ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އައްޑޫ ފްލައިން ސްކޫލްގެ މައްސަލަ އަށް އަވަސް ހައްލެއް ހޯދައިދޭނަން: މިނިސްޓަރު

ހަޔަރ އެޑިއުކޭޝަން މިނިސްޓަރ އިބްރާހިމް ހަސަން... ފޮޓޯ: މިހާރު
ޝެއާރކޮށްލާ ކަހަލަދޯ؟

އައްޑޫ ސިޓީ ގަމުގައި ހިންގަމުން އަންނަ ފްލައިން ސްކޫލްގެ ދަރިވަރުންގެ ކަންބޮޑުވުންތަކަށް ހައްލު ހޯދައިދެއްވާނެ ކަމަށް ހަޔާ އެޑިއުކޭޝަން މިިނިސްޓަރު ޑރ. އިބްރާހިމް ހަސަން ވިދާޅުވެއްޖެއެވެ.

ފްލައިން ސްކޫލްގެ ދަރިވަރުން ބުނާ ގޮތުގައި އަތުން ގިނަ އަދަދަކަށް ފައިސާ ހޭދަވީއިރު ވެސް ކޯސް ނިންމަން ބުނި ތާރީހަށް ނިންމިފައި ނުވުމުގެ އިތުރުން އެކަމުގައި އެ ދަރިވަރުންގެ ހައްގުތަކަށް ވަކާލާތު ކުރާނެ ބަޔަކު ނެތުމުން ކަންބޮޑުވާ ކަމަށެވެ.

މިކަމާ ގުޅިގެން އައްޑޫ މީދޫ ދާއިރާގެ މެމްބަރު ރޮޒެއިނާ އާދަމް ވިދާޅުވީ އެކަމާއި ގުޅިގެން ހަޔާ އެޑިޔުކޭޝަން މިނިސްޓަރުގެ އަރިހުން މައުލޫމާތު ސާފުކޮށްފައިވާ ކަމަށާއި އެކަން ހައްލު ކޮށްދެއްވާނެ ކަމުގެ ޔަގީންކަން ދެއްވާފައިވާ ކަމަށެވެ. އެގޮތުން އެކަމާ ގުޅިގެން މިނިސްޓަރު ދެއްވި ޖަވާބު ރޮޒެއިނާ ވަނީ ޓްވިޓާގައި ޕޯސްޓުކުރައްވާފަ އެވެ.

އެ މެސެޖްގައި މިނިސްޓަރު އިބްރާހިމް ހަސަން ވިދާޅުވީ އައްޑޫ ފްލައިން ސްކޫލާއި ގުޅިގެން ދަރިވަރުންގެ ކަންބޮޑުވުންތަކަށް އެކި ގޮތްގޮތުން ހައްލު ހޯދައިދެވޭތޯ ކެނޑިނޭޅި މަސައްކަތް ކުރަމުން ދާ ކަމަށާއި އެގޮތުން ސިވިލް އޭވިއޭޝަން އޮތޯރިޓީގައި ވެސް އެކަން ބެލުމަށް އެދިފައި ވާނެ ކަމަށެވެ. އަދި ރާއްޖޭގައި ކިޔެވުމަށް ދޫކުރާ ލޯނުގައި އެ ސްކޫލްގައި ކިޔަވަމުން ދިޔަ ދަރިވަރުން ރާއްޖެއިން ބޭރުގައި ކިޔެވުމަށް ހުއްދަ ދީފައި ވެސް ވާނެ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

“ދަރިވަރުންގެ ކަންބޮޑުވުންތައް އެ ސްކޫލާ އެކި ފަހަރު މަތިން ހިއްސާކޮށް، ހައްލު ހޯދައިދިނުމަށް އެދިފައި ވެސް ވާނެ. އެންމެ ފަހުން އަޅުގަނޑުމެން މި ސްކޫލާ ބައްދަލު ކުރީ 27 އޮގަސްޓްގައި. އެ ދުވަހުގެ ބައްދަލުވުމުގައި އެ ފަރާތުން ދެއްވި ޖަވާބަކީ ކުރީ ސަރުކާރުގެ އެދުމުގެ މަތިން ޖާގައަށް ވުރެ ގިނަ ދަރިވަރުން ނެގި ކަމަށް. އެހެން ނަމަވެސް، އެއްވެސް ދަރިވަރަކަށް ކޯސް ފުރިހަމަ ކުރުމަށް ދައްޗެއް ދިމާނުވާނެ ކަމަށް. އަޅުގަނޑުމެންނަށް ލިބޭ ޝަކުވާއިން މިއީ ތެދު މައުލޫމާތުކަމާ މެދު ޝައްކު އުފެދޭތީ، މިކަމާ ގުޅުން ހުރި ލިޔެކިޔުން ހުށަހެޅުމަށް އެ ފަރާތުގައި އެދިފައި ވާނެ” މިނިސްޓަރު ވިދާޅުވިއެވެ.

ނަމަވެސް އެކަމަށް އެއްވެސް ޖަވާބެއް ލިބިފައި ނެތުމުން މިދިޔަ ހަފްތާގައި އަލުން މުއާމަލާތުކޮށް، މައުލޫމާތު ހުށަހެޅުމަށް އިތުރު ފުރުސަތެއް ދީފައި ވާނެ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ. އެކަމަކު މިއަދާ ހަމައަށް ވެސް ލިޔުންތައް ހުށަހަޅާފައި ނުވާތީ އެ މައްސަލަ ބެލުމުގައި ދަތިތަކެއް ހުރިކަން ވަނީ ފާހަގަކޮށްފައެވެ.

މިނިސްޓަރު ވިދާޅުވީ އިދާރާތަކާ ގުޅިގެން ދަނީ އެ މައްސަލާގައި މަސައްކަތް ކުރަމުން ކަމަށާއި އެކަމަށް އަވަސް ހަލެއް ލިބޭނެ ކަމުގެ ޔަގީންކަން ދެއްވާ ކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: