ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ސިޔާދަތު ގަބޫލުނުކުރެވޭ ވަޒީރުން ކުފޫހަމަނުވޭ: ޖަމީލު

ޝެއާރކޮށްލާ ކަހަލަދޯ؟
Share on facebook
Share on twitter
Share on whatsapp
Share on telegram
Share on print

ރާއްޖެއަކީ މިކަނޑުގައި ނުފޫޒުގަދަ ޤަޢުމެއް ކަމަށާއި ސިޔާދަތު ގަބޫލުނުކުރެވޭ ވަޒީރުން ކުފޫހަމަނުވާ ކަމަށް ކުރީގެ ނައިބް ރައީސް މުހައްމަދު ޖަމީލު އަހުމަދު ވިދާޅުވެއްޖެއެވެ.

ޖަމީލް މިހެން ވިދާޅުވީ އިންޑިއާ އިން ރާއްޖެ ހިފައި، އެގައުމުގެ އަތްދަށަށް ރާއްޖެ ގެންނަ ބޭނުންވާ ނަމަ މިހާރު ވެސް އެކަން އޮންނާނީ ކޮށްފައި ކަމަށާއި އެކަމުގައި ރާއްޖެއަށް "ކުރެވޭނެ އެއްވެސް ކަމެއް ނޯންނާނެ" ކަމަށް އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއިލް ވިދާޅުވުމާ ގުޅިގެންނެވެ.

އެގޮތުން ޖަމީލު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ބޮޑުވުމުން ބާރުގަދަވުމަކީ ދުނިޔޭގެ އުޞޫލެއް ނޫން ކަމަށާއި ގަތަރު، ސިންގަޕޯ ފަދަ އެތައް ޤަޢުމެއް އޮތީ ބޮޑެތި ޤަޢުމުތަކުގެ ވަށައިގެން ކަމަށެވެ.

"ރާއްޖެއަކީ މިކަނޑުގައި ނުފޫޒުގަދަ ޤަޢުމެއް. ޞިޔާދަތު ޤަބޫލުނުކުރެވޭ ވަޒީރުން ކުފޫހަމަނުވޭ. މޮޅުކަމަކަށް ތިކުރެވެނީ 24 ގަޑިއިރު ދިވެހިން ނިކަމެތިކުރުންތޯ؟" ޖަމީލް ވިދާޅުވިއެވެ.

އިންޑިއާ ގުޅޭގޮތުން ގިނަ އަޑުތަކެއް ފެތުރިގެން އުޅޭ މިދުވަސްވަރު "އިންޑިއާއައުޓް"ގެ ނަމުގައި މީސް މީޑިއާގައި ބައެއް ދިވެހީންދަނީ ބޮޑެތި ކެމްޕޭނެއްވެސް ހިންގަމުންނެވެ.

 

 

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published.

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: