ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޔޮޓް ޓުއާސްއަށް 22 މިލިއަން ޑޮލަރު ދައްކަން އެލައިޑުގެ މައްޗަށް ކުރި ހުކުމް: އިސްތިއުނާފު އަޑުއެހުން މާދަމާ!

ޖާބިރުގެ ޔޮޓް ޓުއާސްއަށް 22 މިލިއަން ޑޮލަރު ދައްކަން އެލައިޑް އިންޝުއަރެންސްގެ މައްޗަށް ހުކުމް ކުރުން
ޝެއާރކޮށްލާ ކަހަލަދޯ؟

ރައްޔިތުންގެ މަޖިލީހުގެ ކާށިދޫ ދާއިރާގެ މެންބަރު އަދި ވިޔަފާރިވެރިޔާ އަބްދުﷲ ޖާބިރުގެ ޔޮޓް ޓުއާސް އަށް 22.7 މިލިއަން ޑޮލަރު ދައްކަން އެލައިޑް އިންޝުއަރެންސްގެ މައްޗަށް ސިވިލް ކޯޓުން ހުކުމް ކުރި މައްސަލައިގެ އިސްތިއުނާފުގެ އަޑުއެހުމެއް ހައިކޯޓުގައި ތާވަލުކޮށްފިއެވެ.

މި މައްސަލައިގެ އަޑުއެހުމެއް ހައިކޯޓުގައި ތާވަލު ކުރީ މާދަމާ އަށެވެ. އެލައިޑުން އިސްތިއުނާފު ކުރި މައްސަލައިގެ އަޑުއެހުން ތާވަލުކޮށްފައިވަނީ މެންދުރުގެ 11:00 އަށެވެ.

ޔޮޓް ޓުއާސްއިން ހިންގަމުން އަންނަ ހއ. އަލިދޫ ރިސޯޓުން އިންޝުއަރެންސްގެ ފައިސާ ދައްކާފައިވަނިކޮށް މޫސުން ގޯސްވެ ރަށް ބޭނުން ނުކުރެވޭ ވަރުގެ ގެއްލުންތަކެއް ލިބިފައިވަނީ 2014 ވަނަ އަހަރުގެ އޮގަސްޓު މަހުގެ 30 އިން ފެށިގެން ސެޕްޓެމްބަރު މަހުގެ 15 ދުވަހާއި ދެމެދު ކުރި ވިއްސާރައިގައެވެ. ގުދުރަތީ ހާދިސާއެއްގައި ރަށް ބޭނުން ނުކުރެވޭވަރަށް އެކި ގެއްލުންތަކެއް ލިބުނުއިރު، އަލިދޫ ރިސޯޓުގެ މޫދު ކޮޓަރިތަކަށް ވެސް ގެއްލުންވެ ބޭނުން ނުކުރެވޭވަރަށް ހަލާކުވިއެވެ.

މައްސަލައިގައި ކޯޓުން ނިންމާފައިވަނީ، އެ ހާދިސާގައި ރިސޯޓަށް ލިބިފައިވާ ގެއްލުންތަކަކީ އެލައިޑާއި ދެމެދު ސޮއިކޮށްފައިވާ ފަޔާރ އިންޝުއަރެންސް ޕޮލިސީގެ ދަށުން ރައްކާތެރިކަން ލިބެންޖެހޭ ނުރައްކަލުން ވެފައިވާ ގެއްލުންތަކެއް ކަމަށެވެ. އަދި އެ ގެއްލުންތަކަކީ އެލައިޑް އިންޝުއަރެންސް ކުންދުނިން އަލިދޫ ރިސޯޓަށް ދޫކޮށްފައިވާ ފަޔާރ އިންޝުއަރެންސް ޕޮލިސީގެ ދަށުން ޔޮޓް ޓުއާސްއަށް އިންޝުއަރެންސް ކެލެއިމްގެ ގޮތުގައި ބަދަލު ކުރަންޖެހޭ ގެއްލުންތަކެއްކަން ހުށަހަޅާފައިވާ ލިޔުންތަކުން އެނގޭ ކަމަށެވެ.

އެ ހާދިސާއާއި ގުޅިގެން އަލިދޫ ރިސޯޓަށް ލިބިފައިވާ ގެއްލުމުގެ ބަދަލުގެ ގޮތުގައި ޔޮޓް ޓުއާސްއިން ހޯދުމަށް އެދިފައިވާ US$22,784,837.59 (ބާވީސް މިލިއަން ހަތް ލައްކަ އައްޑިހަ ހަތަރުހާސް އަށްސަތޭކަ ތިރީސް ހަތަރު އެމެރިކާ ޑޮލަރު) ޔޮޓް ޓުއާސްއަށް ދިނުމަށް އެލައިޑުގެ މައްޗަށް ވަނީ އަމުރުކޮށްފައެވެ.

މިއީ ދެފަރާތުގެ ދެމެދުގައި އެކުލަވާލެވުނު “ހއ. އަލިދޫ ރިސޯޓުގެ” ފަޔާރ އިންޝުއަރެންސް ޕޮލިސީގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީން އަލައިޑުގެ ފަރާތުން، ޔޮޓް ޓުއާސްއަށް ދައްކަން ޖެހޭ ފައިސާއެއްކަން މަދަނީ މިންގަނޑުތަކުން ސާބިތުވާކަމަށް ވެސް ކޯޓު ހުކުމުގައި ވެއެވެ.

އެހެން ކަމުން މި ފައިސާ ޖުލައި މަހުގެ 19، 2020 އިން ފެށިގެން މަދުވެގެން އެ މަހަކަށް ޖެހޭވަރު އެމަހަކު ސިވިލް ކޯޓަށް ދައްކަމުން ގޮސް ހަ މަސް ދުވަހުގެ ތެރޭގައި ފައިސާ އެކީ ހަލާސް ކުރުމަށް ސިވިލް ކޯޓުން ވަނީ އެލައިޑަށް އަންގައި ހުކުމްކޮށްފައެވެ.

ޖާބިރުގެ ޔޮޓް ޓުއާސްއަށް 22 މިލިއަން ޑޮލަރު ދައްކަން އެލައިޑް އިންޝުއަރެންސްގެ މައްޗަށް ހުކުމް ކޮށްފި

ކޯޓުގެ ހުކުމާއި އެއްގޮތަށް އެލައިޑުން ފައިސާ ދައްކަމުން ނުދާތީވެ، ޔޮޓް ޓުއާސްއިން އެ ހުކުމް ތަންފީޒުކޮށްދިނުމަށް އެދިވެސް ކޯޓަށް ހުށަހެޅިއެވެ. އެހެން ނަމަވެސް މައްސަލައިގައި އެލައިޑުން ބުނެފައިވަނީ ހުކުމާއި އެއްގޮތަށް ފައިސާ ނުދައްކަނީ މައްސަލަ ހައިކޯޓުގައި އިސްތިއުނާފުކޮށްފައިވާތީ ކަމަށެވެ.

ހައިކޯޓަށް މައްސަލަ ހުށަހަޅާ އެލައިޑުން ބުނެފައިވަނީ އަލިދޫ ރިސޯޓަށް ލިބުނު ކަމަށް ބުނާ ގެއްލުންތަކަކީ ނަގާފައިވާ އިންޝުއަރެންސް ޕޮލިސީން ބަދަލު ލިބޭ ޒާތުގެ ގެއްލުންތަކެއް ނޫންކަން ބެލި ބެލުމުން އެނގޭ ކަމަށެވެ. އަދި އެއީ، އިމާރާތް ކުރުމުގެ ފެންވަރު ދަށްވުމާއި ރަނގަޅަށް ނުބެލެހެއްޓުމުގެ ސަބަބުންނާއި ތަބީއީ ގޮތުން ލިބިފައިވާ ގެއްލުންތަކެއް ކަމަށް ވަނީ ބުނެފައެވެ.

އެލައިޑުން ޔޮޓް ޓުއާސްއަށް ދޭން ޖެހޭ ފައިސާ ނުދިނުމުގެ ސަބަބުން ފާއިތުވީ މުއްދަތުގެ ތެރޭގައި ރިސޯޓް މަރާމާތު ނުކުރެވި ރިސޯޓް ނުހުޅުވި ދިޔަ މުއްދަތުގެ ގެއްލުމުގެ ބަދަލެއްގެ ގޮތުގައި 100 މިލިޔަން ޑޮލަތަށް ވުރެ މައްޗަށް އަރާ ކަމަށް ޔޮޓް ޓުއާސްއިން ވަނީ ބުނެފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: