ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި ސިވިލްސާވިސްގެ މުވައްޒަފުންނަށް ހާއްސަ ޗުއްޓީ ދިނުމުގެ އުސޫލެއް ކަނޑައަޅައިފި

ހުވާ ކުރުމުގެ ރަސްމިްޔާތަށް ފަހު ރައީސް ސާލިޙް ސީއެންސީގެ މެމްބަރުންނާއި ބައްދަލު ކުރައްވަނީ
ޝެއާރކޮށްލާ ކަހަލަދޯ؟

ހަލުވި ކަމާއިއެކު ފެތުރެމުންދާ ކޮރޯނާ ވައިރަހާއި ގުޅިގެން ރާއްޖޭގައި އިއުލާން ކޮށްފައިވާ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު ނިމެންދެން ސިވިލްސާވިސް މުވައްޒަފުންނަށް ހާއްސަ ޗުއްޓީ ދޭނެ ގޮތުގެ އުސޫލެއް ސިވިލްސާވިސް ކޮމިޝަނުން އެކުލަވައިލައި އާންމުކޮށްފިއެވެ.

މު އުސޫލަކީ ދިވެހި ސިވިލް ސަރވިސްގައި ވަޒީފާ އަދާކުރާ މުވައްޒަފުންނަށް، ޢާންމު ޞިއްޙަތުގެ ކުއްލި ނުރައްކަލުގެ ޤާނޫނު 2020 ގައިވާ ގޮތުގެ މަތިން ދެވޭ ޚާއްޞަ ޗުއްޓީތައް ދިނުމުގައި ޢަމަލުކުރާނެ އުސޫލުތަކާއި އިޖުރާއަތުތައް ކަނޑައަޅާފައިވާ އުސޫލެކެވެ.

ސިވިލް ސާވިސް ކޮމިޝަނުން އެކުލަވާލި މި އުސޫލަށް ޢަމަލުކުރާނީ، ކޮވިޑް-19 އާ ގުޅިގެން ދިވެހިރާއްޖޭގައި އިޢުލާނު ކޮށްފައިވާ އާންމު ޞިއްޙަތުގެ ކުއްލި ނުރައްކަލުގެ ހާލަތު، ނުވަތަ ޢާންމު ޞިއްޙަތުގެ ކުއްލި ނުރައްކަލުގެ ޤާނޫނު 2020 ތަޞްދީޤުކޮށް، އެ ޤާނޫނަށް ޢަމަލުކުރަން ފެށުމަށްފަހު، ކޮވިޑް-19 އާ ގުޅިގެން ދިވެހިރާއްޖޭގައި އިޢުލާނުކުރާ އެ ނޫން ވެސް ކުއްލި ނުރައްކަލުގެ ހާލަތެއް ނުވަތަ ކާރިސާގެ ހާލަތެއް ނިމުމަކަށް ގެންނަތާ 60 ދުވަސް ހަމަވާ ތާރީޚުގެ ނިޔަލަށެވެ.

އުސޫލުގައިބުނެފައިވާގޮތުގައި ދިވެހި ސިވިލް ސަރވިސްގެ މުވައްޒަފުންގެ ތެރެއިން، ކޮވިޑް-19 އާ ގުޅިގެން ދިވެހިރާއްޖޭގައި އިޢުލާނު ކޮށްފައިވާ އާންމު ޞިއްޙަތުގެ ކުއްލި ނުރައްކަލުގެ ހާލަތުގެ މުއްދަތުގައި ދިވެހިރާއްޖެއިން ބޭރަށް ދަތުރުކުރުމަށް ފަހު، އަނބުރާ އައުމުގެ ސަބަބުން ނުވަތަ ދިވެހިރާއްޖޭގެ ވަކި ރަށެއްގައި ހުރުމަށް ފަހު، އެ ރަށް ދޫކޮށްދިއުމުގެ ސަބަބުން ކަރަންޓީނު މަރުކަޒެއްގައި ނުވަތަ ގޭގައި ނުވަތަ އެ ނޫން ވެސް ތަނެއްގައި ކަރަންޓީނު ވާންޖެހޭ މުވައްޒަފުންނަށް، ހާއްސަ ޗުއްޓީ ދޭންވާނެއެވެ.

ހަމައެހެންމެ ކޮވިޑް-19 އަށް ޝައްކުކުރެވޭ އަލާމާތެއް ފެނިގެން ކަރަންޓީނު މަރުކަޒެއްގައި ނުވަތަ ގޭގައި ނުވަތަ އެ ނޫން ވެސް ތަނެއްގައި ތިބެންޖެހޭ މުވައްޒަފުންނަށް ހާއްސަ ޗުއްޓީ ދޭވޭނެއެވެ.

މީގެއިތުރުން ޗުއްޓީ ހަމަޖެއްސުމުގައި ކޮވިޑް-19 އަށް ޝައްކުކުރެވޭ އަލާމާތެއް ފެނުނުކަމުގައި ބަލާނީ، އެ ފަދަ އަލާމާތެއް ހުރިކަމަށް ޑިރެކްޓަރ ޖެނެރަލް އޮފް ޕަބްލިކް ހެލްތް ނުވަތަ އޭނާ ކަނޑައަޅާ ފަރާތަކުން ދޫކުރާ ލިޔުމެއް މުވައްޒަފު ހުށަހަޅައިފައިވާ ނަމައެވެ. ނަމަވެސް މުވައްޒަފުގެ ބަލި ހާލަތު ހުރިގޮތުން އޭނާ އޮފީހަށް ނުކުންނަން އުޒުރުވެރިވާ ހާ ލަތުގައި، ދިވެހި ސިވިލް ސަރވިސްގެ ގަވާއިދުގައިވާ ގޮތުގެ މަތިން ސަލާމުގެ ޗުއްޓީ ނެގިދާނެކަމަށް އުސޫލުގައި ވަނީ ބަޔާންކޮށްފައެވެ.

ސީއެސްސީއިން އާންމު ކޮށްފައިވާ އުސޫލުގައި ބުނެފައިވާ ގޮތުގައި މުވައްޒަފުގެ ކަރަންޓީނު ނިމުނު ކަމުގައިވީ ނަމަވެސް، ކަރަންޓީނު ވެފައިވާ މުވައްޒަފަކު ނުވަތަ ތަނެއްގައި މަޑުކުރަން ޖެހިފައިވާ މުވައްޒަފަކު ރަށުން އައުމުގައި ހުރަސްތަކެއް ކުރިމަތިވެއްޖެ ނަމަ، ނުވަތަ ކަރަންޓީނު ކުރުމާ ގުޅިގެން ނުވަތަ ތަނެއްގައި މަޑުކުރަން ޖެހުމާ ގުޅިގެން ވަޒީފާ އަދާކުރާ އިދާރާއަށް ނުކުތުމަށް އެކަށީގެންވާ ހުރަހެއް އޮތްކަމުގައިވާ ނަމަ، އެ ކަންކަމަށް ރިޢާޔަތްކޮށް ޗުއްޓީގެ މުއްދަތު އިތުރުކުރެވިދާނެއެވެ.

ކޮވިޑް-19 އާ ގުޅިގެން އިޢުލާނު ކޮށްފައިވާ އާންމު ޞިއްޙަތުގެ ކުއްލި ނުރައްކަލުގެ ހާލަތުގެ މުއްދަތުގައި، ވަޒީފާ އަދާކުރާ ފަރާތެއް ދިރިއުޅޭ ރަށް ނޫން އެހެން ރަށެއްގައި އެ ފަރާތެއް ހުރި ވަގުތެއްގައި ދަތުރުފަތުރު ކުރުމާ ގުޅޭގޮތުން ޑިރެކްޓަރ ޖެނެރަލް އޮފް ޕަބްލިކް ހެލްތް އަޅާ ފިޔަވަޅަކާ ގުޅިގެން އެ މުވައްޒަފަކު ވަޒީފާއަށް ނުކުންނަންޖެހޭ ތާރީޚަށް އޭނާ ވަޒީފާ އަދާކުރާ ރަށަށް އަނބުރާ ދެވެން ނެތް ހާލަތެއް މެދުވެރިވެއްޖެ ނަމަ، އޭނާ ވަޒީފާއަށް ހާޒިރުނުވެ ހުންނަންޖެހުނު މުއްދަތަށް ޚާއްޞަ ޗުއްޓީ ހަމަޖައްސަންވާނެ ކަމަށް ސީއެސްސީއިން އާންމުކުރި އުސޫލުގައި ވަނީ ކަނޑައަޅާފައެވެ.

މީގެއިތުރުން ކޮވިޑް-19 އަށް ޕޮޒިޓިވްވާ މުވައްޒަފުން، އެކެހެރިކުރުމުގެ މަރުކަޒެއްގައި ނުވަތަ ގޭގައި ހުންނަން ޖެހިއްޖެ ނަމަ ނުވަތަ އެ ބައްޔަށް ފަރުވާ ހޯދަން ޞިއްޙީ ފަރުވާދޭ ތަނެއްގައި ހުންނަން ޖެހިއްޖެ ނަމަ، އެ މުއްދަތަށް ގަވާއިދުގެ ދަށުން ސަލާމުގެ ޚާއްޞަ ޗުއްޓީ ހަމަޖައްސައިދޭންވާނެއެވެ.

ސިވިލް ސަރވިސްގެ މުވައްޒަފެއްގެ ޢާއިލާގެ މެންބަރަކު ކޮވިޑް-19 އަށް ޕޮޒިޓިވް ވެއްޖެ ނަމަ، އަދި އެ ޢާއިލާގެ މެންބަރަކީ ސީދާ އޭނާ ބެލުން ހަވާލުވެފައިވާ ފަރާތެއް ނަމަ، އަދި އެ ބައްޔަށް ފަރުވާ ހޯދަންޖެހެނީ ގޭގައި މަޑުކޮށްގެން ނަމަ، އޭނާގެ އާއިލާގެ މެންބަރު އެ ބައްޔަށް ފަރުވާ ހޯދުމަށް ހޭދަވާ މުއްދަތުގައި ޢާއިލީ ޒިންމާގެ ޚާއްޞަ ޗުއްޓީ ވެސް ހަމަޖައްސައިދޭންވާނެ ކަމަށް ސީއެންސީގެ އުސޫލުގައި ވަނީ ބަޔާންކޮށްފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 100%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: