ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ކޮވިޑް ޖެހިގެން ރާއްޖެއިން 35 ވަނަ މަރު!

ޝެއާރކޮށްލާ ކަހަލަދޯ؟

ކޮވިޑް-19 ގައި ރާއްޖެއިން އިތުރު ދިވެއްސަކު ނިޔާވެއްޖެއެވެ.

އެޗްޕީއޭ އިން ބުނީ މިއަދު މެންދުރު 2:20 ގައި ނިޔާވެފައި ވަނީ އުމުރުން 56 އަހަރުގެ ދިވެހި އަންހެނެކެވެ. މިއީ މި ބަލީގައި ރާއްޖެއިން ނިޔާވި 35 ވަނަ މީހާއެވެ.

ރާއްޖެއިން ކޮވިޑަށް ޕޮޒިޓިވްވާ މީހުންގެ އަދަދު އިތުރުވުމަށްފަހު މިހާރު އަންނަނީ ކޮންމެވެސް ވަރަކަށް ދަށްވަމުންނެވެ. އެގޮތުން މީގެކުރިން ކޮންމެ ދުވަހަކު 100 އަށް ވުރެ މަތިން މީހުން ޕޮޒިޓިވްވި ނަމަވެސް ފާއިތުވި ދުވަސްތަކުގައި އެ އަދަދު ވަނީ 100 އަށް ވުރެ ދަށްވެފައެވެ.

ރާއްޖެއިން މިހާތަނަށް 10،000 އަށް ވުރެ ގިނަ މީހުން ކޮވިޑަށް ޕޮޒިޓިވް ވެފައިވާއިރު، 9،000 އަށް ވުރެ މީހުން ވަނީ ބަލިން ރަނގަޅުވެފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 100%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: