ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އުންމީދަކީ ހުރިހާ މަދަރުސާއަކާއި މަޖިލީހުގެ ކުތުބުހާނާއާއި ގުޅުވާލުން: ރައީސް ނަޝީދު

ރައްޔިތުންގެ މަޖިލީހުގެ ރައީސް ރައީސް މުހައްމަދު ނަޝީދު: ފޮޓޯ މަޖިލިސް
ޝެއާރކޮށްލާ ކަހަލަދޯ؟

އުންމީދަކީ ހުރިހާ މަދަރުސާއަކާއި މަޖިލީހުގެ ކުތުބުހާނާއާއި ގުޅުވާލުންކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

މަޖިލީހުގެ މިއަދުގެ ޖަލްސާ ފައްޓަވައިދެއްވަމުން ދެއްކެވި ވާހަކަފުޅުގައި ރައީސް ނަޝިދު ވިދާޅުވީ، މަޖިޅިހުގައި ގާއިމްކުރަމުންދާ ކުތުބުހާނާގެ މަސައްކަތް ކުރިއަށްދާ ކަމަށެވެ. އަދި މިހާރު މަޖިލީހުގެ ޑެޕިޔުޓީ ޑައިރެކްޓަރގެ މަގާމަށް ފާތިމަތު ޝިހާމް އައްޔަންކުރައްވާފައިވާކަމަށާއި ކުތުބުހާނާގެ މަސައްކަތް ކުރިއަށްދާނީ ފާތިމަތު ޝިހާމްގެ ބެއްލުވުމުގެ ދަށުން ކަމަށެވެ.

ފާތިމަތު ޝިހާމަކީ ގައުމީ ކުތުބުހާނާއާއި، އިންފޮމޭޝަން ކޮމިޝަންގައި މަސައްކަތްކުރައްވާފައިވާ ބޭފުޅެއްކަމަށާއި ލައިބްރަރީ ސައިންސްއިން ތައުލީމް ހާސިލްކުރައްވާފައިވާ ބޭފުޅެއްކަމަށް ވިދާޅުވިއެވެ.

ރައީސް ނަޝީދު ވިދާޅުވީ، ކުތުބުހާނާގެ ބޭނުމަކީ މަޖިލީހުގެ ޒަމާންވީ ލިޔުންތަކާއި މިހާރު ކުރަމުންދާ މަސައްކަތްތަކާއި ޔައުމިއްޔާ ފަދަ ހުރިހާ އެއްޗެއް އެއެއް ތަނަކުން ފެންނަން ހުންނާނެ ގޮތަކަށް އިންތިޒާމްކުރުންކަމަށެވެ. އަދި މިއީ އިތުރު ދިރާސާތަކަށް ރަނގަޅު ތަނަކަށް ވެގެންދާނެކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.

ގާނޫނުތައް ފޮތްބއެއް ގޮތުގައި ނެރުމުގެ މަސައްކަތް ކުރަމުން އެބަދޭ. ގާނޫނުތަކުގެ ރިފަރެންސް ނަމްބަރާއި ނޯޓްސް އާއެކު ނެރުމަކީ މަޖިލީހުގެ އެއް މަސައްކަތް. އަދި މަޖިލީހަށް އިސްތިރާކު ބަލައިގަނެ، މަޖިލީހުގެ ރިޕޯޓްތަކާއި، ބިލުތަކާއި އެހެނިހެން މައުލޫމާތު އިސްތިރާކަށް އެދިފައިވާ ފަރާތްތަކަށް ފޮނުވައިދނުމުގެ އިންތިޒާމެއް ހަމަޖެއްސުން

މީގެއިތުރުން ކުރިއަށްތަނުގައި ރިފެރެންސް ނަމްބަރު ޖެހުން ހައްދުފަހަނައަޅާ މިންވަރު އިތުރުވެގެންދާނެކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ. އަދި އެކަމުގެ ސަބަބުން މެމްބަރުން ގަނޑުކޮޅުގައި އެއްޗެއް ޖެހިޔަސް އަދި މެމްބަރަކު އެއްޗެއް ވިދާޅުވިޔަސް އެކަމަށްވެސް ރިފަރެންސް ނަމްބަރެއް ޖެހިގެންދާނެކަމަށް މަޖިލީޙުގެ ރައީސް ވިދާޅުވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: