ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ފާޑުކިޔުންތަކާ އެކު އިކްރާމް، ސާމްޕަލް ނެގި މީހާގެ އަރިހުން މާފަށް އެދިއްޖެ

ޝެއާރކޮށްލާ ކަހަލަދޯ؟

ކޮވިޑް-19 ގެ ސާމްޕަލް ނެގުމުގައި ހަރަކާތްތެރިވި ފަރާތަކަށް ދިއްގަރު ދާއިރާގެ އެމްޑީޕީގެ މެމްބަރު އިކްރާމް ހަސަން ހަމަލާދިން ކުއްޖާ ކައިރިއަށް ދިއުމަށްފަހު އެ ކުއްޖާގެ ކިބައިން މައާފަށް އެދިއްޖެއެވެ.

މާފަށް އެދިފައިވާކަން ހާމަކުރައްވާ އިކުރާމް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އޭނާ މިއަދު “ޝިފާނާ (ސާމްޕަލް ނެގި ފަރާތް) އާއި ޝިފާނާގެ މަންމަ އާއި ބައްދަލު ކުރި ކަމަށާއި އިކުރާމަށް ބުނެވުނު/ކުރެވުނު ކަމަކަށް މާފަށް އެދިފައިވާނެ ކަމަށެވެ.

އަދި އެކަމާއި ގުޅިގެން ހެލްތު އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ)ގެ ރެޕިޑް ރެސްޕޮންސް ޓީމާއި ހުރިހާ މުވައްޒަފުންގެ އަރިހުންވެސް މައާފަށް އެދޭ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

މި މައްސަލަ އެންމެ ފުރަތަމަ ފެންމަތިވުމުން އެކަން ދޮގުކޮށް އިކްރާމް ވިދާޅުވީ މާފަންނު މަދަރުސާގައި ސާމްޕަލް ނަގަން ހުރި ކުއްޖާ، އޭނާގެ ނޭފަތް ތެރެއަށް ކަފަބުރު ކޮއްޕި ގަޑީގައި ތަދުވެގެން، އެކަފަބުރު ނެރުމަށް އެ ކުއްޖާގެ އަތް ދުރަށްލި ކަމަށެވެ. އަދި އެތާ ކެމެރާ ހުރިނަމަ ކަންހިނގައި ދިޔަގޮތް ސާފުވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

ވަރަށް ގަދަ
25%ވަރަށް ގަދަ 25%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 50%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: