ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އެމްޓީސީސީއިން ނެއްލައިދޫ ބަނދަރު ތަރައްގީ ކުރުމުގެ މަޝްރޫއުގެ ބޮޑު ބައެއް ނިންމާލައިފި

ނެއްލައިދޫ ބަނދަރު ތަރައްގީ ކުރުމުގެ މަޝްރޫއުގެ ތެރެއިން: ފޮޓޯ: އެމްޓީސީސީ
ޝެއާރކޮށްލާ ކަހަލަދޯ؟
ހދ. ނެއްލައިދޫ ބަނދަރު ތަރައްގީ ކުރުމުގެ މަޝްރޫއުގެ ތެރެއިން ފަޅު ފުންކުރުމުގެ މަސައްކަތުގެ ބޮޑު ބައި ނިމިފައިވާ ކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮންޕެނީ، (އެމްޓީސީސީ) އިން ހާމަކޮށްފިއެވެ.
މަޝްރޫއު ކުރިޔަށް ދާ ގޮތާއި ބެހޭ މައުލޫމާތުތައް މީޑިއާތަކާއި ހިއްސާކޮށް އެމްޓީސީސީން ބުނެފައިވަނީ، ނެއްލައިދޫ ބަނދަރު ތަރައްގީ ކުރުމުގެ 38 އިންސައްތަ މަސައްކަތް ނިންމާލެވިފައިވާއިރު، އޭގެ ތެރެއިން ބަނދަރު ފުން ކުރުމުގެ މަސައްކަތުގެ 50 އިންސައްތަ މަސައްކަތް ނިމިފައިވާ ކަމަށެވެ.
އެމްޓީސީސީން ބުނެފައިވާ ގޮތުން އެ މަޝްރޫއުގައި 22،860 ކިއުބިކް މީޓަރުގެ ސަރަހައްދެއްގެ ފަޅު ފުންކުރާނެއެވެ. އަދި ކުރިން ފުންކޮށްފައިވާ 10،294 ކިއުބިކް މީޓަރުގެ ސަރަހައްދެއްގެ ފަޅު އަލުން ފުންކުރުމުގެ މަސައްކަަތް ވެސް ކުރިޔަށް ގެންދާނެ ކަމަށް އެ ކުންފުނިން ވަނީ ބުނެފައެވެ.

މީގެ އިތުރުން މަޝްރޫއުގެ މަސައްކަތްތަކުގެ ތެރޭގައި ހިމެނޭ، 164 މީޓަރުގެ ސަރަހައްދެއްގައި ބޭރު ތޮށި ލުމާއި، 224 މީޓަރުގެ ސަރަހައްދެއްގައި އެއްގަމު ތޮށި ލުން އަދި 2,102 އަކަމީޓަރުގެ ސަރަހައްދެއްގައި ޕޭވްމަންޓް ހެދުން ހިމެނޭ ކަމަށް އެމްޓީސީސީން ބުނެ އެވެ.

ޕްލޭނިން އެންޑް ހައުސިން މިނިސްޓްރީއިން އެމްޓީސީސީއާ ހަވާލުކޮށްގެން ކުރިއަށް ގެންދާ މި މަޝްރޫއުއަކީ 47.62 މިލިއަން ރުފިޔާގެ މަޝްރޫއެކެވެ. އަދި މަސައްކަތް ކުންފުންޏާއި ހަވާލު ކުރެވިފައި ވަނީ 27 ފެބްރުއަރީ 2020 ގައެވެ.

 

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: