ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މާލޭގެ ސްކޫލުތަކުގައި ގްރޭޑް 7 އަދި 8 އަށް މި މަހު ކިޔަވައިދޭން ފަށަނީ

މާލޭގެ ހާލަތު ރަނގަޅުވުމުން މީގެ ކުރިން ވެސް ސްކޫލުތަކުގެ ކިޔެވުން ފެށި/ ފޮޓޯ: މިހާރު
ޝެއާރކޮށްލާ ކަހަލަދޯ؟

މި މަހުގެ ތެރޭގައި މާލޭގެ ސްކޫލުތަކުގައި ގްރޭޑް 7 އަދި 8 ގެ ދަރިވަރުންނަށް ކިޔަވައި ދޭން ނިންމައިފި އެވެ.

އެޑިއުކޭޝަން މިނިސްޓްރީގެ ޑިރެކްޓަ ޖެނެރަލް އިބްރާހިމް އާސިފް ރަޝީދު ސޮއިކުރައްވާ ސްކޫލުތަކުގެ ޕްރިންސިޕަލުންނަށް ފޮނުއްވި ސިޓީއެއްގައި ވަނީ މި މަހު ގްރޭޑް 7 އަދި 8 ގެ ކުދިންނަށް ސްކޫލުތައް ހުޅުވާލަން ނިންމާފައިވާ ކަމަށެވެ.

އެގޮތުން އޮކްޓޯބަރު 19 އިން ފެށިގެން ގްރޭޑް 8 ގެ ދަރިވަރުންނަށް އަދި އޮކްޓޯބަރު 25 އިން ފެށިގެން ގްރޭޑް 7 ގެ ދަރިވަރުންނަށް މާލޭގެ ސްކޫލުތަކުގައި ކިޔަވައިދޭން ނިންމާފައިވާ ކަމަށް އެ ސިޓީގައި ވެއެވެ.

އެގޮތަށް ނިންމާފައި ވަނީ ކޮވިޑް-19 ގެ މިހާރުގެ ހާލަތަށް ރިއާޔަތްކޮށް، ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) ގެ ލަފާގެ މަތިން ކަމަށް އެ ސިޓީގައި ވެއެވެ.

ގްރޭޑް 7 އަދި 8 ގެ ދަރިވަރުންނަށް މި މަހު ސްކޫލުތަކުގައި ކިޔަވައިދޭން ފަށަން ނިންމާފައި ވާއިރު، ގްރޭޑް 9 އިން 12 އާ ދެމެދުގެ ކުދިންނަށް މިހާރު އަންނަނީ ސްކޫލުތަކުގައި ކިޔަވައިދެމުންނެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: