ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ކުޑަކުދިންގެ ހައްގުތަކާ ގުޅޭގޮތުން ކުދިން ހޭލުންތެރިކުރުމަށް ބައެއް އާއިލާތަކުން ޖެހިލުންވޭ: ފަޒްނާ

ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ފަޒްނާ އަހުމަދު
ޝެއާރކޮށްލާ ކަހަލަދޯ؟
Share on facebook
Share on twitter
Share on whatsapp
Share on telegram
Share on print

ކުޑަކުދިންގެ ހައްގުތަކާ ގުޅޭގޮތުން ކުދިން ހޭލުންތެރިކުރުމަށް ބައެއް އާއިލާތަކުން ޖެހިލުންވާކަމަށް ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ފަޒްނާ އަހުމަދު ވިދާޅުވެއްޖެއެވެ.

"އިންޓަރނޭޝަނަލް ޑޭ އޮފް ދަ ގަރލް ޗައިލްޑް 2020" ފާހަގަކުރުމުގެ ގޮތުން އެޑްވޮކޭޓިންގ ދަ ރައިޓްސް އޮފް ޗިލްޑްރަން (އާރކް) އާއި ޔުނައިޓެޑް ނޭޝަންސް ޗިލްޑްރަންސް ފަންޑް (ޔުނިސެފް) ގުޅިގެން ނެރޭ ޚާއްސަ ފޮތެއް އިފްތިތާހުކުރުމަށް އޮންލައިންކޮށް ބޭއްވި ހަރަކާތުގައި ވާހަކަފުޅު ދައްކަވަމުން ފަޒްނާ ވިދާޅުވީ ކުދިން ހޭލުންތެރިކުރުމަށް ބައެއް ޢާއިލާތަކުން ޖެހިލުންވާ އެއް ސަބަބުކަމުގައި ބެލެވެނީ ޙައްޤުތަކާ ގުޅިގެން ކުދިން ބާރުވެރިކުރުވުމަކީ އެ ކުދިންގެ އަޚްލާޤަށް ނޭދޭވޭ އަސަރު ކުރުވާނެ ކަމެއްކަމުގައި ދެކޭތީކަމަށެވެ. އަދި މިކަމަށް އޮތް ހައްލަކީ ލިބިފައިވާ ކޮންމެ ހައްގަކާއެކު ޒިންމާއެއްވާކަން ކުޑަކުދިންނަށް އަމަލާއި ބަހުން ދެއްކުންކަމުގައި އެކަމަނާ ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ވިދާޅުވީ، ސީޑޯ މުޢާހަދާގެ މައްޗަށް އަންހެން ކުދިންނާއި ފިރިހެން ކުދިން އަހުލުވެރިކުރުވުމަކީ އެ ކުދިންގެ އަސާސީ ހައްގުތައް ކަށަވަރުކުރުމަށް އެކި އުމުރުގެ ހުރިހާ ކުދިންނަށް ދެވޭ ހިތްވަރެއްކަމުގައެވެ. އަދި ކޮންމެ އަންހެން އަދި ފިރިހެން ކުއްޖަކަށް އެ ކުއްޖެއްގެ ހައްގު މަގާމު ޢާއިލާއާއި މުޖުތަމަޢުގައި ހޯދުމަށް ދެވޭ ވަސީލަތެއްކަމަށާއި، ހަމަހަމަކަމާއި، އަންހެނުންގެ ހައްގުތަކާ ގުޅޭގޮތުން ހޭލުންތެރި ބާރުވެރި އަންހެން ދަރިން ތަރުބިއްޔަތު ކުރުމަކީ އަނިޔާއާއި ތަފާތުކުރުމުން ލިބޭ ގެންލުންތަކުން އެ ކުދިން ސަލާމަތްކުރުމަށް އެޅޭ މުހިންމު ފިޔަވަޅެއްކަން އެ ކަމަނާ ފާހަގަކުރެއްވެވިއެވެ.

 

 

އަންހެނުންނާމެދު ކުރެވޭ ހުރިހާ ބާވަތެއްގެ ނޭދެވޭ ތަފާތުކުރުންތައް ނައްތައިލުމާބެހޭ އ.ދ.ގެ މުއާހަދާކަމުގައިވާ ސީޑޯއަކީ އަންހެނުންނާއި އަންހެން ކުދިންނަށް އޮތް ރައްކާތެރިކަމުގެ އިތުރުން ހަމަހަމަ ފުރުސަތުތައް ފަހިކޮށްދިނުމަށް ބާރުއަޅާ ވަސީލަތެއްކަމުގައިކަމަށް ވިދާޅުވިއެވެ. ހަމަ އެއާއެކު، މި މުއާހަދާއިން ބާރުއަޅަނީ އަންހެނުންނާއި އަންހެން ކުދިންނަށް ހަމަހަމަ ފުރުސަތާއި ވަސީލަތްތައް ފޯރުކޮށްދިނުންކަން ފާހަގަކުރައްވާ އެ ކަމަނާ ވިދާޅުވީ، އެ މުއާހަދާގެ ޒަރިއްޔާއިން ކުޑަކުދިން ބާރުވެރިކުރުމަކީ ކުޑަކުދިންގެ ހައްގުތައް ރައްކާތެރިކޮށްދޭ ބައިނަލްއަގްވާމީ މުއާހަދާކަމުގައިވާ "ކޮންވެންޝަން އޮން ދަ ރައިޓްސް އޮފް ދަ ޗައިލްޑް (ސީ.އާރް.ސީ)" އަށް އަހުލުވެރިކުރުން ފަދަ މުހިންމުކަމެއްކަމުގައެވެ.

މީގެއިތުރުން ހަމަހަމަކަމާއި، އަންހެނުންގެ ހައްގުތަކާ ގުޅޭގޮތުން ހޭލުންތެރި، އަދި ބާރުވެރި އަންހެން ދަރިންތަކެއް ތަރުބިއްޔަތު ކުރުމަކީ އަނިޔާއާއި ތަފާތުކުރުމުން ލިބޭ ގެންލުންތަކުން އެ ކުދިން ސަލާމަތްކުރުމަށް އެޅޭ އެންމެ މުހިންމު ފިޔަވަޅުކަމުގައި ވެސް ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ވިދާޅުވިއެވެ. ހަމަ މިމޭރުމުން ވާހަކަފުޅު ދައްކަވަމުން އެ ކަމަނާ ވިދާޅުވީ، އަންހެނުންނާއި އަންހެން ކުދިންގެ ހައްގުތަކާ ގުޅޭގޮތުން ފިރިހެން ކުދިން ހޭލުންތެރިކުރުވުމަކީ ވެސް އަންހެނުންނާ މެދު ކުރެވޭ ނޭދެވޭ ތަފާތުކުރުންތައް ނައްތައިލުމަށް އެޅޭ ބިންގަލެއްކަމުގައެވެ.

ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުންގެ ވާހަކަފުޅު ނިންމަވައިލައްވަމުން އެ ކަމަނާ ވަނީ އިފްތިތާހުކުރި” ދަ ކޮންވެންޝަން އޮން ދި އެލިމިނޭޝަން އޮން އޯލް ފޯމްސް އޮފް ޑިސްކްރިމިނޭޝަން އަގެއިންސްޓް ވިމެން” ފޮތަކީ އާއިލާތައް ބާރުވެރިކުރުމަށާއި ކުޑަކުދިން ބާރުވެރިވެރިކުރުމަށް އެހީތެރިވެދޭނެ މުހިންމު އަދި ބޭނުންތެރި ވަސީލަތެއްކަމުގައި ވިދާޅުވެފައެވެ. އަދި މިފަދަ ފޮތެއް ނެރުމުގައި އާރކްއާއި ޔުނިސެފް، އަދި މިކަމުގައި ޝާމިލުވާ އެންމެހާ ފަރާތްތަކަށް އެކަމަނާ ވަނީ ޝުކުރުއަދާ ކުރައްވާފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published.

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: