ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ވަޑާންގެއަކުން ވައްކަން ކުރި މީހަކު 1 އަހަރު ދުވަހަށް ޖަލަށް!

ޝެއާރކޮށްލާ ކަހަލަދޯ؟

ވައްކަމުގެ މައްސަލައެއްގައި މީހަކު އެއް އަހަރު ދުވަހުގެ މުއްދަތަށް ޖަލަށްލުމަށް ތިލަދުންމަތީ ދެކުނުބުރީ ވައިކަރަދޫ މެޖިސްޓްރޭޓް ކޯޓުން ހުކުމްކޮށްފިއެވެ.

ވައްކަމުގެ މައްސަލައިގެ ކުށް ސާބިތުވުމާ ގުޅިގެން 2020 އޮކްޓޯބަރ 4 ވަނަ ދުވަހު ހުކުމްކޮށްފައިވަނީ ހދ. ވައިކަރަދޫ، ޕެރިމްރޯޒް، ޙުސައިން ޝާހް (36އ) ގެ މައްޗަށެވެ.

ދައުލަތުން ޙުސައިން ޝާޙްގެ މައްޗަށް ވައްކަން ކުރި ކުށުގެ ދައުވާ އުފުލާފައިވަނީ، 2020 މާރިޗު 17 ވަނަ ދުވަހުގެ 13:30 އެހައިކަންހާއިރު ހދ. ވައިކަރަދޫ ، ތޮނަގޭގައި ހުންނަ ވަޑާންގެއިން މަކިޓާ ބުރޭންޑްގެ ސަރކިއުލާރ ކީހަކާއި، މަކިޓާ ބްރޭންޑްގެ ޓްރިމަރެއްގެ އިތުރުން މަކިޓާ ބްރޭންޑްގެ ބުރުމާއެއް ވަގަަށް ނަގާފައިވާ މައްސަލައާއި ގުޅިގެންނެވެ.

މި ދަޢުވާ ޝަރީޢަތުން ބެލުމަށްފަހު ކޮށްފައިވާ ޙުކުމްގައި ބުނެފައިވަނީ، މިމައްސަލައިގައި ދަޢުވާލިބޭ ޙުސައިން ޝާހް ، މި ދަޢުވާގެ އިބްތިދާޢީ މަޖިލީހުގަޔާއި އަވަސް ނިޔާގެ ޝަރީއަތުގެ މަޖިލީހުގައި އިޢުތިރާފުވެފައިވާކަން އެނގެން އޮތުމުން، ޤާނޫނު ނަންބަރު 9/2014 ( ދިވެހިރާއެްޖޭގެ ޤާނޫނުލްޢުޤޫބާތު) ގެ 211  ވަނަ މާއްދާގެ (ހ) ގެ ދަށުން ވައްކަންކުރުމުގެ ކުށް ސާބިތުވާކަމަށެވެ.

އެހެންކަމުން ޙުސައިން ޝާހްގެ މައްޗަށް ދަޢުލަތުން ކޮށްފައިވާ ވައްކަން ކުރުމުގެ ކުށް ސާބިތުވާކަމަށް ކަނޑައަޅައި، ޤާނޫނު ނަންބަރު 9/2014 ( ދިވެހިރާއެްޖޭގެ ޤާނޫނުލްޢުޤޫބާތު) ގެ 210  ވަނަ މާއްދާގެ (ށ) ގެ 3 ވަނަ ނަންބަރާއި ބުނެވިދިޔަ ޤާނޫނުގެ 1104 ވަނަ މާއްދާގެ (ހ) ގެ 2 ވަނަ ނަންބަރާއި، އެޤާނޫނުގެ 1106 ވަނަ މާއްދާގެ ( ށ) އާ ޙަވާލާދީ، އެޤާނޫނުގެ 1002 ވަނަ މާއްދާގެ (ހ)ގެ ދަށުން ހދ. ވައިކަރަދޫ، ޕެރިމްރޯޒް ޙުސައިން ޝާހް، އެއް އަހަރު ދުވަހުގެ މުއްދަތަށް ޖަލަށްލުމަށް ޙުކުމްކުރާކަމަށް ޤަޟިއްޔާގައި ވެއެވެ.

ވަރަށް ގަދަ
100%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: