ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އިބްތިހާލްގެ މައްސަލާގައި އިހުމާލުވިކަމަށް ތުހުމަތުކޮށް ވަކި ކުރި ޖެންޑާގެ މުވައްޒަފަކަށް އަލުން ވަޒީފާދޭން ހުކުމްކޮފި

އިބްތިހާލްގެ މަރުގެ މައްސަލައިގައި ޖެންޑާރގެ މުވަޒަފުންނަށް އިހުމާލުގެ ތުހުމަތު ކުރެވުނު
ޝެއާރކޮށްލާ ކަހަލަދޯ؟

މަންމަގެ އަނިޔާތަކުގެ ސަބަބުން ވ. ރަކީދޫގައި ނިޔާވި މުހައްމަދު އިބްތިހާލްގެ މަރުގެ މައްސަލައިގައި އިހުމާލުވެފައިވާކަމަށް ބުނެ ވަޒީފާއިން މީހަކު ވަކިކޮށްފައިވަނީ ގާނޫނާއި ހިލާފަށްކަމަށް ކަނޑައަޅައި، އޭނާއަށް އަލުން ވަޒީފާ ދިނުމަށް ސުޕްރީމް ކޯޓުން ހުކުމްކޮށްފިއެވެ.

އާއިލާގެ ފަރާތުން އިބްތިހާލަށް ރައްކާތެރިކަމެއް ނެތް ކަމަށް ބުނެ ޖެންޑާރ މިނިސްޓްރީއަށް އެ މައްސަލަ ހުށަހެޅުމުން އެކަން ތަހުގީގުކޮށްފައި ނުވާތީ މިނިސްޓްރީގެ މުވައްޒަފުންގެ މައްޗަށް އިހުމާލުގެ ތުހުމަތުތައް ކުރެވުނެވެ. މި މައްސަލައިގައި އަލުން ވަޒީފާ ދޭން ސުޕްރީމް ކޯޓުން ހުކުމް ކުރީ ވ. އަތޮޅު ފެމިލީ ޗައިލްޑް ޕްރޮޓެކްޝަން ސެންޓަރުގައި މަސައްކަތް ކުރި މުވައްޒަފަކަށެވެ. އޭރު އޭނާ ވަޒީފާއިން ވަކިކުރީ އިބްތިހާލަށް ރައްކާތެރިކަން ދިނުމަށް އަޅަންޖެހޭ ފިޔަވަޅުތައް އެޅުމުގައި އިހުމާލުވެފައިވާކަމަށް ބުނެއެވެ.

މި މައްސަލައިގައި ވަޒީފާއާއި ބެހޭ ޓްރައިބިއުނަލްގެ އިތުރުން، ހައިކޯޓުން ވެސް ނިންމާފައިވަނީ މުވައްޒަފު ވަޒީފާއިން ވަކި ކުރީ ގާނޫނާއި ގަވައިދުތަކާއި ހިލާފަށް ކަމަށެވެ. އަދި އޭނާއަށް ވަޒީފާ ދޭންޖެހޭ ކަމަށް ބުނެފައިވެއެވެ.

މައްސަލަ ސުޕްރީމް ކޯޓުގައި އިސްތިއުނާފުކޮށްފައިވަނީ ސިވިލް ސާވިސް ކޮމިޝަނުންނެވެ. އަދި ކޯޓުން އެ މައްސަލައިގައި ކުރި ހުކުމުގައި ވާ ގޮތުން، އިބްތިހާލަށް އަނިޔާ ކުރި މައްސަލައަށް އެޓެންޑު ކުރުމުގައި ވަކި ގޮތަކަށް އަމަލު ކުރުމަށް މުވައްޒަފަށް އަންގާފައި ނުވާ ކަމަށެވެ. ހަމަ އެއާއި އެކު އެ މުވައްޒަފަކީ އޭރު ތަނަށް އާ ސްޓާފެއް ކަމަށާއި، އެހެން ކަމުން އެފަދަ ކޭސްއެއްގައި އަމަލު ކުރަންޖެހޭ ގޮތުގެ އެއްވެސް އިރުޝާދެއް ނުވަތަ ތަމްރީނެއް ވެސް އޭނާއަށް ލިބިފައި ނެތް ކަމަށެވެ. އަދި އޭނާގެ ވަޒީފާގެ މަސްއޫލިއްޔަތަކީ ކޮބައިކަން ވެސް ސާފުކޮށްދީފައި ނެތް ކަމަށެވެ. އޭގެ ސަބަބުން އޭނާގެ ވަޒީފާއަށް އިހުމާލުވެފައިވާކަމަށް ބެލެވެން ނެތްކަމަށް ހުކުމުގައި ވަނީ ބުނެފައެވެ.

ހުކުމުގައި ބުނެފައިވަނީ މުވައްޒަފަށް ޖަވާބުދާރީވުމުގެ ފުރުސަތު ވެސް ދީފައި ނުވާ ކަމަށެވެ. އަދި މައުޟޫއީ އަދުލުވެރިކަމާއި އިޖްރާއީ އަދުލުވެރިކަން ގާއިމް ވެފައި ނެތީސް، އޭނާއަށް އަލުން ވަޒީފާ ނުދިނުމަކީ ދައުލަތުން އޭނާއާ މެދު އެކަށީގެންނުވާ ގޮތަށް ކޮށްފައިވާ ކަންކަން ބަލައިގަތުން ކަމަށް ނޫނީ ނުވާނެ ކަމަށާއި އޭނާއަށް އަލުން ވަޒީފާދޭން ވަޒީފާއާބެހޭ ޓްރައިބިއުނަލާއި ހައި ކޯޓުން ކުރި ހުކުމަށް ތާއީދުކުރާ ކަމަށް ހުކުމުގައި ވަނީ ފާހަގަކޮށްފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 100%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: