ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އާޒިމާގެ މައްޗަށް ކުރާ މަނީލޯންޑްރިންއަށް މަގުފަހިކޮށްދިނުމުގެ ދައުވާ: މައްސަލައިގައި ދެ ފަރާތް ދެމެދު ހޫނު ބަހުސްއެއް!

އާޒިމާގެ މައްޗަށް ކުރާ މަނީލޯންޑާއަށް މަގުފަހިކޮށްދިނުމުގެ ދައުވާގެ އަޑުއެހުމުގެ ތެރެއިން
ޝެއާރކޮށްލާ ކަހަލަދޯ؟

އެމްއެމްޕީއާރުސީގެ ބޮޑު ހިޔާނާތުގެ ފައިސާގެ ތެރެއިން ކުރީގެ ރައީސް އަބްދުﷲ ޔާމީނަށް އެއް މިލިއަން ޑޮލަރު ލޯންޑަ ކޮށްދިނުމުގައި އެހީތެރިވި ކަމަށް ބުނެ  އޭރުގެ ލީގަލް އެފެއާޒް މިނިސްޓަރު އައިޝަތު އާޒިމާ ޝަކޫރުގެ މައްޗަށް އުފުލާފައިވާ ދައުވާތައް އޮޅުވާލުމަށް އޭނާ މަސައްކަތް ކުރަމުން ދާ ކަމަށް ދައުލަތުން ބުނެފިއެވެ.

އާޒިމާގެ މައްޗަށް ދޮގު މައުލޫމާތު ދިނުމުގެ ދައުވާ ކުރަނީ ވެރިކަމިުގައި ހުންނަވައިގެން މަނީލޯޑާރ ކުރެއްވި ކަމުގެ ކުށް ސާބިތުވެ، ފަސް އަހަރުގެ ޖަލު ހުކުމް ތަންފީޒު ކުރައްވަމުން ގެންދަވާ ރައީސް ޔާމީންގެ އެކައުންޓަށް ޖަމާވި އެއް މިލިއަން ޑޮލަރު އެސްކްރޯ އެކައުންޓަށް ޖަމާކުރި މައްސަލައިގައި އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އަށް އާޒިމާ ދޮގު މައުލޫމާތު ދީފައިވާ ކަމަށް ބުނާ މައްސަލައިގައެވެ. އަދި މަނީ ލޯންޑްރިންއަށް މަގުފަހިކޮށްދިނުމުގެ ދައުވާ ކުރަނީ އެ ފައިސާ އެސްކްރޯ އެކައުންޓަށް ޖަމާނުކޮށް، އިންވެސްޓްމަންޓް އެކައުންޓަކަށް ބަދަލުކުރުމުގައި ބޭންކުން ލިޔުމެއް ހޯދުމުގައި އާޒިމާ މަސައްކަތްކޮށް، އެ ފައިސާ އަސްލު އޮޅުވާލަން މަސައްކަތް ކުރި ކަމަށް ތުހުމަތުކޮށެވެ.

މައްސަލައިގައި މިއަދު ބޭއްވި އަޑުއެހުމުގައި ވާހަކަ ދައްކަވަމުން އާޒިމާގެ ގާނޫނީ ވަކީލް ވިދާޅުވީ، މީގެ ކުރިން މި މައްސަލަ ކުރިޔަށް ގެންގޮސްފައިވަނީ ޖިނާއީ އިޖުރާއަތުގެ ގާނޫނާއި ހިލާފަށް ކަމަށެވެ. އަދި އޭރު މައްސަލަ ކުރިޔަށް ގެންދިޔައިރު ކުރާ ތުހުމަތަކީ ކޮބައިކަން ސާފުކޮށްދީފައި ނުވާ ކަމަށް ވަކީލް ވިދާޅުވިއެވެ. ދައުލަތުން އާޒިމާގެ މައްޗަށް ތުހުމަތުތަކެއް ކުރާއިރު މި ތުހުމަތުތައް ބިނާވަނީ ކޮން އަސާސެއްގެ މައްޗަށްކަން ސާފު ނުވާ ކަމަށް އޭނާ ވިދާޅުވިއެވެ.

ދައުވާގެ ސީއާ ސާފުކޮށްދިނުމަކީ ދައުލަތުގެ ޒިންމާއެއްގެ ގޮތުގައި އާޒިމާގެ ގާނޫނީ ވަކީލު ވަނީ ފާހަގަ ކުރައްވާފައެވެ. އަދި ތަކުރާރުކޮށް މި ދައުވާ ސާފުނުވާކަމަށް އާޒިމާގެ ފަރާތުން ފާހަގަ ކުރުމުން ވެސް އެއަށް ރިއާޔަތް ކުރުމެއް ނެތި މައްސަލަ ކުރިޔަށް ގެންގޮސްފައިވާ ކަމަށް ވަކީލު ވަނީ ފާހަގަ ކުރައްވާފައެވެ. މައްސަލަ ކުރިޔަށް ގެންދިޔައީ އާޒިމާގެ ފަރާތުން ފާހަގަ ކުރަމުން ދިޔަ ކަންތަކަށް ބެލުމެއްނެތި ކަމަށް ވެސް ވަކީލު ވިދާޅުވިއެވެ.

އާޒިމާގެ ވަކީލް ދެއްވި ވާހަކަތަކަށް ރައްދު ދެއްވާ، ދައުލަތުން ބުނެފައިވަނީ މައްސަލައިގައި ވަކީލް ބަދަލުވާ ކޮންމެ ވަގުތަކު ޖިނާއީ އިޖުރާއަތުގެ ގާނޫނު އަލުން ހިންގަން ނުޖެހޭ ކަމަށެވެ. އަދި އެކަމަށް އާޒިމާ އިއުތިރާޒު ކުރުމުން ދައުލަތުން ވަނީ އެއްވެސް ގޮތަކަށް ގާނޫނު އަސާސީގެ 42 ވަނަ މާއްދާއާއި ހިލާފުވަނީ ނޫންކަން ފާހަގަކޮށްފައެވެ. އެހެން ނަމަވެސް ވަކީލު ބަދަލުވާ ކޮންމެ ވަގުތަކީ، އެއީ އިޖުރާއަތުތައް އަލުން ފަށައިގެން ކުރިޔަށް ގެންދަން ޖެހޭ ސަބަބެއް ނޫން ކަމަށް ދައުލަތުން ތަކުރާރު ކުރިއެވެ.

ދައުލަތަށް ރައްދު ދީ އާޒިމާގެ ވަކީލް ވިދާޅުވީ، އޭނާ ފާހަގަކުރީ މިއަދު ކުރިޔަށް ގެންދާ ޝަރީއަތް ގާނޫނު އަސާސީ އާއި ހިލާފުވާހަކައެއް ނޫން ކަމަށެވެ. އެހެން ނަމަވެސް މީގެ ކުރީގެ އަޑުއެހުންތައް ކުރިޔަށް ގެންދިޔަ ގޮތްކަމަށް އޭނާ ވިދާޅުވިއެވެ. އަދި ވަކީލު ވަނީ ޝަރީއަތް އަލުން ފަށައިފިނަމަ ދައުލަތަށް ގެއްލޭނެ ހައްގެއް ނޯންނާނެ ކަމަށް ބުނެފައެވެ. އަދި އާޒިމާ ވެސް މައްސަލައިގައި ވިދާޅުވީ އިޖުރާއަތުތައް އަލުން ފަށަން ބޭނުންވަނީ މީގެ ކުރިން ގަޒީ އަމަލު ކުރައްވާފައިވާ ގޮތުގެ ސަބަބުން ކަމަށެވެ.

ދައުލަތުން ބުނެފައިވަނީ، މައްސަލައިގައި ލިޔެކިއުންތައް ހުށަހެޅި ކުރިޔަށް ގެންދެވުނުއިރު، ދެ ފަރާތުން އެއަށް ވާހަކަ ދައްކާފައިވާ ކަމަށެވެ.

މައްސަލަ މީގެ ކުރިން ބެއްލެވީ އެހެން ފަނޑިޔާރެއްކަމުން ދެ ގޮތަކަށް މައްސަލައިގައި ގޮތެއް ނިމިގެން ދިއުމުގެ ފުރުސަތު އޮތްކަމަށް އާޒިމާގެ ވަކީލް ވިދާޅުވިއެވެ. އެހެން ކަމުން ގާނޫނު އަސާސީގެ ދަށުން ލިބިގެންވާ ހައްގުތަކާއި އެކު ބޭނުންވަނީ މައްސަލަ އަލުން ފެށުމަށް ކަމަށް ވަކީލް ވިދާޅުވިއެވެ ދައުލަތުން ވަނީ ގިނަ ގާނޫނީ ނުކުތާތަކެއް މި މައްސަލައިގައި ފާހަގަ ކުރައްވާފައެވެ. އަދި މައްސަލަ ބައްލަވާ ފަނޑިޔާރު ހަސަން ސައީދު ވިދާޅުވީ މައްސަލަ އަލުން ކުރިޔަށް ގެންދިއުމަށް ނުފެންނަ ކަމަށެވެ.

އާޒިމާގެ މައްޗަށް ކުރެވޭ ތުހުމަތުގެ މައްސަލައިގައި އާޒިމާ ވިދާޅުވީ، އެމްއެމްޕީއާރުސީގެ ހިޔާނާތުގެ ފައިސާއާއި އޭނާއާއި ގުޅެނީ ކިހިނަކުންކަން ސާފެއް ނޫން ކަމަށެވެ.

މައްސަލައިގެ އަޑުއެހުމުގައި ދައުލަތާއި އާޒިމާއާއ ދެމެދު ވަނީ ހޫނު ބަހުގެ ހަމަލާތަކެއް ވެސް ރައްދުވެފައެވެ. އަދި އަޑުއެހުމުގައި އާޒިމާ ވިދާޅުވެފައިވަނީ މި މައްސަލައިގައި އޭނާއަށް ހަމައެކަނި ތުހުމަތުތަކެއް ކުރެވޭ ސަބަބެއް ނޭނގޭ ކަމަށެވެ. އާޒިމާ ވަނީ ސިޓީގެ މައްސަލަ ފާހަގަކުރައްވާ އެ ސިޓީގައި ސޮއިކޮށްފައިވަނީ އޭސީސީގެ އޭރުގެ ނައިބް ރައީސް މުއައްވިޒު ރަޝީދުކަން ފާހަގަކުރައްވާފައެވެ.

އާޒިމާ ވަނީ މި މައްސަލަ އެމްއެމްޕީއާރުސީގެ ފައިސާގެ މައްސަލައާއި ގުޅޭއިރު، އެސްއޯއެފްގެ އެކައުންޓު މި ފައިސާތައް ޖަމާކުރި އެ ކުންފުނީގެ އެއްވެސް މީހަކާއި ދައުލަތުން ސުވާލު ނުކުރާކަން ފާހަގަކޮށްފައެވެ. އަދި އެއްވެސް މީހެއްގެ މައްޗަށް ޖިނާއީ ތަހުގީގެއް ވެސް ނުހިންގާކަމަށް ވިދާޅުވިއެވެ. އަދި ބީއެމްއެލްއިން ހޯދިކަމަށް ދައުލަތުން ބުނާ ލިއުން އެއީ  ދައުލަތުގެ ފައިސާ ކަމަށް ބެލެވޭ ފައިސާ އެކްސްކްރޯ އެކައުންޓަށް ޖަމާކުރިކަން ޔަގީން ކުރުމަށް ހޯދި ލިޔުމެއް ކަމަށް އޭނާ ވިދާޅުވިއެވެ.

ތިން ގަޑިއިރަށް ވުރެ ދިގު ދެމިގެން ދިޔަ އެ އަޑުއެހުމުގައި އާޒިމާ ވަނީ ރައީސް ޔާމީންގެ އެކައުންޓުތައް ފްރީޒް ކުރުމަށް ދަށު ކޯޓުން އަމުރު ނެރެފައިވަނީ ގޯސްކޮށް ކަން ކަނޑައަޅައި ހައިކޯޓުގެ ހުކުމަށް ތާއީދުކޮށްފަކަން ފާހަގަކޮށްފައެވެ. އެހެން ނަމަވެސް އެއަށް ރައްދު ދީ ދައުލަތުން ބުނެފައިވަނީ އެ ހުކުމް ރައީސް ޔާމީންގެ އެކައުންޓަށް ޖަމާވެފައިވަނީ އެމްއެމްޕީއާރުސީގެ ފައިސާއެއް ނޫން ކަމަށް ބުނެފައި ނެތް ކަމަށެވެ.

ވަރަށް ގަދަ
36%ވަރަށް ގަދަ 18%ވަރަށް ގަޔާވޭ 36%ބޮޑު ޖޯކެއް 9%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

3 Responses

  1. އާޒިމާ މާ މޮޅު ދައުލަތުގެ ވަކީލުން ނަށް ވުރެ ….ދެން ހަޑި އެއް ހާވަނީ….އާޒިމާ…ކިޔަވައިދިން މީހުން…ބޯހަލާކު…

  2. އާޒިމާގެ ވަކީލުއާއި ޤާޟީ އެއި އެއް ތައްޓަކުން ކޮފީ ބޮއިގެން އެއްތައްޓަކަށް ލައިގެން އުޅޭ 2 މީހުން. އެކަމަކު ޤާޟި ހަސަން އަކީ ވަރަށް އިޚްލާޞްތެރި ޤަވާއިދު ގައި ހިފަހައްޓަވާ ބޭފުޅެއް.

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: