭފުޅުން ވިދާޅުވެގެން ފިނޭންސް މިނިސްޓަރު ޚަރަދުރޭ: އަފީފް

ވިލިފުށީ ދާއިރާގެ މެންބަރު ހަސަން އަފީފް
ޝެއާރކޮށްލާ ކަހަލަދޯ؟

ގާތް މެންބަރުން ވިދާޅުވުމުން ދައުލަތުގެ ބަޖެޓުގައި ނެތް ކަންތައްތަކަށް ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ހަރަދު ކުރައްވާ ކަމަށް ވިލުފުށީ ދާއިރާގެ މެންބަރު ހަސަން އަފީފު ވިދާޅުވެއްޖެއެވެ.

ބުދަ ދުވަހު އޮތް ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ވާހަކަ ދައްވަމުން އަފީފް ވިދާޅުވީ ރާއްޖޭގެ ރަށްރަށުގެ ކަރަންޓުގެ ހިދުމަތް އިއާދަ ކުރަނަވި ހަކަތައަށް ބަދަލުކުރުން ފަދަ ކަންކަން ބަޖެޓު ކަނޑައެޅިފައިވިޔަސް މިހާރު ފެންނަނީ އެއަށްވުރެ ކަންބޮޑުވާ ކަންތަކެއް ކަމަށެވެ.

އަފީފް ވަނީ ބަޖެޓުގައި ކަނޑައެޅިފައި ނުވާ ކަންކަމަކަށް ހަރަދު ކުރުމަށް ފިނޭންސް މިނިސްޓަރަށް ހުއްދަ ދީފައިވަނީ ކޮން ގާނޫނަކުންތޯ ސުވާލު އުފައްދަވާފައެވެ.

ކޮންޓިންޖެންސީ ކޮމްޕޯނަންޓެއް ކޮންމެ ބަޖެޓެއްގައިވެސް އޮންނަ ކަމަށާއި އެހެންނަމަވެސް އެއީ ބޭނުން ގޮތަކަށް ހަރަދުކުރަން ދީފައި އޮންނަ ކޮމްޕޯނަންޓެއް ނޫން ކަމަށް އަފީފް ވިދާޅުވިއެވެ.

އަފީފް ވިދާޅުވީ ކޮންޓިންޖެންސީ ކޮމްޕޯނަންޓަކީ ބަޖެޓްގައި ކަނޑައަޅާފައި އޮންނަ ކަންތައްތަކަށް ހަރަދު ކުރާއިރުގައި މަދުވާ ފައިސާ ބޭނުންވެއްޖެ ހިނދެއްގައި، ނުވަތަ އިމަޖެންސީ ކަމެއްގައި ބޭނުން ކުރަން އޮންނަ އެއްޗެއް ކަމަށެވެ.

ރާއްޖޭގެ ގޮނޑުދޮށްތައް ގިރަމުންދާއިރު ރަށްރަށުގައި، އެކަމަށް މަސައްކަތް ނުކޮށް ރަށްރަށުގެ މަގުގައި ތާރުއަޅަން ބަޖެޓުގައި ނެތީސް ފައިނޭންސް މިނިސްޓަރު ފައިސާ ދޫކުރަނީ ގާތް މެންބަރަކު ވިދާޅުވެގެން ކަމަށެވެ.

“ފިނޭންސް މިނިސްޓަރަށް ކޮން ގާނޫނަކުންތޯ ހުއްދަ ދީފަ އޮތީ ބަޖެޓުގައި ކަނޑަ ނޭޅޭ ކަމަކަށް ހަރަދުކުރަން، ކޮންޓިންޖެންސީ ކޮމްޕޯނަންޓެއް ކޮންމެ ބަޖެޓެއްގައިވެސް އޮވޭ، އެހެންނަމަވެސް އެއިއްޔަކީ މިބުނާގޮތަށް ހަރަދުކުރަން ދީފައި އޮންނަ ކޮމްޕޯނަންޓެއް ނޫން” އަފީފް

މަޖިލީހުގެ ޖަލްސާގައި އަފީފް މިހެން ވިދާޅުވިއިރު، ބިން ބޮޑު ފޮނަދޫގެ މަގު ހެދުމުގެ ފޭސް 2 ޕްރޮޖެކްޓް ހިންގުމަށްވުރެ ބިމުގެ ގޮތުން މާބޮޑު ތަނުން ކުޑަ އަދި ބަޖެޓްގައި ހިމެނިފައިނުވާ ދުވާފަރުގެ މަގުހެދުމުގެ ޕްރޮޖެކްޓަށް އިސްކަންދޭންޖެހުނީ ކީއްވެގެން ތޯ އާއި ކޮވިޑް-19 ގެ ސަބަބުން ޕްރޮޖެޓްތަކުގައި ސޮއި ކުރުން މަޑު ޖައްސާލައިފައިވާ ވަގުތެއްގައި 37,871,786.00 ރުފިޔާ ހަރަދު ކުރާގޮތަށް އިސްކަމެއްދީގެން ބަޖެޓްގައި ހިމެނިފައިނުވާ ޕްރޮޖެކްޓެއްގައި ސޮއި ކުރަން ޖެހުނު ސަބަބަކީ ކޮބައިތޯ އާއި އަދި ބަޖެޓްގައި ހިމެނިފައިނުވާ ޕްރޮޖެކްޓްތަކުގައި ސޮއި ކުރުމުގައި އަމަލު ކުރަމުން އަންނަ ގޮތާއި އެކަން ކުރާ އުސޫލާއި ގުޅޭގޮތުން ސުވާލު ކުރުމަށް  ފޮނަދޫ ދާއިރާގެ މެމްބަރު މޫސާ ސިރާޖު މައްސަލައެއްވެސް ހުށަހަޅުއްވާފައިވެއެވެ.

ސިރާޒު، މިނިސްޓަރު އަމީރާ ކުރައްވަން ހުށަހެޅި ސުވާލަކީ “ލ. ފޮނަދޫ މަގު ހެދުން -ފޭސް 2” ޕްރޮޖެކްޓްގައި ސޮއި ނުކުރެވި އޮވެ، 2020 ވަނަ އަހަރުގެ ދަޢުލަތުގެ ބަޖެޓްގައި ހިމެނިފައި ނުވާ ދުވާފަރުގެ މަގު ހެދުމުގެ ފޭސް 2 ގެ ޕްރޮޖެކްޓްގައި ސޮއި ކުރީ ކުރަން ހުއްދަ ދެއްވީ ކޮން އުސޫލަކުންތޯ އާއި އަދި ދުވާފަރު މަގު ހެދުމުގެ ޕްރޮޖެކްޓް ފޭސް 2 ގައި ސޮއި ކުރަން ހުއްދަ ދެއްވި ސަބަބަކީ ކޮބައިތޯ އާއި ބަޖެޓްގައި ހިމެނިފައިނުވާ ޕްރޮޖެކްޓްތަކުގައި ސޮއި ކުރުމުގައި އަމަލު ކުރަމުން އަންނަ ގޮތާއި އެކަން ކުރާ އުސޫލަކީ ކޮބައިތޯ އޮޅުންފިލުވުމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: