ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ފަޅުތެރޭ ގެ އަޅައިގެން ދިރިއުޅުމުގެ ވިސްނުން ބަހައްޓައިފިނަމަ، އެކަން ވާނެ: އަސްލަމް

ޝެއާރކޮށްލާ ކަހަލަދޯ؟

ފަޅުތެރޭގައި ގެ އަޅައިގެން ދިރިއުޅުމަށް ވިސްނުން ބަހައްޓައިފިނަމަ، އެކަން ހާސިލް ކުރެވޭނެކަމަށް މިނިސްޓަރ އޮފް ހައުސިން، ނޭޝަނަލް ޕްލޭނިން އެންޑް އިންފްރާސްޓްރަކްޗަރ މުހައްމަދު އަސްލަމް ވިދާޅުވެއްޖެއެވެ.

ސަރުކާާރުގެ ފަރާތުން މަޖިލީހަށް ހުށައަޅާފައިވާ ބިނާވެށި ޕްލޭންކުރުމާއި ހިންގުމުގެ ބިލުގެ ބަހުސްގެ ވަގުތުގައި، މިނިސްޓަރ އަސްލަމް ވަނީ މަޖިލީހަށް ވަޑައިގެން، މިނިސްޓަރުގެ ހައިސިއްޔަތުން ބިލާއި މެދު ދެކެވަޑައިގަންނަވާ ގޮތް ހިއްސާ ކުރައްވާފައެވެ.

ބިނާވެށި ޕްލޭންކުރުމާއި ހިންގުމުގެ ބިލާއި ގުޅޭގޮތުން ވާހަކަދައްކަވަމުން، މިނިސްޓަރ ވަނީ މީގެ ކުރިން ބިން މާނަ ކުރެވޭނެ ގޮތެއް ބަޔާންކޮށްފައިނުވާކަމަށް ވިދާޅުވެފައެވެ. މިހާރުވެސް ބިމާއި ބެހޭ ގާނޫނެއް އޮންނަ ކަމަށާއި އެހެންނަމަވެސް، އެގާނޫނޫން ބިމަކީ ކޮބައިކަން ސާފުނުވާ ކަމަށެވެ. އަދި މިބިލުބް ބިމަކީ ކޮބައިކަން ސާފުވާކަމަށް ވަނީ ވިދާޅުވެފައެވެ.

މިބިލުގައިވާ ގޮތުން ބިމަކީ ހިކިފަހާއި ބިމު އަޑީގައިވާ މައުދަންތައް ފިޔަވައި ދެން ހުރިހާ އެއްޗެއްކަމަށް މިނިސްޓަރ ވިދާޅުވިއެވެ. މިނިސްޓަރ ވިދާޅުވީ،ބިމުގެ ގޮތުގައި ބަލަނީ 600 ސްކުއަރ ކިލޯ މީޓަރ ހިކިފަސް ސަރަހައްދުކަމަށެވެ. އެހެންނަމަވެސް، ހިކިފަސް ނޫން ސަރަހައްދަކީ ބިން ގޮތުގައި ގަބޫލުކުރާކަމުގައި އަސްލަމް ވިދާޅުވިއެވެ.

މިހާރުވެސް ރަށްތަކާއި ގުޅިފައިވާ ފަޅުގެ ސަރަހައްދު، އެއީ ސަބް މާޖްޑް ލޭންޑްގެ ގޮތުގައި ބޭނުންކުރަމުންދާކަމަށް ވިދާޅުވިއެވެ. އެހެންނަމަވެސް، އެއީ ބިމުގެ ގޮތުގައި މާނަ ނުކޮށްކަމަށް ވިދާޅުވިއެވެ.

ރަށަކާއި ގުޅިފައިވާ ސަބް މާޖްޑް ބިމުގައި، ފުންމިނުގައި ވަކި ވަރަކަށްވުރެ ތިލަ ކޮންމެ ބިމަކީ އެއީވެސް ބިމުގެ ގޮތުގައި ތަފާތު ގޮތަކަށް ބޭނުންކުރެވިދާނެ. މިހާރުވެސް އެކި ބިން އެކި ގޮތުގައި ބޭނުންކުރަން ޖެހެނީ. މިސާލަކަށް ހޭޅިފަށުގައި ގެދޮރު އިމާރާތް ނުކުރިކަމުގައިވިޔަސް، އެއީވެސް އިންނަން ޖެހޭ ތަނެއް

ގާނޫނު ފަރުމާކުރެވިގެންދާއިރު، ރަށާއި ގުޅިފައިވާ ފަޅުގެ ސަރަހަައްދުގައި ކުރެވޭނެ ނުވަތަ ނުކުރެވޭނެ ކަންކަން ބަޔާންކޮށްފިނަމަ، ބިމުގެ މުއްސަނދިކަން އިތުރުވެގެންދާނެކަމަށް ވިދާޅުވިއެވެ. އަދި އެފަދަ ބިންތަކަކީ އަގުހުރި ތަންތަނަށް ވެގެންދާނެކަމަށް މިނިސްޓަރ ވިދާޅުވިއެވެ. ފުޅާ ދާއިރާއެއްގައި މިކަން މިހާތަނަށް ކޮށްފައި ނެތް ކަމުގައިވިޔަސް، މިކަމަކީވެސް ދުނިޔޭގައި ކުރަމުންދާ ކަމެއްކަން މިނިސްޓަރ ފާހަގަކުރެއްވިއެވެ.

ފަޅުގައި ދިރިއުޅެވޭނެ ޓެކްނޮލޮޖީ އެބަހުރި. އެތަންތަނުގައި ދިރިއުޅުމަށް ވިސްނުން ބައްޓަން ކޮށްފިކަމުގައިވާނަމަ، އެކަން ވާނެ. މިއީ އިލްމީގޮތުން ދިރާސާ ކުރެވި ކުރެވޭނެކަން ސާބިތުވެފައިވާ ކަންކަން

ބިލަށް އިސްލާހު ހުށައަޅައި، ބިލު ގާނޫނަކަށް ފަރުމާކުރާއިރު، ބިން މާނަކުރުމުގައި، މިކަމަށް ބެލުމަށް މިނިސްޓަރ ވަނީ އިލްތިމާސްކުރައްވާފައެވެ. އަދި މިގޮތަށް ބިން މާނަކޮށްފިއްޔާ ރިޒޯޓްތަކުގެ ކުއްޔަށް ވާނީ ކިހނެއްތޯ ވިސްނަން ޖެހޭނެ ކަމަށާއި ޓެކްސް ކުރާނެ ބިމާއި ޓެކްސް ނުކުރާނެ ބިން ކަނޑައެޅެންޖެހޭނެކަމަށް ވިދާޅުވިއެވެ. އަދި އެހެން ގާނޫނުތަކުން ބިމާއި ގުޅިގެން ހުރި މައްސަލަތައް ހައްލުވާނެކަމަށް ވިދާޅުވިއެވެ.

 

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

One Response

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: