ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރާއްޖެއިން ބޭރުން ނަގާފައިވާ ދަރަނިތައް އަދި ދަނީ ބަރާބަރަށް މެނޭޖް ކުރަމުން: ޝަރީފް

މަރަދޫ ދާއިރާގެ މެންބަރު އިބްރާހިމް ޝަރީފް: ފައިލް ފޮޓޯ
ޝެއާރކޮށްލާ ކަހަލަދޯ؟

ރާއްޖެއިން ބޭރުން ނަގާފައިވާ ދަރަނިތައް އަދި ދަނީ ބަރާބަރަށް މެނޭޖް ކުރަމުން ކަމަށް މަރަދޫ ދާއިރާގެ މެމްބަރު އިބްރާހިމް ޝަރީފް ވިދާޅުވެއްޖެއެވެ.

ޝަރީފް މިހެން ވިދާޅުވީ ނިމިދިޔަ ސަރުކާރުން ނަގާފައިވާ ދަރަނި އަލުން މުރާޖާކުރުމަށް މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ގޮވާލައްވާފައި ވަނިކޮށެވެ.

އެގޮތުން ޝަރީފް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ބޭރުގެ ޤައުމުތަކުންނާއި، މާލީ އިދާރަތަކުން ނަގާފައިވަ ލޯނުތައް ރާއްޖެއިން މިހާތަނަށް ބަރާބަރަށް މެނޭޖް ކުރަމުންދާކަމަށެވެ.

“ދައްކަން ލާޒިމްވާ ލޯނެއް މި ހިސާބަށް ކޮވިޑްގެ ދަތި ހާލަތުގައި ވެސް ދައްކާފައިވާކަން ފާހަގަވޭ.” ޝަރީފް ވިދާޅުވިއެވެ.

ނަޝީދު އިއްޔެ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ދަރަނީގެ ނުރައްކަލަކީ ދަރަނި އަނބުރާ ދައްކަންޖެހޭ އިރު އެވަރަށް އާމްދަނީ ނެތުން ކަމަށެވެ. އެގޮތުން 2012 އާއި 2018 އާއި ދެމެދު ސަރުކާރުން ނަގާފައިވާ ގިނަ ދަރަނިތަކުގެ ގްރޭސް ޕީރިއަޑް ހަމަވެ އެ ދަރަނި ވެސް ދައްކަން މިޖެހެނީ މި ސަރުކާރުން ކަމަށާއި ނަމަވެސް މިވަގުތު ސަރުކާރުގެ އާމްދަނީ އެކީހެން ނެތިފައިވާ ކަމަށް ނަޝީދު ވިދާޅުވިއެވެ.

“އެންމެ ގިނައިން ދައްކަން ޖެހެނީ 2021 އާއި 2023 އާއި ދެމެދު. އަޅުގަނޑު ދެކޭ ގޮތުގައި އަދުގެ ހާލަތުގައި އެންމެ ބުއްދިވެރި ގޮތަކީ 2012 އާއި 2018 ގެ ދަރަނި އިތުރު ޖޫރިމާނާ އަކާއި ނުލައި ބިނާ ކުރުން” ނަޝީދު ވިދާޅުވިއެވެ.

އެއާއެކު ކުއްލި އަކަށް ސަރުކާރު ހިންގާ މައިޕާޓީ އިން ޓްވީޓެއް ކުރައްވާ ދަރަނީގެ ހިސާބު އެޕާޓީގެ ފިނޭންސް މިނިސްޓަރު އިބްރާހީމް އަމީރު ބަލަހައްޓަވާނެ ކަމަށް ވަނީ ބުނެފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: