ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ބްރޯޑްކޮމްއިން ޒީނާ ވަކިކުރަން ކޮމިޓީން ފާސްކޮށްފި

ބްރޯޑްކާސްޓިން ކޮމިޝަނުން ޒީނާ ވަކިކުރުމުގެ މައްސަލަ އިއުލާންކޮށް، މައްސަލަ ކޮމިޓީއަށް/ ފޮޓޯ: ޕީއެސްއެމް
ޝެއާރކޮށްލާ ކަހަލަދޯ؟
ބްރޯޑްކާސްޓިން ކޮމިޝަނުގެ މެމްބަރު ޒީނާ ޒާހިރު މަގާމުން ވަކިކުކުރަން ރައްޔިތުންގެ މަޖިލީހުގެ ތަޅުމަށް ފޮނުވުމަށް މަޖިލީހުގެ މިނިވަން މުވައްސަސާތަކާއި ބެހޭ ކޮމިޓީން ނިންމައިފި އެވެ.

މިއަދު ބޭއްވި ކޮމިޓީ ބައްދަލުވުމުގައި ޒީނާ މަގާމުން ވަކިކުރަން ފާސްވީ ކޮމިޓީއަށް ހާޒިރުވި ނުވަ މެމްބަރުންގެ ތެރެއިން ފަސް މެމްބަރުންގެ ވޯޓާއެކުގައެވެ.

ޒީނާ ވަކިކުރަން ނިންމާފައިވަނީ މީޑިއާތަކާއިމެދު ތަފާތުކުރުން ގެންގުޅެތީ އާއި ބްރޮޑްކޮމްގެ މެމްބަރުންނަށް މަތި ކޮށްފައިވާ ގާނޫނީ ވާޖިބު އަދާ ނުކުރާކަމަށް ބުނެއެވެ.

މިއަދުގެ ބައްދަލުވުމަށް ޒީނާ ކޮމިޓީއަށް ހާޒިރުކޮށް ބައެއް ކަންތައްތަކާ ގުޅޭގޮތުން ސުވާލުކޮށް މައުލޫމާތު ސާފުކޮށްފައިވެއެވެ. އެގޮތުން ހާޒިރީ އާއި ކުރީ ސަރުކާރުގައި ރާއްޖެ ޓީވީ ޖޫރިމަނާ ކުރުމާ ގުޅޭގޮތުންވެސް ޒީނާއާ ސުވާލުކޮށްފައިވެއެވެ.

ޒީނާ ޒާހިރު ވަކިކުރުމުގެ މަސައްކަތް ފެށުމަށް ކޮމިޓީއަށް ހުށަހެޅުއްވީ ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު މީކާއީލް އަހުމަދު ނަސީމެވެ. އަދި އެ ހުށަހެޅުއްވުމަށް ކޮމެޓީގެ ހަތް މެމްބަރުން ވަނީ ތާއީދު ކުރައްވާފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 100%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: