ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރާއްޖޭގައި އިންޑިއާ ސިފައިން ތިބުމަށް ބޭނުންވާ މީހުން ފައްޅި އަޅަންވެސް ބޭނުންވެދާނެ: އާދަމް ޝަރީފް

މަޑުއްވަރީ ދާއިރާގެ މެމްބަރު އާދަމް ޝަރީފް އުމަރު
ޝެއާރކޮށްލާ ކަހަލަދޯ؟
Share on facebook
Share on twitter
Share on whatsapp
Share on telegram
Share on print

ރާއްޖޭގައި އިންޑިއާ ސިފައިން ތިބުމައް ތާއީދުކުރާ މީހުން ފައްޅި އެޅުމައްވެސް ބޭނުންވެދާނެ ކަމަށް ކުރީގެ ޑިފެންސް މިނިސްޓަރ އަދި ރައްޔިތުންގެ މަޖިލިހުގެ މަޑުއްވަރީ ދާއިރާގެ މެންބަރު އާދަމް ޝަރީފް އުމަރު ވިދާޅުވެއްޖެއެވެ.

ޝަރީފް ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ރާއްޖޭގެ ސިޔާދަތު ގެއްލުމުން އެންމެ އަވަހަށް ނުރައްކާވާނެ އެއްކަމަކީ ރާއްޖޭގެ އިސްލާމީ ވަހުދަތު ކަމަށާއި ބޭރު ގައުމުތަކުގެ ސިފައިން ރާއްޖޭގައި ތިބުމަކީ ތަހުޒީބު ކަމެއްގެ ގޮތުގައި ބެލެވޭނެ ޖާގައެއް ނެތްކަމަށެވެ.

މީގެ އިތުރުން ޝަރީފް ވިދާޅުވީ އެއީ ތަހުޒީބު ކަމެއްގެ ގޮތުގައިދެކޭ މީހުން ރާއްޖޭގައި ފައްޅި އެޅުމަކީވެސް ތަހުޒީބު ކަމެއްގެ ގޮތުގައިދެކި، އެކަމައް ވަކާލާތު ކޮށްްފާނެކަމަށެވެ.

ޝަރީފް މިފަދައިން ވިދާޅުވެފައިވާއިރު، އިންޑިއާ ސިފައިން ރާއްޖޭގައި ތިބުމަކީ ރާއްޖޭގެ މިނިވަންކަމައް ބުރު އަރާފާނޭ ކަމެއްގެ ގޮތުގައި ސިފަ ކުރައްވައި އިދިކޮޅުން ދަނީ ތަކުރާރުކޮށް ނުރުހުން ފާޅުކުރަމުންނެވެ.

އެގޮތުން އިންޑިއާ ސިފައިން ރާއްޖޭގައި ތިބެނީ ކިހާ އަދަދަކަށް ކަމެއް އަދި އެމީހުންނަށް ދިވެހި ދައުލަތުން ހަރަދު ކުރަމުން އަންނަނީ ކިހާ މިންވަރަކަށް ސާފުނުވާކަމައް ބުނެވެސް އިދިކޮޅުންދަނީ ނުރުހުން ފާޅުކުރަމުންނެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 100%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published.

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: