ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ސިފައިންގެ އިސްވެރިންނާއި ރައީސް ނަޝީދު ބައްދަލުކުރައްވައިފި

ޝެއާރކޮށްލާ ކަހަލަދޯ؟

ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހަންމަދު ނަޝީދު ސިފައިންގެ އިސްވެރިންނާޢި މިއަދު ބައްދަލުކުރައްވައިފިއެވެ.

ނަޝީދު ބައްދަލުކުރައްވާފައިވަނީ މިނިސްޓަރ އޮފް ޑިފެންސް، އަލްއުސްތާޛާ މާރިޔާ އަޙްމަދު ދީދީއާއި ޗީފް އޮފް ޑިފެންސް ފޯސް، މޭޖަރ ޖެނެރަލް ޢަބްދުﷲ ޝަމާލްއާއެވެ

ނަޝީދު މި ބޭފުޅުންނާއި ބައްދަލުކުރައްވާފައި ވީ ނަމަވެސް އެ ބައްދަލުވުމާ ގުޅޭ އިތުރު ތަފްސީލެއް މަޖިލީހުގެ އިދާރާއިން ދީފައެއް ނުވެއެވެ.

ސިފައިންގެ އިސްވެރިންނާއި ނަސީދު ބައްދަލު ކުރައްވާފައި މިވަނީ ރާޢްޖޭގައި ތިބި އިންޑިއާ ސިފައިން ބޭލުމައްގޮވާލާ ވަރުގަދަ ކެމްޕެއިންއެއް ކުރިއަތް ގެންދަމުންދާ ދަނޑިވަޅެއްގައިކަން ފާހަގަ ކޮށްލެވެއެވެ.

އެ ކެމްޕޭނާއި ގުޅޭގޮތުން ދާދިފަހުން ވާހަކަދައްކަވަމުން ނަޝީދު ވަނީ “އިންޑިއާ އައުޓް” އޭ ކިޔާ ގޮވަނީ ރާއްޖޭގައި ހަރަކާތްތެރިވާ ދީނީ ހަރުކަށި ޖަމާއަތެއް ކަމަށްވާ އައިސިސްގެ ސެލްތަކުން ކަމަށް ވިދާޅުވެފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 100%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: