ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މަތީ ތަޢުލީމަށް ޒަކާތު ފަންޑުން ސްކޮލަރޝިޕާއި ޚާއްޞަ އެހީ ދޫކުރުމަށް ނިންމައިފި

މަތީ ތައުލީމް ހާސިލް ކުރަން ބޭނުންވާ ދަރިވަރުންނަށް ޒަކާތު ފަންޑުން އެހީ ދެނީ: ފައިލް ފޮޓޯ
ޝެއާރކޮށްލާ ކަހަލަދޯ؟

މަތީ އުލީމަށް ޒަކާތު ފަންޑުން ސްކޮލަރޝިޕާއާއި، ހާއްސަ އެހީ ދިނުމަށް ނިންމައި އެކަމާއި ގުޅޭ އުސޫލް މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒްއިން އެކުލަވައިލައި ސަރުކާރުގެ ގެޒެޓުގައި ޝާއިޢުކޮށްފިއެވެ.

މި އުސ ލަކީ، ދައުލަތުގެ މާލިއްޔަތު ޤާނޫނުގެ 26 ވަނަ މާއްދާއިން މިނިސްޓަރ އޮފް ފިނޭންސަށް ލިބިދޭ އިޚްތިޔާރުގެ ދަށުން “ޒަކާތު ފަންޑު” ގެ ނަމުގައި ޤާއިމްކުރި ޓްރަސްޓް ފަންޑުގެ ޓްރަސްޓް ސްޓޭޓްމަންޓުގައިވާ ގޮތުގެ މަތިން، ޒަކާތުގެ ޓްރަސްޓް ފަންޑުގެ އެކައުންޓުން ކުރުން ހުއްދަ ޚަރަދުތަކުގެ ތެރެއިން މަތީ ތަޢުލީމު ހާސިލުކުރުމަށް އެހީ ދިނުމާއި، އެ އެހީ ދިނުމުގައި ޢަމަލުކުރާނެ ގޮތުގެ އުސޫލެވެ.

މިފަދަ އުސޫލެއް ކަނޑައެޅުމުގެ މައިގަނޑު  މަގުސަދަކީ، ދިވެހި އުންމަތް ވަރުގަދަ ކުރުމަށް ޓަކައި ޝަރުޢީގޮތުން އެ ދާއިރާއަކުން މީހުން ތަމްރީނު ކުރުމަށް ކޮންމެހެން ބޭނުންވާ ދާއިރާއަކުން މަތީ ތަޢުލީމުގެ މަރުޙަލާގައި ކިޔެވުމަށް ޝަރުޠު ހަމަވާ، މާލީގޮތުން ފުދުންތެރިކަން ނެތް ދިވެހި ދަރިވަރުންގެ ތެރެއިން، އުސޫލުގެ ދަށުން އެހީ ދިނުމަށް ހޮވޭ ދަރިވަރުންނަށް ހަމަހަމަކަމާއި، ހާމަކަމާއެކު ކިޔެވުމުގެ ފުރުޞަތު ފަހިކޮށްދިނުމާއި، ކިޔެވި ދާއިރާއިން ޤައުމަށް ޚިދުމަތް ކުރުމަށް ބާރުއަޅައި، އެކަމަށް ހިތްވަރުދިނުމެވެ.

އިސްލާމިކް މިނިސްޓްރީން އެކުލަވާލި އުސޫލްގައި ބުނެފައިވާ ގޮތުގައި އުސޫލްގެ ދަށުން ސްކޮލަރޝިޕްދެވޭނީ  ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5 އިން ފެށިގެން ލެވެލް 10 ގެ ނިޔަލަށް ހިމެނޭ ކޯސްތަކުގައި ކިޔެވުމުގެ ހުރިހާ ޚަރަދެއް ހިމެނޭ ގޮތަށް ދެވޭ ފުރުޞަތަށެވެ. އަދި ދެވޭނީ  ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5 އިން ފެށިގެން ލެވެލް 10 ގެ ނިޔަލަށް ހިމެނޭ ކޯސްތަކުގައި ކިޔަވާ ދަރިވަރުންނަށް އުސޫލުގެ ދަށުން ދޭ ސްކޮލަރޝިޕް ފިޔަވައި ދެވޭ އެހެނިހެން އެހީއެވެ.

އުސޫލުގައި ބުނެފައިވާ ގޮތުގައި ޒަކާތު ފަންޑުން ސްކޮލަރޝިޕް ދިނުމަށް އިޢުލާނު ކުރުމުގެ ކުރިން، އެ އިރެއްގެ ހާލަތަށް ބަލައިފައި ސްކޮލަރޝިޕް ދޭނެ ދާއިރާތައް ކަނޑައަޅާނީ، އުސޫލުގެ ދަށުން “މަތީ ތަޢުލީމަށް ޒަކާތު ފަންޑުން ސްކޮލަރޝިޕާއި ޚާއްޞަ އެހީ ދިނުމާބެހޭ ކޮމިޓީ” އިންނެވެ. އަދި  އުސޫލުގެ ދަށުން ސްކޮލަރޝިޕް ދެވޭނީ ހަމައެކަނި މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ވެލިޑޭޓްކުރާ ކޯސްތައް ހިންގާ އަދި އެ އޮތޯރިޓީން ޤަބޫލުކުރާ މަރުކަޒުތަކުގެ ތެރެއިން އުސޫލުގެ ދަށުން ކަނޑައަޅައި އާންމުކުރާ ނޮން-އޯ.އީ.ސީ.ޑީ ޤައުމުތަކުގެ މަތީ ތަޢުލީމު ދޭ މަރުކަޒުތަކުގައި ކިޔެވުމަށެވެ.

އިސްލާމިކް މިނިސްޓްރީން ކަނޑައަޅާފައިވާ އުސޫލްހެ ދަށުން ސްކޮލަރޝިޕްގައި ކިޔަވާ ދަރިވަރުން ސަމާލު ކަން ދޭންޖެހޭ މުހިންމު ކަންތައްތައްތައް ވެސް ވަނީ ވަނީ އުސޫލްގައި ބަޔާންކޮށްފައެވެ. އެގޮތުން  ދަރިވަރުން ތަޢުލީމު ހާސިލުކުރަން ފެށުމަށްފަހު، އެ ދަރިވަރު ކިޔަވަމުންދާ ކޯހާއި، ކޯހުގެ މުއްދަތާއި، މަތީ ތަޢުލީމު ދޭ މުއައްސަސާއާއި، ކިޔަވަންދާ ޤައުމު ބަދަލުކުރުމުގެ ފުރުޞަތެއް ނުދެވޭނެއެވެ . ނަމަވެސް، ޚާއްޞަ ހާލަތެއް މެދުވެރިވެގެން ކޯސް ނުވަތަ ކޯހުގެ މުއްދަތު ނުވަތަ މަތީ ތަޢުލީމު ދޭ މުއައްސަސާ ބަދަލުކުރުމަށް ހުށަހަޅައިފި ނަމަ، އެކަމާމެދު ގޮތެއް ނިންމާނީ މިނިސްޓްރީންނެވެ.

މީގެއިތުރުން ދަރިވަރު ކިޔަވަމުންގެންދާ މަތީ ތަޢުލީމު ދޭ މުއައްސަސާއިން ސެޓުފިކެޓު އެވޯޑް ކުރުމަށް ކަނޑައަޅައިފައިވާ އެންމެ ދަށް މިންގަނޑަށްވުރެ، ދަރިވަރުގެ އެކަޑަމިކް ޕަރފޯމަންސް ދަށްވެގެން ނުވާނެއެވެ. އަދި ދަރިވަރު ކޯހުގައި ހުންނަ މުއްދަތަށް ދެވޭ ސްޓ ޑެންޓް ހެލްތު އިންޝުއަރެންސް ކަވަރގެ އިތުރުން، ކޯހުގެ މުއްދަތުގައި ބަލިވެގެން ހިނގާ އެއްވެސް ޚަރަދަކަށް އިތުރު އެހީއެއް ނުދެވޭނެއެވެ.

އުސޫލުގައި ބުނެފައިވާ ގޮތުގައި  ދަރިވަރު ކޯހުގައި ކިޔަވަމުންދާއިރު، އިސްލާމް ދީނަށާއި، ދިވެހި ދައުލަތުން އަންގާ އެންގުންތަކަށް ކިޔަމަންތެރިކަން އަދާކުރަންވާނެއެވެ. މީގެ އިތުރުން، ރާއްޖެއިން ބޭރުގައި ކިޔަވާ ދަރިވަރުން، އެ ދަރިވަރު ކިޔަވަމުންދާ ޤައުމެއްގެ ޤާނޫނުތަކަށާއި ގަވާއިދުތަކަށް ޙުރުމަތްތެރިކޮށް ހިތަންވާނެއެވެ. އަދި ދިވެހިރާއްޖެއިން ބައިވެރިވެފައިވާ ބައިނަލްއަޤްވާމީ މުޢާހަދާތަކަށް ޙުރުމަތްތެރިކޮށް ހިތަންވާނެއެވެ.

މީގެއިތުރުން ޒަކާތު ފަޑުން ސްކޮލަރޝިޕާއި އެހީދުނުމުގައި އަމަލު ކުރާނެ ގިނަ ކަންތައްތަކެއް އިސްލާމިކް މިނިސްޓްރީން އެކުލަވައިލި އުސޫލުގައި ވަނީ ބަޔާންކޮށްފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: