ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ވައްކަންކުރި މީހުންނަށް އަދަބުދިނުމުގެ ވާހަކަ ދައްކަން މިހާރު ކުޑަކޮށް ލަދުގަނޭ: އީވާ

ރައްޔިތުން މަޖިލިހުގެ ނައިބު ރައީސް އަދި ގަލޮޅު އުތުރުދާއިރާގެ މެންބަރު އީވާ ޢަބްދުﷲ ---- ފޮޓޯ: މަޖިލިސް
ޝެއާރކޮށްލާ ކަހަލަދޯ؟

ނުޙައްގުން މުއްސަދިކަން ހޯދާ ދައުލަތުން ވައްކަންކުރި މީހުންނަށް އަދަބު ދިނުމުގެ ވާހަކަ ދައްކަވަން “މިހާރު ކުޑަކޮށް ލަދުގަންނަ” ކަމަށް ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު އުތުރު ދާއިރާގެ މެންބަރު އީވާ އަބްދުﷲ ވިދާޅުވެއްޖެއެވެ.

އަންގާރަ ދުވަހު އޮތް ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ގާނޫނުލްއުގޫބާތަށް އިސްލާހު ހުށައެޅުމުގެ ބިލުގެ ބަހުސްގައި ވާހަކަ ދައްކަވަމުން އީވާ ވިދާޅުވީ ނުހައްޤު މުއްސަދިކަން ހޯދުމަކީ ކުރީ ސަރުކާރުގައި ފަސް އަޅާ ފޮރުވާފައި އޮތް ކަމެއް ކަމަށެވެ.

އީވާ ވިދާޅުވީ މިހާރު ކުރަމުންދާ މަސައްކަތަކީ އެ ފަސް ނެގުމުގެ މަސައްކަތް ކަމަށާއި އަދިވެސް އެމްޑީޕީގެ އަމާޒަކީ ވައްކަމެއްކޮށްފައި އޮތިއްޔާ އެކަން ފޮރުވަން ފަސް އެޅުމުގެ ބަދަލުގައި އެކަންކަން ހާމަކުރުމުގެ ނިޔަތުގައި މަސައްކަތް ކުރުން ކަމަށެވެ.

އީވާ ވިދާޅުވި ގޮތުގައި ނުހައްގު މުއްސަދިކަން ހޯދި މީހުންނަށް އަދަބު ދިނުމުގެ ވާހަކަ ދައްކަވަން މިހާރު ބައެެއް ބޭފުޅުން ލަދުގަނެއެވެ. އަދި އޭގެ ސަބަބެއްގެ ގޮތުން އީވާ ފާހަގަކުރެއްވީ، ނުހައްޤު މުއްސަދިކަން ހޯދި މީހުންނަށް އަދަބު ދިނުމުގެ ވާހަކަ އޭނާ އެކަނި ވެސް 19 ވަނަ މަޖިލީހުގައި ތިން ވަނަ ފަހަރަށް ދައްކަވަން ޖެހުމެވެ.

“އިއްޒަތްތެރި ރައީސް އަޅުގަނޑުގެ ކުރިން ވާހަކަ ދެއްކެވި އެމްޑީޕީގެ އެހެން މެންބަރުންވެސް ވިދާޅުވި ފަދައިން އަޅުގަނޑުވެސް އެބަ ދަންވަންޖެހޭ މިހާރު ކުޑަކޮށް އެބަ ލަދުގަނޭ މިވާހަކަ ދައްކަން، ނުހައްގުން މުއްސަދިކަން ހޯދި މީހުންނަށް އަދަބު ދިނުމުގެ މުހިއްމުކަމުގެ ވާހަކަ އަޅުގަނޑު މި ނަވާރަ ވަނަ މަޖިލީހުގައި ދައްކާތާ މީ ތިންވަނަ ފަހަރު، މިވާހަކަ ދައްކަން ލަދުގަންނަނީ އަޅުގަނޑުމެނަށް ސަރުކާރު ލިބިއްޖެ، މަޖިލިސް ލިބިއްޖެ، އެކަމަކު ނަތީޖާއެއް ނުނެރެވުނު، އެކަމަކު ލަދުގަންނަން ޖެހުނަސް މިވާހަކަ ދައްކާނަން” އީވާ

މީގެ އިތުރުން އީވާ ވިދާޅުވީ ކުރީ ސަރުކާރުން ހިންގި ވައްކަންތަކާއި ޚާއްސަކޮށް އެމްއެމްޕީއާރުސީގެ ވާހަކަ ދައްކަންޖެހެނީ ވައްކަންކުރި މީހުންނާއި އަދި ވައްކަން ނުކުރާ މީހުން ރައްޔިތުންނަށް އެގެންޖެހޭތީ ކަމަށެވެ. ވެރިކަމުގައި ތިބެ ވައްކަންކުރީ ކޮންބައެއްކަން ނޭގޭނަމަ ހުރިހާ އެންމެނާ ދިމާލަށް އިނގިލި ދިއްކުރެވޭނެ ކަމަށް އީވާ ވިދާޅުވިއެވެ.

އިވާ ވިދާޅުވީ 444 ރުފިޔާއެއްގެ މައްސަލަ އެންޓިކޮރަޕްޝަން ކޮމިޝަން (އޭސީސީ) އަށް ވަރަށް އަވަހަށް ނިންމާލެވޭ ކަމަށެވެ. އަދި އެއީ ވަރަށް ބޮޑު މައްސަލައެއްގެ ގޮތުގައި ވެސް އޭސީސީން ބަލާ ކަމަށް އީވާ ވިދާޅުވިއެވެ.

އީވާ ވިދާޅުވީ އަމިއްލަ ފަރާތަކުން ފާހަނާބަރިއެއް އެޅުމަށް ދައުލަތައް ދިން ފައިސާއެއް ބޭނުންކުރުމުން ވަގުތުން އެ މައްސަލަ އޭސީސީއަށް ބެލުނުއިރު، ރަނގަޅަށް ބަޔަކު ވައްކަމެއް ކޮށްފިއްޔާ އެމައްސަލައެއް މިދިޔަ އެއް އަހަރު ދުވަހުވެސް ބެލިފައިނުވާ ކަމަށެވެ.

“ރަނގަޅަށް މޮޅަށް އެއް އެކައުންޓުން އަނެއް އެކައުންޓަށް ވައްކަންކުރާ މީހުން މޮޅަށް މިހިންގާލާ ޖަރީމާތަކެއް އޭސީސީއަކަށް ނުބެލޭ، މިލިއަނުން މިލިއަނުންކުރާ ވައްކަންތަކެއް އޭސީސީއަކަށް ބަލާކަށް ނޭގުނު، ކޮންމެވެސް ހުއްޖަތެއް އެބަދައްކާ އެކަންކަން ނުބަލަން” އީވާ

ނުހައްގު މުއްސަނދިކަން ކުށަކަށް ހަދަން ސަރުކާރުގެ ފަރާތުން ފޮނަދޫ ދާއިރާގެ މެންބަރު މޫސާ ސިރާޖު ގާނޫނުލްއުގޫބާތަށް ހުށަހަޅާފައިވާ އިސްލާހުގެ ބަހުސްގައި އެމްއެމްޕީއާރުސީގެ ހިޔާނާތުގައި ދައުވާކޮށް، ގެއްލުނު ފައިސާ އަނބުރާ ހޯދުމުގައި ތަހުގީގީ އިދާރާތައް ފެއިލްވެފައިވާކަމަށް އެމްޑީޕީގެ ގިނަ މެންބަރުން ވަނީ ވިދާޅުވެފައެވެ.

އޭސީސީން ތަހުގީގު ކުރަނީ ކުދި ކުދި މައްސަލަތައް ކަމަށާއި، އެމްއެމްޕީއާރުސީ މެދުވެރިކޮށް ހިންގި ހިޔާނާތާއި އެނޫންވެސް ބޮޑެތި މައްސަލަތައް ނުބެލޭ ކަމަށް މެންބަރުން ވިދާޅުވިއެވެ.

ވަރަށް ގަދަ
29%ވަރަށް ގަދަ 6%ވަރަށް ގަޔާވޭ 12%ބޮޑު ޖޯކެއް 6%ހައިރާންވެއްޖެ 0%ވަރަށް ދެރަ 47%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

One Response

  1. ދޮންބިލެއް މުއްސަނދި ވިގޮތް mdp އިން ބެލުން ވަރަށް މުހިއްމު؟ ދ. އަތޮޅުގެ ދެރަށް އަންނި ވެރިކަމުގަ ދިންގޮތް ބަލަންޖެހޭ؛

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: