ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

“ސިއްހީ ހިދުމަތްތެރިންނާއި ވޮލެންޓިއަރުންގެ ރައްކާތެރިކަން ކަށަވަރު ކުރާނަން”

ޝެއާރކޮށްލާ ކަހަލަދޯ؟

ކޮވިޑް-19 ކޮންޓްރޯލުކުރުމަށްޓަކައި ކުރަމުންދާ މަސައްކަތުގައި ހަރަކާތްތެރިވާ ސިއްހީ ހިދުމަތްތެރިންނާއި ވޮލެންޓިއަރުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރު ކުރާނެ ކަމަށް ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން ބުނެފިއެވެ.

އެޗްޕީއޭއިން މިރޭ ނެރުނު ނޫސްބަޔާނެއްގައި ބުނެފައިވަނީ އެ ފަރާތްތަކުންގެ ރައްކާތެރިކަން ކަށަވަރުކުރުމުގެ ގޮތުން ކުރާ މަސައްކަތަށް އާންމުންގެ ފަރާތުންނާއި ހިދުމަތް ހޯދާ ފަރާތްތަކުގެ ކިބައިން އެހީތެރިކަން ބޭނުންވާނެ ކަމަށެވެ.

ކޮވިޑް-19 ކޮންޓްރޯލުކުރުމަށްޓަކައި ކުރަމުންދާ މަސައްކަތުގައި ހެލްތު އިމާޖެންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ) އާއި ސިއްހީ ހިދުމަތް ދޭ މަރުކަޒުތަކުގައި އަދި ކޮވިޑް-19 އަށް ޓެސްޓުކުރާއިރު ދެމުންދާ ހިދުމަތްތަކަކީ ވެސް ޕްރޮފެޝަނަލް މިންގަނޑުތަކުގައި ދެމުންދާ ހިދުމަތްތަކެއް އެޗްޕީއޭއިން ވަނީ ބުނެފައެވެ.

އެގޮތުން އެކި ހާލަތްތަކުގައި އެ ފަރާތްތަކުން ގާތުން މައުލޫމާތު ސާފުކޮށް އޮޅުންފިލުވާއިރު ފޯރުކޮށްދޭ ހިދުމަތަކީވެސް ޕްރޮފެޝަނަލް މިންގަނޑުތަކުގެ ހިދުމަތްތައް ކަމަށް އެޗްޕީއޭއިން ބުނެއެވެ.

އެޗްޕީއޭއިން އިތުރަށް ބުނެފައިވަނީ ވޮލެންޓިއަރުންނާއި ސިއްހީ ހިދުމަތް ފޯރުކޮށްދޭ ފަރާތްތަކުން މި ހާލަތުގައި ފޯރުކޮށްދޭ ހިދުމަތީ ކުއްލި ނުރައްކަލުގެ ހާލަތާ ގުޅިގެން އެކުލަވާލާފައިވާ މިންގަނޑުތަކާ އެއްގޮތަށް ފޯރުކޮށްދޭ ހިދުމަތްތަކެއް ކަމަށެވެ.

އެޗްޕީއޭއިން މިހެން ބުނެފައިވާއިރު، މާފަންނު މަދަރުސާގައި ސާމްޕަލް ނެގި މީހަކަށް ހަމަލާދިން މައްސަލައެއް ވެސް ފުލުުހުން އަންނަނީ ތަހުގީގުކުރަމުންނެވެ.

އެ ތުހުމަތު ދިއްގަރު ދާއިރާގެ މެމްބަރު އިކްރާމް ހަސަނަށް ކުރި ނަމަވެސް ކަންހިނގާދިޔަ ގޮތް ކަމަށް ވިދާޅުވެ ހިއްސާކުރި ޕޯސްޓުގައި ވަނީ އެ ތުހުމަތުތައް ދޮގުކުރައްވާފަ އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: