ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ކޮވިޑް19 އާއި އެކު ނަފްސާނީ ދުޅަހެޔޮކަމުގެ މުހިއްމުކަން ހާމަވެގެން ހިނގައްޖެ: ރާއީސް

ރައީސް އިބްރާހިމް މުހައްމަދު ސޯލިހު---
ޝެއާރކޮށްލާ ކަހަލަދޯ؟

ކޮވިޑް-19ގެ ސަބަބުން، ނަފްސާނީ ދުޅަހެޔޮކަމާއި، ނަފްސާނީ ބަލިތަކަށް ފަރުވާދިނުމުގެ މުހިންމުކަން އެނގިގެން ހިނގައްޖެ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް ސޯލިހް ވިދާޅުވެއްޖެއެވެ.

ބައިނަލްއަގުވާމީ ނަފްސާނީ ދުޅަހެޔޮ ކަމުގެ ދުވަހުގެ ތަހުނިޔާ އަރިސް ކުރައްވާ ރައީސް ސޯލިހު ކުރެއްވި ޓްވީޓެއްގައި މިއަދު ވިދާޅުވީ އާންމު ސިއްހަތު ކަށަވަރު ކުރުމުގެ އެންމެ މުހިންމު އެއްބަޔަކީ ނަފްސާނީ ގޮތުން ދުޅަހެޔޮކަން މަތީ ހުރުން ކަމަށެވެ. ކޮވިޑް19 އާއިއެކު ނަފްސާނީ ގޮތުން ދުޅަހެޔޮ ކަންމަތީ ތިބުމަކީ ކިހާ މުހިންމު ކަމެއްކަން އެނގިގެން ގޮސްފައިވާ ކަމަށް ރައީސް ވިދާޅުވިއެވެ.

ރައީސް އިތުރަށް ވިދާޅުވީ، ނަފްސާނީ ބަލިތަކަށް ފަރުވާދެވޭނެ ގޮތްތަކާއި ތަންތަން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ގާއިމް ކުރައްވާ އެތަންތަން ކުރިއަރުވަން ބާރު އަޅުއްވާނެ ކަމަށެވެ.

ނަފްސާނީ ދުޅަހެޔޮކަމުގެ ދުވަސް ފާހަގަކުރަމުން އަންނައިރު ކޮވިޑް19 ގެ ސަބަބުން ގިނަ އަދަދެއްގެ ބަޔަކަށް ނަފްސާނީ އެހީތެރިކަން އަންނަނީ ފޯރުކޮށްދެމުންނެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 100%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: