ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އަދީބު ކުރައްވަމުން އެ ގެންދަވަނީ ގައުމީ މަސައްކަތެއް: ދޮންބިލެތް

ޝެއާރކޮށްލާ ކަހަލަދޯ؟

ކުރީގެ ނައިބް ރައީސް އަހުމަދު އަދީބު ކުރައްވަމުން ގެންދަވަނީ ގައުމީ މަސައްކަތެއްކަމަށް ބިލެތްދޫ ދާއިރާގެ މެމްބަރު އަހުމަދު ހަލީމް ވިދާޅުވެއްޖެއެވެ.

މަޖިޅިހުގެ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ހަލީމް ވިދާޅުވީ، އަދީބު ގޭގައި ބަހައްޓައިގެން ބޭސް ފަރުވާ ކޮށްދީގެން އަދި ފުރާނަ ސަލާމަތްކޮށްދީގެންވެސް މިއަދު އަދީބަށް އެނގޭ ހުރިހަ މައުލޫމާތެއް ހޯދަން ޖެހޭ ކަމަށެވެ. އަދީބު ހުންނެވީ މިގައުމަށްޓަކައި ހުރިހާ ވާހަކައެއް ކިޔައިދިނުމަށް ތައްޔާރަށް ކަމަށް ވިދާޅުވިއެވެ. އަދި އެގެންދަވަނީ ހުރިހާ ވާހަކައެއް ކިޔައިދެމުން ކަމަށާއި އެމްއެމްޕީއާރުސީގެ މައްސަލާގައި ދައުލަތް ކާމިޔާބު ހޯއްދަވައިފިކަމަށް ވިދާޅުވިއެވެ.

އެމްއެމްޕީއާރުސީގެ މައްސަލާގައި ދައުލަތް ކާމިޔާބު ހޯއްދަވައިފި. ވައްކަމުގެ އާރުކާޓީ އަދީބާއި ރައީސް ޔާމީން އޮންނަވާނީ ޖަލުގައި. އެއީ އަޅުގަނޑުމެން އަތްބާނައިގެން ކުރި ކަމެއް ނޫން. މުޅި ދުނިޔެއަށް ލައިވް ޓެލެކާސްޓްކޮށްގެން އެޝަރީއަތް ކުރިއަށް ގެންދިޔައީ

އަދީބަށް އަންނަން އޮތް 800 އަހަރުގެ ޖަލު ހުކުމް 20 އަހަރަށް ބަދަލުކޮށްފައިވަނީ ބޭރު ގައުމުތަކުގައިވެސް ބޮޑެތި ކުށްވެރިންނާއެކު އެއްބަސްވުން ހެދުމަށްފަހު ލުއި ދޭ އުސޫލުންކަމަށް ވިދާޅުވިއެވެ. އަދީބު ވަނީ ވައްކަން ކުރުމަށްފަހު، އަމިއްލައަށް ކުށަށް އިއުތިރާފްވެ، މައާފަށް އެދިފައި ކަމަށާއި، މިހާރު އަދީބު ކުރައްވާ މަސައްކަތަކީ ގައުމީ މަސައްކަތެއްކަމަށް ވިދާޅުވިއެވެ.

އެހެންނަމަވެސް، ހިތާމައަކީ ރައީސް ޔާމީނަށް ލުއި ހޯއްދަވަން އިދިކޮޅު ކޯލިޝަނުން މަސައްކަތް ނުކުރާތީ ހިތާމަކުރައްވާ ކަމަށެވެ. އިދިކޮޅު ކޯލިޝަނަށްވެސް މިމައްސަލާގައި ހުކުމް ކުރީ ރަނގަޅަށް ކަމަށް އެނގޭ ކަމަށާއި ދުނިޔޭގެ އެއްވެސް ޖަމިއްޔާއަކުން ހުކުމް ކުރިގޮތާއި ދެކޮޅަށް ބަހެއް ނުބުނަނީ އެހެންވެކަމަށް ވިދާޅުވިއެވެ.

ވެރިކަމުގައި ތިބެގެން ވައްކަން ކުރިއިރު، މުޅި ދައުލަތާއި މިނިވަން މުއައްސަސާތައް ޝާމިލުކޮށްގެން ވައްކަން ކުރުމުން އެކަން ނުބެލޭނެކަމަށް އެބޭފުޅުން ހީކުރި ކަމަށާއި އެހެންނަމަވެސް، އެމްޑީޕީގެ ހިކުމަތްތެރިކަން އެއަށްވުރެ ވަރުގަދަކަމަށް ވިދާޅުވިއެވެ. މަޖިލީހުގެ ބައެއް މެމްބަރުންވެސް  ލާރީގައި ޖެހިފައިވާކަމަށް އިއުތިރާފުވާ ކަމަށާއި އެހެންނަމަވެސް 90 އިންސައްތަ މެމްބަރުން ފައިސާގައި ނުޖެހޭކަމަށެވެ. އަދި ތުހުމަތުކުރެވޭ ބޭފުޅުންގެ ލިސްޓުގައި އެބޭފުޅާގެ ނަންވެސް، ރައީސް ނަޝީދު އަދި ރައީސް އިބްރާޙިމް މުހައްމަދު ސޯލިހުގެ ނަންފުޅުވެސް ނެތްކަމަށާއި އެކަން ތަހުގީގުކުރަން އެއްވެސް ހުރަހެއް ނުވަތަ ހަސަދަވެރިކަމެއް ނެތްކަމަށް ވިދާޅުވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: