ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ވަގުތީ ހަޔާތުގެ ހިތާމަވެރި ތި ބާބު ލަހެއް ނުވެ ނިމިދާނެއެވެ

ޝެއާރކޮށްލާ ކަހަލަދޯ؟

ކޮންމެ މީހެއްގެ ހަޔާތަކީވެސް, ހަޔާތުގެ ކޮންމެސް ހިސާބަކުން ހިތްދަތި އެތައްކަމަކާއި ބައްދަލުކުރާނެ މީހެކެވެ. ހަމަ އެހެންމެ އުފާވެރި އެތައްކަމަކާއިވެސް ބައްދަލު ކުރާނެ މީހެކެވެ. ވިސްނަންވީ ކަަމަކީ އަބަދަކު އުފާވެރިމެއްވެސް އަދި ހިތާމަވެރި ކަމެއްވެސް ދާއިމީ ގޮތެއްގައި ނޯންނާނެކަމެވެ.

ގުދުރަތުގެ ވިލަރެސް މިކަމަށް ހެކިވާނެއެވެ. ބަހާރުގެ މޫސުމުގެ މައްޗައް ހަރީފު މޫސުން ވެސް ގަދަވެގަނެއެވެ. ރީތި މާމެލާމެލިން އޭގެ ފަރިކަމާއި ވަސް ނެތި މިލާގެންދެޔެވެ. ގުތުރަތިގެ ސާފު ތޯހިރު ކަންމަތީ އުފަންވާ އިންސާނާ ޅަފަތުގެ ދުވަސްތައް ކަޑައްތުކޮށް ޒުވާން ކަމުގެ ދުވަސްވަރުވެސް ފަހަނަ އަޅައި މުސްކުޅިވެދެއެވެ.

ހިތާމަވެރި ކަމެއް ދިމާވާއިރަށް ދިރިހުރެމެ ނަފްސް މަރާލުމައް ތިބާ އެދޭނަން ހެއްޔެވެ. މިއަދު ހިތާމަވެރިކަމުން މިލާފައިވާ ތި ޖިސްމަށް މާދަމާ ލިބެން އޮތް އުފާވެރިކަން މާ ބޮޑުވެދާނެއެވެ. އަނެއްކާވެސް ގުދުރަތުގެ ވިލަރެސް އާއި މެދު ތިބާ ވިސްނާލަބަލާށެވެ. ބަހާރު މޫސުން ބަދަލުވެ ހަރީފު މޫސުން އައުމުން ބަހާރު މޫސުމުގެ މަތިން ތިބާ ހަދާންހުރޭ ހެއްޔެވެ. އާއެކެވެ. ތި ހިތާމަވެރިކަން މާދަމާ އުފާވެރިކަަމަށް ބަދަލުވުމުން އެހިތާމަވެރި ދުވަސްތަކުގެ މަތިން މިބާ މަޑުމަޑުން ހަދާންނެތިދާނެއެވެ. ބޭނުންވަނީ ކުޑަ ހިތްވަރެކެވެ.

އެކުވެރިންނޭވެ. ދުނިޔޭގެ ހަޔާތުގައި އެއްވެސް ކަމަކީ މުޅި އުމުރަށް ދެމިގެން ދާނެ ކަމެއް ކަމުގައި ހީނުުކުރާށެވެ. އެއްވެސް ކަމެއް ބީވެ ނުދާނޭކަމަށް އުންމީދު ނުކުރާށެވެ. ކޮންމެ ކަމަކަށްމެ ވަގުތެއް ކަނޑައެޅިފައި އޮންނާނެ ކަން ދަންނާށެވެ. އެއްވެސް މީހަކަށް ބަރޯސާވެގެން އުޅުމައް ނުވިސްނާށެވެ. އެއްވެސް މީހެއްގެ ގާތު އެއްވެސް ކަމަކަށް އެދި އާދޭސް ނުކުރާށެވެ. ފަހަރަކު ސަފުހާއެއް ކިޔަމުންކިޔަމުން ގޮސް، ވަގުތީ ހަޔާތުގެ ހިތާމަވެރި ތި ބާބު ލަހެއް ނުވެ ނިމިދާނެއެވެ.

ގިލަންވެރި ކަމުގެ ރަޖާ ގަޑު އެއްފަރާތް ކޮށްލާ މޮޅިވެރި ކަމުގެ ދާނުން ބޯނަގާލާށެވެ. ތިބާ ގެ ހަޔާތް އުޖާލާކޮށް އަލުން ހުޅުދާން ކުރާނީ ހަމަ ތިބާއެވެ. މިކަން ކޮށްދޭނޭ އިތުރު މީހަކު ނާންނާނެއެވެ.

އާ ހިތްވަރަކާއެކު ތެދުވެ, ގުދުރަތުގެ ވިލަރެސް އާމެދު ވިސްނާލަބަލާށެވެ. ކުރިޔަތް ދިޔުމަށް އެތައް ނަމޫނާއެއް ދައްކާނެއެވެ. އެއްވެސް އަޅަކަށް ނޫފުލޭވަރުގެ ބުރައެއް އެކަލާންގެ ނުޖައްސަވާނެއެވެ.

 

ވަރަށް ގަދަ
0%ވަރަށް ގަދަ 100%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: