ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ތިމާވެށީގެ މަދަކީ އިންސާފް، ތިމާވެށި ހިމާޔަތްކުރުމަށް ރައީސް ޔާމީންގެ މައްޗަށް އިންސާފުވެރި ޝަރީއަތެއް ބޭނުންވޭ: ސައީދު

މެމްބަރު މުހައްމަދު ސައީދާއި ރައީސް އަބްދުﷲ ޔާމީން
ޝެއާރކޮށްލާ ކަހަލަދޯ؟

ތިމާވެށި ހިމާޔްތްކުރުމަށް ސަރުކާރުން ކުރާ މަސައްކަތްތަކުގެ އަސްލު ނަތީޖާ ފެންނާނީ، ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް އިންސާފުވެރި ޝަރީއަތެއް ހިންގިގެންކަމަށް މާވަށު ދާއިރާގެ މެމްބަރު މުހައްމަދު ސައީދު ވިދާޅުވެއްޖެއެވެ.

ޖައްވަށް ދޫކުރާ ވިހަ ގޭސް މަދުކޮށް، އިޔާދަކުރަނިވި ހަކަތައަށް ބަދަލުކުރުމަށް ކުރާ މަސައްކަތް އަވަސް ކުރުމަށް ގޮވާލާ މަޖިލީހަށް ހުށައަޅާފައިވާ މައްސަލައަށް ބަހުސް ކުރައްވަމުން ސައީދު ވިދާޅުވީ، ތިމާވެށި ރައްކާތެރިކުރުމަކީ ފެހި ޕޯސްޓެއްގެ ފަހަތުގައި ފަރުތައް ހަލާކު ކުރުން ނޫންކަމަށެވެ. އަދި ގުޅިފަޅު ހަލާކުކުރަމުންދާ ކަމަށާއި އެކަމުގައި މުޅި މާލެ ސަރަަހައްދު ހަޑިކޮށްލާކަމަށް ސައީދުު ވިދާޅުވިއެވެ.

ސައީދު ވިދާޅުވީ، ތިލަފުށްޓަށް ޕޯޓު ބަދަލުކުރުމުން އިގްތިސާދީ ގޮތުން އަދި ތިމާވެށީގެ ގޮތުންވެސް މާ ފައިދާވާކަން އެތައް ދިރާސާއަކުން ހާމަވާކަމަށެވެ. އަދި ތިލަފުށީގެ ބަދަލުގައި ގުޅިފަޅަށް ޕޯޓު ބަދަލުކުރުމުން 50 އެތައް މިލިޔަން އެމެރިކާ ޑޮލަރު އިތުރަށް ހަރަދުވަމުންދާކަމަށް ސައީދު ވިދާޅުވިއެވެ.

ފަސް އަހަރު ތެރޭ 19 އަތޮޅަށް ކުރާނެ ހަރަދު ހަމައެކަނި މާލެއިން ވިލިގިއްޔަށް ގުޅާލުމަށް އެބަ ހަރަދުކުރޭ. 500 މިލިއަން އެމެރިކާ ޑޮލަރު މިކަމަށް އެކަނިވެސް އެބަ ހަރަދުކުރޭ. އެއަަށްވުރެ ވަކިން ބޮޑު އިސްރާފެއް ދައްކަވާ ބައްލަވާ

2018 ވަނަ އަހަރު ވެރިކަމަށް އައުމަށް ދެއްކެވި ވާހަކަތަކަކީ މާލެއަށް ކޮންކްރީޓާއި ސިމެންތިގެންނަ ވާހަކަތައް ކަމަށާއި އެކަމަކު ވެރިކަމަށް ދެއަހަރު ނުވާއިރު، ކަނޑަށް 200 މިލިއަން އެމެރިކާ ޑޮލަރު އަޅަން ފަށައިފިކަމަށް ސައީދު ވިދާޅުވިއެވެ. އެންމެ ފުރަތަމަވެސް އޮތީ ކޮރަޕްޝަންކަމަށް ވިދާޅުވިއެވެ.

ސައީދުު ވިދާޅުވީ، ތިމާވެށިގެ ހަގީގީ މަގުސަދަކީ އިންސާފްކަމަށެވެ. އެގޮތުން ސިނާއަތްތަކުގެ އިންސާފާއި އިގްތިސާދީ އިންސާފާއި އާންމު ފަރުދުންގެ އިންސާފު މުހިންމުކަމަށް ވިދާޅުވިއެވެ. އަދި އިންސާފު ނެތްކަމުގައިވާނަމަ، ތިމާވެށި ރައްކާތެރިކުރަން ކުރާ މަސައްކަތުގައި ލިބޭނެ މަންފާއެއް ނޯންނާނެކަމަށް ވިދާޅުވިއެވެ.

ތިމާވެށި ހިމާޔަތްކުރުމަށް ކުރާ މަސައްކަތްތަކުގެ ނަތީޖާ ބޭނުންނަމަ، ޖޭއެސްސީ އިން  ރައީސް ނަޝީދު އިސްތިއުފާ ދެއްވައި ރައީސް ޔާމީންގެ ޝަރީއަތް އިންސާފުވެރިކަމާއެކު ހިންގުމަށް ފުރުސަތު ދެއްވަންޖެހޭކަމަށް ސައީދު ވިދާޅުވިއެވެ. ރައީސް ނަޝީދު ޖޭއެސްސީގައި އިންނަވައިގެން ރައީސް ޔާމީނަށް އަދި ރައްޔިތަކަށްވެސް ލިބޭނެ އިންސާފެއް ނޯންނާނެކަމަށް ސައީދު ވިދާޅުވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: