ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އިންޑިއާ ބޭނުންނަމަ ރާއްޖެ ހިފިދާނެ ކަމަށް ވިދާޅުވުމުން ފައްޔާޒު ހޫނުފެނަށް!

ފަންނު އެކްސްޕޯގައި މިނިސްޓަރ ފައްޔާޒު ވާހަކަފުޅު ދައްކަވަނީ... ފޮޓޯ:އަވަސް
ޝެއާރކޮށްލާ ކަހަލަދޯ؟

އިންޑިއާ އިން ރާއްޖެ ހިފަން ބޭނުން ނަމަ، ދިވެހިން މަރާފައި ވިޔަސް އެކަން ކުރާނެ ކަމަށް އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލް ވިދާޅުވުމުން އޭނާއަށް ގިނަ ބައެެއްގެ ނުރުހުން އަމާޒުވާން ފަށައިފިއެވެ.

ފައްޔާޒް މިހެން ވިދާޅުވީ ދިވެހިރާއްޖޭގެ އަޑުން ގެނެސްދޭ ޕްރޮގްރާމެއްގައި ވާހަކަ ދައްކަވަމުންނެވެ. ރާއްޖޭގައި އިންޑިއާގެ ނުފޫޒު ބޮޑުވެ، އެ ގައުމުގެ ސިފައިން ރާއްޖޭގައި ތިބޭ މައްސަލާގައި ރައްޔިތުން ދަނީ ކަންބޮޑުވުން ފާޅު ކުރަމުންނެވެ. އެކަމާއި ގުޅިގެން “އިންޑިއާ އައުޓް” ގެ ނަމުގައި ކެންޕެއިނެއްވެސް ދަނީ ހިންގަމުންނެވެ.

އިންޑިއާ އައުޓް” ގެ ނަމުގައި ހިންގަމުން އަންނަ ކެމްޕެއިނަށް އިޝާރާތް ކުރައްވާ ފައްޔާޒު ވިދާޅުވީ އިންޑިއާއިން ދިވެހިރާއްޖެ ހިފާ އިންޑިއާގެ ދަށުކޮށްލަން ބޭނުންނަމަ މިހާރުވެސް އެކަން އޮންނާނީ ކޮށްފައި ކަމަށެވެ. އިންޑިއާއިން އެކަން ކުރަން ދިމާކޮށްފިނަމަ ދިވެހިންނަށް ކުރެވޭނެ އެއްވެސް ކަމެއް ނޯންނާނެ ކަމަށްވެސް ވިދާޅުވިއެވެ. އަދި އިންޑިއާއިން ރާއްޖެ ހިފަން ބޭނުންނަމަ ހުރިހާ ދިވެހިން މަރާފައިވެސް އެކަން ކުރާނެ ކަމަށް ވިދާޅުވިއެވެ.

“އިންޑިއާއިން ދިވެހިރާއްޖެ ހިފާ އިންޑިއާގެ ދަށުކޮށްލަން ބޭނުންވެއްޖިއްޔާމު އެކަން އޮންނާނީ މިހާރުވެސް ކޮށްފައި. އަޅުގަނޑުމެންނަށް ކުރެވޭނެ އެއްވެސް ކަމެއް ނޯންނާނެ. މި ދަންނަވަނީ ސިފައިން މަަސައްކަތް ނުކުރާ ވާހަކައެއް ނޫން. އަޅުގަނޑުމެންނަށްވުރެ މާ ބާރުގަދަ ގައުމެކޭ އަޅުގަނޑު މި ދަންނަވަނީ. އަޅުގަނޑުމެން އެންމެން މަރާފަވެސް އެމީހުން ބޭނުންވެއްޖިއްޔާ ކުރާނެ،” ފައްޔާޒު ވިދާޅުވިއެވެ.

އެކަމަށް މަޑުއްވަރީ ދާއިރާގެ މެމްބަރު އަދި ޕީއެންސީގެ ޕާލަމަންޓްރީ ގްރޫޕްގެ ލީޑަރު އާދަމް ޝަރީފް އުމަރު ވިދާޅުވީ ދިވެހިން މަރާފައިވެސް އިންޑިއާ ބޭނުން ނަމަ ރާއްޖެ ހިފާނެކަމަށް ސަރުކާރުން ބުނުމަކީ ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަމާ މެދު އެއްވެސް ޔަގީންކަމެއް ނެތްކަން ދޭހަކޮށްދޭ ކަމެއް ކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 100%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: