ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ކުރީ ޝަރުކާރުގެ ދަރަނިތައް ދައްކާ، މި ޝަރުކާރުގެ އާންމުދަނީ ހުސްވެއްޖެ: ރައީސް ނަޝީދު

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދު. ފޮޓޯ: އަވަސް އޮންލައިން
ޝެއާރކޮށްލާ ކަހަލަދޯ؟

ކުރީ ސަރުކާރުން ނަގާފައިވާ ދަރަނިތައް ދައްކަން މިޖެހެނީ މިސަރުކާރަށް ކަމަށާއި މިވަގުތު މިވަނީ ސަރުކާރުގެ އާންމުދަނީ އެއްކޮށް ނެތިފައި ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހަންމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ރައީސް ނަސީދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ދަރަނީގެ ނުރައްކަލަކީ ދަރަނި އަބުރާ ދައްކަން ޖެހޭއިރު، އާންމުދަނީ ނެތުން ކަމަށާއި، 2012-2018 އާއި ދެމެދު ސަރުކާރުން ނަގާފައިވާ ގިނަ ދަރަނިތަކުގެ ގްރޭސް ޕީރިއަޑް ހަމަވެ ދައްކަން މިޖެހުނީ ރައީސް ޞާލިހްގެ ސަރުކާރަށްކަމަށެވެ.

މިވަގުތު މިވަނީ ސަރުކާރުގެ އާމްދަނީ އެކީހެން ނެތިފައި ކަމަށްވެސް ރައީސް ނަޝީދު ވިދާޅުވިއެވެ.

ނަޝީދު އިތުރަށް ވިދާޅުވީ އަދުގެ ހާލަތުގައި އެންމެ ބުއްދިވެރި  2012-2018 ވަނަ އަހަރުގެ ދަރަނި ޖޫރިމަނާއަކާއި ނުލައި ރީސްޓްރަކްޗަރ ކުރުން ކަމަށެވެ.

ނަސީދު މިހެން ވިދާޅުވެފައި މިވަނީ، މި ސަރުކާރުން އަވައްޓެރި އިންޑިއާއިން ގިނަ އަދަދެއްގެ ލޯނުތަކެއް ނަގަމުންދތީާ ި، ގިނަ ބައެއްގެ ފާޑުކިޔުން އަމާޒުވަމުންދާ ދަނޑިވަޅެއްގައެވެ. އެ ގޮތުން  ހަމައެކަނި ކޮވިޑް-19 އާއި ގުޅިގެން ވެސް މިސަރުކާރުން ވަނީ 7.3 ބިލިއަން ރުފިޔާގެ ލޯނު މިހާރު ނަގާފައެވެ.

ރައީސް ނަޝީދު އަންނަނީ ތަކުރާރުކޮށް ކުރީ ސަރުކާރުން ނަގާފައިވާ ލޯނުތަކަށް ފާޑުކިޔައި އެއީ ދަރަނީގެ ދަންތުރަތަކެއްގައި ސިފަކުރައްވަމުންނެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 10%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 90%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

One Response

  1. ބަލަ ތިބޭފުޅާގެ ވެރިކަމުގަ ނެގި ލޯނުތަކާ ޖީއެމްއާރު އަތުން އެއަރޕޯޓް ހޯދަން ޔާމީނު ކޮންތާކުންތަ ލާރި ނެރުނީ. އަމިއްލަ ޕާޓީ ކުދިންނަށް ބަދަލުދީ ދައުލަތުން ލާރި ނެގީ ކޮންބައެއް؟ 2 އަހަރު ވެގެން ދިޔައިރުވެސް ކުރީ ސަރުކާރަކުން ނެއްޓެންނޭގިގެން ތިއުޅެނީ ކީއްވެތަ؟ ޔާމީން ވެރިކަން ކުރީ ދަރަނި ދައްކަމުން ނުވިތާކަށް ތިކިޔާ ތަނެއް ދޮވެލައިގެން. އަދި ހަމަ އެހެން ސަރުކާރެއް ހަވާލުވިޔަސް ލޯނު ދައްކަން އިތުރު ފަންޑަކަށް ލާރި އަޅަމުން. ހަގީގަތާ ކުރިމަތި ލާބަލަ.

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: