ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ހުޅުމާލެ ސަފާރީ ކޭސް: ވީޑިއޯ ދޮގުކޮށް ފުލުހުން ބުނަނީ ސްޓޭޓްމެންޓަށް ބަދަލު ގެނެސްފައި ނުވާނެ ކަމަށް!

މާލޭގައި ކުރިޔަށް ގެންދިޔަ ގެންދިޔަ ޖާގައެއް ނެތް އިހުތިޖާޖުގެ ތެރެއިން: ފޮޓޯ: ޓްވިޓާރ
ޝެއާރކޮށްލާ ކަހަލަދޯ؟

ހުޅުމާލޭ ފަޅުތެރޭގައި އޮތް ސަފާރީއެއްގައި މިދިޔަ ޖޫން މަހުގެ ތެރޭގައި ކެންޔާގެ އަންހެނަކަށް ޖިންސީ ގޯނާކުރި މައްސަލައިގައި ފުލުހުންނަށް އޭނާ ދިން ބަޔާނަށް އުނި އިތުރު ގެނެސް ބަދަލުކޮށްފައިނުވާނެ ކަމަށް ފުލުހުން ބުނެފިއެވެ.

ހުޅުމާލޭގެ ފަޅުތެރޭގައި އޮތް ސަފާރީއެއްގައި ކެންޔާ އަންހެނަކަށް ޖިންސީ ގޯނާ ކުރި މައްސަލައިގައި، އޭނާ ފުލުހުންނަށް ދިން ބަޔާނަށް ބަދަލުތަކެއް ގެނައުމަށް މައްސަލައިގެ ފުލުހުންގެ އިންވެސްޓިގޭޓަރު އޮފިސަރު (އައިއޯ) ވާހަކަދައްކާ އަޑުއިވޭ ވީޑިއޯއެއް ސޯޝަލް މީޑިއާގައި އާއްމުކޮށްފައިވަނީ ރޭގެ ވަގުތެއްގައެވެ. ހުޅުމާލޭގެ ފަޅުތެރޭގައި އޮތް ސަފާރީއެއްގައި ބިދޭސީ އަންހެނެއް ރޭޕް ކުރި ކަމަށް ބުނާ މައްސަލައިގައި ކުށުގެ ވެށިން ހައްޔަރު ކުރި ދެ މީހުން ވަނީ އެ މީހުން ހައްޔަރުގައި ބަހައްޓަން ޖެހޭ އެއްވެސް ސަބަބެއް ނެތް ކަމަށް ބުނެ ދޫކޮށްލާފައެވެ.

ވިކްޓިމްގެ ގާނޫނީ ވަކީލުންގެ ޓީމުގައި ހިމެނިވަޑައިގަންނަވާ ޝަފީއްޔާ ރިޒާ ކުރައްވާފައިވާ ޓްވީޓެއްގައި ވިދާޅުވީ ސަފާރީ ކޭސްގައި ޖިންސީ ޝިކާރައަކަށް ވީ މީހާގެ ސްޓޭޓްމެންޓު ބަދަލު ކުރުމަށް ފުލުހުން މަޝްވަރާ ކުރާތަން ފެނުމުން އޭގެއިން ވެސް މައްސަލައިގައި ފުލުހުންގެ ނިޔަތް ވަރަށް ސާފު ކަމަށެވެ. މައްސަލައިގެ އައިއޯގެ ފަރާތުން ފެނުނު މި އަމަލު ފުލުހުންނާއި، ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީސް އަދި، ނޭޝަނަލް އިންޓަގްރިޓީ ކޮމިޝަނަށް ހުށަހަޅާފައިވާނެ ކަމަށް ޝަފީއާ ވިދާޅުވިއެވެ.

ސޯޝަލް މީޑިއާގައި އާއްމުވެފައިވާ އެ ވީޑިއޯގެ ސަބަބުން ފުލުހުންނަށް ދަނީ ވަރަށް ބޮޑެތި ފާޑުކިއުންތައް އަމާޒުވަމުންނެވެ. އެހެން ނަމަވެސް ވިކްޓިމްގެ ބަޔާނަށް އެއްވެސް އުނި އިތުރެއް ގެނައުމަށް މަސައްކަތް ނުކުރާކަމަށް ބުނެ އާއްމު ކުރި ބަޔާނުގައި ފުލުހުން ބުނެފައިވަނީ އެ ވީޑިއޯ ކްލިޕްއަކީ މައްސަލައާއި ގުޅިގެން ވިކްޓިމް އާއި، ސްކައިމް މެދުވެރިކޮށް ކުރި އިންޓަވިއު ރެކޯޑިންއަކަށް ފަހު އޭނާ ދެއްކި ވާހަކަތަކުގެ މައްޗަށް ބަޔާން މަރުހަލާގައި ތަހުގީގު ކުރި ފަރާތްތަކުގެ މެދުގައި ދެކެވުނު ވާހަކަތަކެއް ކަމަށެވެ. އަދި މިއީ ވިކްޓިމްގެ ބަޔާންަށް ބަދަލު ގެނައުމުގެ ގޮތުން ދެއްކި ވާހަކައެއް ނޫން ކަމަށް ފުލުހުން ބުނެއެވެ.

“އަދި މި ވާހަތަކަކީ ވިކްޓިމް ނުވަތަ ވިކްޓިމްގެ ގާނޫނީ ވަކީލުންނާއި، ސީދާ ކުރެވިފައިވާ މުއާމަލާތެއް ނޫންކަމުގައި ދަންނަވަމެވެ.” ފުލުހުން ދިފާއަށް ނެރުނު ބަޔާނުގައި ވެއެވެ.

ފުލުހުން ބުނެފައިވަނީ ތަހުގީގަށް ކުރެވޭ އިންޓަވިއުއެއްގައި ދައްކާފައިވާ ވާހަކަތައް ބަޔާނެއްގެ ގޮތުގައި ލިޔާއިރު އެ ވާހަކަތައް އިތުރަށް ސާފުކޮށް ކަށަވަރު ކުރުމަށް ތަހުގީގުގައި ބައިވެރިވާ ފަރާތްތަކުގެ މެދުގައި މަޝްވަރާ ކުރާ ކަމަށެވެ. އަދި ބަޔާން ދޭ ފަރާތުން ދޭ ޖަވާބުތަކުގެ މައްޗަށް ތަހުގީގު ކުރާ ފަރާތްތަކުން އެ ބަޔާނެއް ޑްރާފްޓު ކުރުމަކީ އާއްމުކޮށް އަމަލު ކުރެވޭ އުސޫލު ކަމަށެވެ. އެއީ ބަޔާނަށް ބަދަލު ގެނައުންގެ ގޮތުގައި ނުބެލެވޭނެ ކަމަށް ފުލުހުން ބުންޏެވެ.

ފުލުހުން ބުނެފައިވަނީ ތަހުގީގަށް ކުރެވޭ އިންޓަވިއުއަށް ފަހު ލިޔެވޭ ބަޔާން އިންޓަވިއު ކުރެވޭ ފަރާތާއި އިންޓަވިއު ކުރެވޭ ފަރާތުގެ ގާނޫނީ ވަކީލުންނަށް ބަލައި ޗެކް ކުރުމަށްފަހު ގެންނަން ބޭނުންވާ ބަދަލެއް އޮތް ނަމަ އެ ބަދަލެއް ގެނައުމަށްފަހު ސޮއިކޮށް އިނގިލީގެ ނިޝާން ޖެހުމަކީ ތަހުގީގުގައި އަމަލު ކުރާ އުސޫލު ކަމަށެވެ. އަދި ވަކިން ހާއްސަކޮށް އޮންލައިންކޮށް އިންޓަވިއުތައް ކުރިޔަށް ގެންދާއިރު އަމަލު ކުރާ އުސޫލުގައި އިންޓަވިއު ކުރެވޭ ފަރާތުގެ ބަޔާން ޓައިޕްކުރުމަށްފަހު އެ ފަރާތުން ގެންނަން ބޭނުންވާ އިސްލާހުތައް ގެނައުމަށް ބަޔާނުގެ ސްޕްޓު ކޮޕީ އީމެއިލް ކުރުމުގެ އިންތިޒާމުތައް ހަމަޖައްސާފައިވާނެ ކަމަށެވެ.

ފުލުހުން ބުނެފައިވާ ގޮތުން އެ ވީޑިއޯ ކްލިޕްއަކީ ފުލުހުން ތަހުގީގު ކުރަމުންދާ މައްސަލައިގައި ވިކްޓިމްގެ ފަރާތުން ވަކާލާތު ކުރމަށް ގާނޫނީ ވަކީލުން އައްޔަން ކުރުމަށްފަހު ކުރިން ތަހުގީގަށް އޭނާ ދީފައިވާ ބާޔާނުގައި ސޮއިކޮށް ނިމިފައިވަނިކޮށް އިތުރު މައުލޫމާތު ހިމަނަން ބޭނުންވާތީ ވިކްޓިމް އާއި އަލުން އިންޓަވިއު ކުރުމަށް އެދި އޭނާގެ ވަކީލުން ހުށަހެޅުމުން ވަކީލުންގެ ހާޒިރުގައި ކުރެވުނު އިންޓަވިއުއަށްފަހު ދެވަނަ ފަހަރަށް އިންޓަވިއު ފެށުމާއި ދޭތެރޭ ތަހުގީގު ކުރި ފަރާތްތަކުން ބަޔާން އިސްލާހު ކުރުމަށް ހުށަހެޅުނު ކަންކަމާއި މެދު މަޝްވަރާކޮށް ދެކެނު ވާހަކައެއް ކަމަށެވެ.

ވީޑިއޯގެ ރިކޯޑިންއަކީ ތަހުގީގުގެ ބޭނުމަށް ކޮށްފައިވާ ރިކޯޑިންއަކަށް ވެފައި، އަދި ވަކީލަށް އެ ރިކޯޑިންގެ އެކްސެސް ދީފައިވަނީ ތަހުގީގަށް ކަމަށްވާއިރު މުޖުތަމައުއަށް މިފަދައިން ވީޑިއޯ އާންމު ކުރުމަކީ ވިކްޓިމްގެ ހައްގަށް އިތުރު އުނިކަން ލިބޭނެހެން ކޮށްފައިވާ އަމަލެއް ކަމަށް ފުލުހުން ބުންޏެވެ.

މިދިޔަ ޖޫން މަހުގެ 26 ވަނަ ދުވަހު ހިނގި އެ ހާދިސާ ތަހުގީގު ކުރުމުގައި ފުލުހުން ތަފާތުކުރުން ގެންގުޅޭކަމުގެ ތުހުމަތު ކުރެވެ އެވެ. އަދި އެ މައްސަލައިގައި ވަކި ގޮތަކަށް އަމަލު ކުރަމުންދާކަމާއި، ކޭސްގައި އޮޅުވާލުންތަކެއް ގެންގުޅޭކަމުގެ ތުހުމަތުތައް މީގެ ކުރިން ވެސް ކުރެވުނެވެ. 39 އަހަރުގެ ދިވެހި ދެ ފިރިހެނުން އެ ކޭސްއާއި ގުޅިގެން ހައްޔަރު ކުރިއިރު އެ މީހުން ހައްޔަރު ކުރިތާ މާ ގިނަ އިރުތަކެއް ނުވެ ދޫކޮށްލި މައްސަލައިގައި ނޫސްވެރިންގެ ސުވާލުތައް ފުލުހުންނަށް އަމާޒުވެގެން ވެސް ދިޔައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 100%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: