ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ދަނޑުވެރިކަމަށް ފަޅުރަށް ދޫކުރުމަކީ ދެކޮޅުޖެހޭ ކަމެއް ނޫން: ނަޝީދު

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު މަޖިލީހުގެ ރިޔާސަތުގައި
ޝެއާރކޮށްލާ ކަހަލަދޯ؟

ދަނޑިވެރިކަމަށް ރާއްޖޭގެ ފަޅުރަށްތައް ދޫކުރުމަކީ ދެކޮޅުޖެހޭ ކަމެއް ނޫން ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ފިޝަރީޒް އެންޑް އެގްރިކަލްޗާ މިނިސްޓަރު ޒަހާ ވަހީދުއާ މަޖިލިސްގައި ސުވާލު ކުރުމަށް ހުޅުވާލި ވަގުތު ކޮޅު ނިންމާލުމަށް ފަހު ނަޝީދު ވިދާޅުވީ ދަނޑުވެރިކަމަށް ދިގު މުއްދަތަށް ރަށް ދޫކުރާތާ މިހާރު ގާތްގަނޑަކަށް 32 އަހަރު ވެދާނެ ކަމަށާއި އެއިން އެއްވެސް ރަށަކީ ވިޔަފާރީގައި ދެކޮޅު ޖެހޭ ރަށެއް ނޫން ކަމަށް މަޖިލީހުގެ ހުރިހާ މެމްބަރުންނަށް ވެސް ޔަގީންކަމާ އެކު ދަންނަނަވަން ކެރޭނެ ކަމަށެވެ.

“މިނިސްޓްރީން ބެއްލެވި ނަމަވެސް، އަދި އަމިއްލަ ފަރާތަކުން ބެއްލެވި ނަމަވެސް އަދި ބޭންކަކުން ބެއްލެވި ނަމަވެސް ދަނޑުވެރިކަމަށް ރާއްޖޭގައި ދޫކޮށްފައިވާ އެއްވެސް ރަށެއް އެއީ ދެކޮޅު ޖެހޭ ވިޔަފާރިއެއް ނޫން.

ނަޝީދު ވިދާޅުވީ ރިސޯޓު ވިޔަފާރިއަށް ރަށް ދޫކުރުމަކީ ވަރަށް ދެކޮޅު ޖެހޭ ވިޔަފާރިއެއް ކަމަށާއި އެ ރަށްތަކުން ނަފާއާއި މަންފާ ލިބޭ ކަމަށެވެ. ނަމަވެސް ރާއްޖޭގައި ދަނޑުވެރިކަން ކާމިޔާބު ގޮތެއްގައި ހިނގަމުން އަންނަނީ އއ. ތޮއްޑޫ ފަދަ މީހުން ދިރިއުޅޭ ރަށް ރަށުގައި ކަމަށް ނަޝީދު ވިދާޅުވިއެވެ.

“މި މަޖިލީހުގެ ލަފާ ކޮވިޑްގެ ހާލަތުގައި އެރުވިއިރު، ވަރަށް ސާފުކޮށް ދިރާސާތައް ކުރެއްވި، ފަޅުރަށް އިތުރަށް ދޫކުރަން އުޅުމަކީ ބުއްދިވެރިކަމެއް ނޫން ކަމަށް މި މަޖިލީހުން ސަރުކާރަށް ލަފާ އެރުވިން. އެހެންނަމަވެސް27 ހެކްޓަރުގެ ރަށާއި30 ހެކްޓަރު ރަށަކާ، އޮތް ބިން ކޮޅެއް ވެއްޖެއްޔާ މި ހޮލިޑޭ ހޯމް އަށް ދޫކޮށް ދަނީ. އަޅުގަނޑުމެނަށް ހާމަ ސާފުކޮށް އެނގޭ ކަމެއް މީ ދެކޮޅު ޖެހޭ ކަމެއް ނޫންކަން.” ނަޝީދު ވިދާޅުވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: