ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

“ދަރަނީގެ ނުރައްކަލަކީ އަނބުރާ ދައްކާނެ ގޮތެއް ނެތުން، ރައީސް ޔާމީން ނެގި ދަރަނި ދައްކަން ޖެހުނުއިރު އާމްދަނީއެއް ނެތް”

ރައީސް މުހައްމަދު ނަޝީދު
ޝެއާރކޮށްލާ ކަހަލަދޯ؟

ދަރަނީގެ ނުރައްކަލަކީ އަނބުރާ ދައްކާނެ ގޮތެއް ނެތުން، ކަމަށާއި  އަބްދުﷲ ރައީސް ޔާމީންގެ ސަރުކާރުގައި ނެގި ދަރަނި ދައްކަން ޖެހުނުއިރު އާމްދަނީ ލިބޭނެ ގޮތެއްް ނެތްކަމަށް ރައްޔިތުންގެ މަޖިލީހު ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ރައީސް ނަޝީދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، 2012-2018 އަހަރާއި ދެމެދު ސަރުކާރުންު ނަގާފައިވާ ލޯނުތަކުގެ ގްރޭސް ޕީރިއަޑް ހަމަވުމުން، އެލޯން ދައްކަން ޖެހުނީ ރައީސް އިބްރާހިމް މުހަމައްދު ސޯލިހުގެ ވެރިކަމުގައި ކަމަށެވެ. އަދި މިވަގުތު ސަރުކާރަށް އާމްދަނީއެއް ލިބޭނެ ގޮތެއް ނެތް ކަމަށް ރައީސް ނަޝީދު ވިދާޅުވެފައިވެއެވެ.

ރައީސް ޔާމީން ނަގާފައިވާ ލޯނުތައް އެންމެ ގިނައިން ދައްކަން ޖެހިފައިވަނީ 2021 ވަނަ އަހަރާއި 2023 ވަނަ އަހަރާއި ދެމެދުކަމަށް ވިދާޅުވިއެވެ. އަދި އެންމެ ބުއްދިވެރިގޮތަކީ 2012-2018 ވަނަ އަހަރުގެ ދަރަނި ޖޫރިމަނާއަކާއި ނުލައި ރީސްޓްރަކްޗަރ ކުރުން ކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.

ރައީސް ނަޝީދު މިހެން ވިދާޅުވެފައިވާއިރު، ބަޖެޓް ސަޕޯޓާއި އެހެނިހެން ބޭނުންތަކުގައި އިންޑިއާއިން ނަގަމުންދާ ލޯނުތަަކަށް ގިނަ ބައެއްގެ ފާޑުކިޔުން އަންނަނީ އަމާޒު ވަމުންނެވެ. އެގޮތުން، ދާދި ފަހުން ބަޖެޓް ސަޕޯޓުގެ ގޮތުގައި 250 މިލިއަން ޑޮލަރުގެ ލޯނެއް، 3 އިންސައްތަ އިންތްރެސްޓް ރޭޓޫގައި 10 އަހަރު ދުވަސް ތެރޭ ދައްކާ ޚަލާސް ކުރާ ގޮތަށް ނަގާފައިވާއިރު، މީގެ ކުރިންވެސް އިންޑިއާ މިފަދަ ލޯނުތަކެއް ނަގާފައިވެއެވެ.

ރައީސް ނަޝީދު އަންނަނީ ތަކުރާރުކޮށް ކުރީ ސަރުކާރުން ނަގާފައިވާ ލޯނުތަކަށް ފާޑުކިޔަމުންނެވެ. އެގޮތުން، ޗައިނާއިން ނަގާފައިވާ ލޯނުތަކަކީ ދަރަނީގެ ދަންތޫރަތަކެއްގެ ގޮތުގައި އަންނަނީ ފާހަގަކުރައްވަމުންނެެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: