ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އެމްޑީޕީގެ ކޮންމެ ވެރިކަމެއް ވަނީ ވޭނަކަށް، ދިވެހިންނަށް ރަނގަޅީ ބުރިޖު އެޅުމާއި ތަރައްގީ: ޑރ. ޖަމީލު

ޑރ މުހައްމަދު ޖަމީލާއި ކުރީގެ ރައީސް އބްދުﷲ ޔާމީން
ޝެއާރކޮށްލާ ކަހަލަދޯ؟

ވެރިކަން ލިބޭ ކޮންމެ ފަހަރަކު ދިރިއުޅުން ވޭނަކަށްވާކަމަށް އިދިކޮޅު ކޯލިޝަންގެ އެޑްވައިޒަރ ޑރ މުހައްމަދު ޖަމީލް އަހުމަދު ވިދާޅުވެއްޖެއެވެ.

ޑރ ޖަމީލް ވިދާޅުވީ، ތަރައްގީގެ މަޝްރޫއުތަކުގެ ނަމުގައި މިހާރުގެ ސަރުކާރަށް ލައްކަ އުޒުރު ދެއްކިއްޖެ ކަމަށެވެ. އަދި ދިވެހިންނަށް ދެ ފިކުރުގެ ތަފާތު ސާފުވެއްޖެ ކަމަށެވެ.

އެމްޑީޕީއަށް ވެރިކަން ލިބޭ ކޮންމެ ފަހަރަކު އުޅޭ ގޮތުން މިނިވަންކަން ގެއްލި، ދަރަނި ބޮޑުވެ އަދި ދިރިއުޅުން ބޮޑު ވޭނަކަށްވާ ކަމަށް ޑރ ޖަމީލް ވިދާޅުވިއެވެ. އަދި ދިވެހިންނަށް ރަނގަޅީ ބުރިޖުއަޅާ، ތަރައްގީކޮށް ބައެއްގެ ފައިބުޑަށް ނުވެއްޓުންކަމަށް ޖަމީލް ވިދާޅުވިއެވެ.

ޑރ ޖަމީލް ވިދާޅުވީ، ވެރިކަމުގައި ތިބީ ކޮންމެ ގޮތެއް ވަރިހަމަ ބައެއް ކަމަށެވެ. މި ވެރިކަން ނިމޭއިރު، މިއިން ޒަމާނެއްގައި ދިވެހިންގެ ހާލަތު ދަށަށް ނުދާ ވަރަށް ދަށަށް ދާނެ ކަމަށާއި އެތައް ބަޔަކު ހާލުގައި ޖެހޭނެކަމަށް އޭނާ ވިދާޅުވިއެވެ. އެހެން ނަމަވެސް، ގައުމުގެ ހާލަތު ބަދަލު ކުރެވޭނެކަމަށާއި ބާރު އޮތީ ރައްޔިތުންގެ އަތުގައިކަމަށް އޭނާ ވިދާޅުވިއެވެ. ޑރ. ޖަމީލް ވިދާޅުވީ ވަކި ބަޔަކާއި ފަރުދަކަށްވުރެ، ގައުމު ބޮޑުވާނެކަމަށެވެ.

ޑރ ޖަމީލަކީ 2013 ވަަނަ އަހަރު ރައީސް ޔާމީން އަބްދުލްގައްޔޫމް ވެރިކަމާއި ހަވާލުވެވަޑައިގެންނެވިއިރު، ނާއިބް ރައީސްގެ މަގާމު އެންމެ ފުރަތަމަ ފުރުއްވި ބޭފުޅާއެވެ. އެހެންނަމަވެސް، ރައީސް ޔާމީންގެ ވެރިކަން ބަޣާވާތަަކުން ބަދަލު ކުރަން އުޅޭކަމަށް ތުހުމަތުކޮށް ޖަމީލްގެ އިތުރުބާރު ނެތް ކަމުގެ މައްސަލައިގައި ވޯޓެއް ނަގާ، މަގާމުން ވަކި ކުރިއެވެ. އޭގެ ފަހުން ޑރ. ޖަމީލް މަސައްކަތް ކުރީ އޭރުގެ އިދިކޮޅާއި އެކު އިނގިރޭސިވިލާތުގައެވެ. އަދި ރައީސް މުހައްމަދު ނަޝީދާއި އެކު ޔުނައިޓެޑް އޮޕޮޒިޝަންގެ ގިނަ މަސައްކަތްތަކެއް ކުރައްވާފައިވެއެވެ. ވެރިކަން ބަދަލުވަން ދެން ޑރ ޖަމީލް ހުންނެވީ ގައުމުން ބޭރުގައި އަމިއްލައަށް އަރުވާލެވިގެންނެވެ. އަދި ރައީސް ޔާމީންގެ ވެރިކަން ބަދަލުކުރެއްވުމަށް އެންމެ ބުރަ މަސައްކަތްތަކެއް ކުރެއްވި ބޭފުޅުންގެ ތެރޭގައި ޑރ ޖަމީލް ހިމެނެއެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވެރިކަމަށް ގެނައުމަށް ގިނަ މަސައްކަތްތަކެއް ކުރެއްވުމަށްފަހު، މިހާރު ޑރ ޖަމީލް ހުންނެވީ އަނެއްކާވެސް އިދިކޮޅު ކޯލިޝަނާއި ގުޅިވަޑައިގެންނެވެ. އިދިކޮޅު ކޯލިޝަންގެ އެޑްވައިޒަރުކަމުގެ މަގާމުގައި ޑރ ޖަމީލްގެ އިތުރަށް ކުރީގެ ނައިބް ރައީސް ޑރ މުހައްމަދު ވަހިދު ހަސަން މަނިކާއި 2018 ވަނަ އަހަރު ރައީސް ޔާމީންގެ ކެންޑިޑޭޓް ޑރ މުހައްމަދު ޝަހީމް އަލީ ސައީދުވެސް ހުންނަވައެވެ.

 

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: