ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

“އިމާޖިން ލީޑަރ އޮފް ދި އިޔާ” ގެ ބައިނަލްއަޣުވާމީ އެވޯޑު ސްޓެލްކޯގެ އެމްޑީ މުޣުނީއަށް!

ދަރުބާރުގޭގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ސްޓެލްކޯގެ މެނޭޖިންގ ޑިރެކްޓަރ ހަސަން މުޣުނީ
ޝެއާރކޮށްލާ ކަހަލަދޯ؟
ވޯލްޑް އެޗްއާރުޑީ ކޮންގްރެސްއާއި، އެމްޕްލޯޔަރ ބްރޭންޑިންގ އިންސްޓިޓިއުޓް ގުޅިގެން ބޭއްވި 11 ވަނަ އޭޝިއާސް ބެސްޓް އެމްޕްލޯޔަރ ބްރޭންޑް އެވޯޑްސް 2020 ގައި “އިމާރޖިންގ ލީޑަރ އޮފް ދި ޔިއަރ” ގެ އެވޯޑް ސްޓެލްކޯގެ މެނޭޖިންގ ޑިރެކްޓަރ ހަސަން މުޣުނީއަށް ލިބިވަޑައިގެންފިއެވެ.
“އިމާރޖިންގ ލީޑަރ އޮފް ދި ޔިއަރ” ގެ އެވޯޑު މުޣުނީއަށް ލިބިވަޑައިގެންފައިވަނީ ކުންފުނީގެ މުވައްޒަފުންގެ ކަންކަން ފުރިހަމަކޮށް ގެންދިއުމުގެ އިތުރުން ކުންފުންޏާއި މެދު ކަސްޓަމަރުންގެ މެދުގައި އޮންނަ އިތުބާރާއި، ތަސައްވަރު އިތުރަށް ރަނގަޅު ކުރުމަށްޓަކައި ކުރައްވަމުންގެންދަވާ އަދި ކުރެއްވުމަށް ރާވަވާފައިވާ ކަންކަމުގެ މައްޗަށެވެ.
އެގޮތުން ކަސްޓަމަރުންނަށް ލުއި ފަސޭހަގޮތްތަކެއް ހޯއްދަވައިދެއްވާ އެންމެ ފަހުގެ ޓެކްނޮލޮޖީތައް ތައާރަފްކުރައްވަން ކުރައްވާ މަސައްކަތްތަކުގެ ތެރެއިން، ސްމާޓް މީޓަރިން ތައާރަފް ކުރުމާއި، ކަރަންޓު ކެނޑިއްޖެ ހާލަތެއްގައި އަވަސް މިނެއްގައި ކަރަންޓު ދިނުމަށްޓަކައި ޒަމާނީ ސްކާޑާ ސިސްޓަމެއް ގާއިމް ކުރުމާއި، ކަރަންޓުގެ ގައުމީ ވިއުގައެއް ގާއިމް ކުރުމަށް ހިންގާ އިންޓަރކަނެކްޝަން ޕްރޮޖެކްޓް ހިމެނެއެވެ.
މީގެ އިތުރުންވެސް ކަސްޓަމަރުން ކަރަންޓަށް ކުރާ ހޭދަ ކުޑަ ކުރުމުގެ ގޮތުން ގްރީންލައިފް އިނިޝިއޭޓިވްގެ ނަމުގައި ޕްރޮގްރާމެއް ފަށައި، ކުޑަ އަގެއްގައި ސޯލާ ޕެނަލް ލިބޭނެ އިންތިޒާމްތައް ހަމަޖެއްސެވުމާއި، ތިމާވެއްޓާއި ރައްޓެހި ޓެކްނޮލޮޖީތައް ތައާރަފް ކުރުމާއި، ކުންފުނީގެ ހަރަދުތައް ކުޑަކުރުމަށް ގެންގުޅުއްވާ ސިޔާސަތުތައް ހިމެނެ އެވެ. މިއީ މި އެވޯޑް ދިވެހި ކުންފުންޏެއްގެ އިސްވެރިއަކަށް ލިބުނު ފުރަތަމަ ފަހަރުކަންވެސް ފާހަގަކޮށްލެވެ އެވެ.
އޮންލައިންކޮށް ބޭއްވި އެ އެވޯޑް ހަފްލާގައި އެވޯޑް ލިބިވަޑައިގަތުމުން މުޣުނީ ވަނީ 70 އަހަރުގެ ދިގުމާޒީއެއް އޮތް މިކުންފުންޏަށް މިފަދަ ޝަރަފުވެރި އެވޯޑެއް ލިބުމަކީ ސްޓެލްކޯއަކީ މަސައްކަތް ކުރުމަށް ޑްރީމް ކޮމްޕެނީއަކަށް ހެދުމަށް ކުރާ މަސައްކަތްތައް ވޯލްޑް އެޗްއާރުޑީ ކޮންގްރެސް ފަދަ ބަޔަކު ބަލައިގަތުން ކަމަށާއި، އެ ކަމަށްޓަކައި އުފާކުރައްވާކަމަށް ވިދާޅުވެފަ އެވެ. އަދި ސްޓެލްކޯއަކީ އެންމެ ރަނގަޅު ކުންފުންޏަށް ހެދުމަށްޓަކައި ސްޓެލްކޯގެ ކުރީގެ މުވައްޒަފުންނާއި މިހާރުގެ މުވައްޒަފުން ކުރައްވަމުން ގެންދަވާ މަސައްކަތްތަކަށް ވަރަށް ބޮޑަށް ޝުކުރު ދަންނަވާ ކަމަށެވެ.
މީގެ އިތުރުން، މި ހިސާބަށް އާދެވުމުގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ދެއްވި ފުރުސަތާއި ކުރައްވާ އިތުބާރަށްޓަކައި ރައީސަށް ވަރަށް ހާއްސަ ޝުކުރެއް ދަންނަވާ ކަމަށް މުޣުނީ ވަނީ ވިދާޅުވެފަ އެވެ.
ކުންފުންޏާއި، ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރަށް މި އެވޯޑްތައް ލިބިވަޑައިގެންފައިވާއިރު، މި އެވޯޑްތަކަށް އޭޝިއާ ސަރަހައްދުގެ 30 އަށްވުރެ ގިނަ ގައުމުގެ ކުންފުނިތަކުން ވަނީ ވާދަކޮށްފަ އެވެ.
ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: